އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ހިމެނޭ ދެ ލިޔުމެއް ލީކްވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ތަޙުޤީޤެއް ފަށައިފިއެވެ. މި ކަން ހާމަކޮށްދެއްވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޮންސަންއެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީކަރ ޖޮންސަން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އަދި އޭނާއަށް މި ކަމާ ގުޅޭ ބްރީފިންގއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލަ ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލީކްވި...
އަޙްމަދު ދާއޫދު
އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް” (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފްކުރަން ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސޯޓިއަމްއެއް ގާއިމުކުރަށްވައި، މި ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރު...
ޔުމްނާ ޢަލީ
ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ. މި ފަސިންޖަރުގެ ފޮށިތައް އިތުރަށް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އިބްތިދާއީ ތަޙުލީލުތަކުން ދައްކާ ގޮތުގައި މިއީ މެފެޑްރޯން (Mephedrone) ގެ ބާވަތެއްގެ މަސްތުވާ...
އަލީ އާދިލް
މިއަދު ފެނިގެން މި ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށް ނަައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީރު ދެއްކެވި ވާހަކަ ކަވަރުކޮށް އޮންލައިން ނޫހަކުން ‘’މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގުކަމަށް’’ ސ...
ޔުމްނާ ޢަލީ
އަންނަ ނޮވެމްބަރު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އަންނަ ނޮވެމްބަރު 10 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާކަން ޢިއުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވިދެންނެވުމެއްގައެވެ. އެ ދެންނެވުމުގަައިވާގޮތުން ރައީސް މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ...
ޔުމްނާ ޢަލީ
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އަދި ބައެއް މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުމަކީ ކޮމަންވެލްތުގެ...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި “ސުޒުކީ ކްލީން އަޕް ދަ ބީޗް” ހަރަކާތުގައި ހުޅުމާލެއިން 426 ކިލޯގެ ކުނި ނައްތާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދެވުނު މި ހަރަކާތުގައި އެމްޓީސީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ. މި ހަރަކާތް ކުރިއަށް ގެނ...
އިބްރާހިމް އަސްވާޤް
މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ޑީޕޮޓްކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގައި، ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައެއް ނުވެއެވެ. “މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމ...
އިބްރާހިމް އަސްވާޤް
މި މަހުގެ ދެވަނަ ދުވަހު ފެނުނީ “ނައިވާދޫ” ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެކެވެ. އެ ރަށުގައި “ވިލެޖް ވީވަރ” އާލާކުރުމުގެ މަސައްކަތް ޒުވާނުން އިސްނަގައިގެން ކުރަމުން އަންނަ ވާހަކައެވެ. ބައެއް ދޫނިތައް ރަށުތެރެއަށް ދޫކޮށްލި ވާހަކައާއި އެތަކެއްޗަށް ގޯނާނުކުރުމަށް ދީފައިވާ އިރުޝާދެވެ. ޖަހާލި ނޯޓިސްއަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އެ ޕޭޖުގައި ހިއްސާކުރި ވީޑިއޯ ޝައުގުވެރިއެވެ. ދޫނިތައް މިނިވަންކަންމަތީ ގަސްތަކުގައި އުދުހި އުޅޭ މަންޒަރެވެ. މިނިވަންކަމާއިއެކު އެއްގޮފި...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކުރިއިރު އެ ޓީމްގެ ކެޕްޓަން ލުކާ މޮޑްރިޗަށް ހާއްސަ ޝަރަފެއް ލިބިއްޖެއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗާއިއެކު މޮޑްރިޗް ވެފައިވަނީ ރެއާލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ ރޭ މެޗު ކުޅުނުއިރު އުމުރަކީ 39 އަހަރާއި 40 ދުވަހެވެ. ކުރިން މި ރެކޯޑް އޮތީ ރެއާލްގެ ލެޖެންޑް ޕުސްކަސް […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއި ގުޅޭ، ދާއިންގެ ނަޒަރު އަމާޒު ވެފައި ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެހިނދު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އޭނާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރުވެސް ދާއިން ހުރީ އަރޫޝާއަށް ބަލަހައްޓައިގެންނެވެ. ދާއިން އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު، ފަހަތަށް ޖެހެމުން ގޮސް ފަސްދިނެވެ. “ދައްތާ. އަނެއްކާ ދާއިން އަހަރެން ދެކެ ރުޅިއެއް ނާންނާނެތަ؟ އެކަމާ އަހަރެން ވަރަށް ބިރުގަނޭ.” އަރޫޝާ ސުވާލު ކުރިއެވެ. “އަޅައިނުލާ ބަހައްޓާ. ރުޅި އައިސްގެން އެއްޗެއް ބުންޏަސް ދައްތަ […]
ސަލާމާ ޢަބްދުލް ޢަލީމް
ހއ.ދިއްދޫ، ދިފައުންޑޭޝަނުން އިސްނަގައިގެން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު އަޅާފައި ވަނީ އެ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ދިފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ނަޝްވާން އިބްރާހީމް ބުނީ އެ ސްކޫލުގެ ޕްލޭ ގްރައުންޑްގެ ގ...
އިބްރާހިމް ޚަލީލް
ވެސްޓަން ޑިޖިޓަލް ކުންފުނިން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން 26 ޓެރަބައިޓްގެ ހާޑް ޑިސްކް ޑްރައިވެއް ބާޒާރަށް ނެރެފިއެވެ. މި ޑްރައިވަކީ ކްލައުޑް ސަރވިސް ޕްރޮވައިޑަރުންނާއި ޑޭޓާ ސެންޓަރުތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އަލްޓްރާސްޓާ ޑީސީ އެޗްސީ670 އަލްޓްރާއެސްއެމްއާރު އެޗްޑީޑީއެވެ. މި ޑްރައިވް މިހާރު ވިއްކަން ފަށާފައިވަނީ ބޮޓަމް ލައިން ޓެލެކޮމިއުނިކޭޝަންސް މެދުވެރިކޮށެވެ. ނަމަވެސް މި ޑްރައިވްގެ އަގު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އަދި އެންމެ ކުޑަމިނުން 20 ޔުނިޓް ގަންނަން ޖެހޭއިރު...
އަޙްމަދު ދާއޫދު
ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]
އިބްރާހިމް ޚަލީލް
މެކްސިކޯގެ ކަނޑުގެ އަސްކަރިއްޔާއިން ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗާއެކު 23 މީހަކު ހައްޔަރުކޮށްފިއެވެ. މެކްސިކޯގެ ނޭވީން ހުކުރު ދުވަހު ބުނެފައިވަނީ، އެ ޤައުމުގެ ދެކުނު-ހުޅަނގު ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި، އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފެހެއްޓިފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި 23 މީހުން ހައްޔަރުކޮށް، 8.4 ޓަނުގެ މަސްތުވާތަކެތި ހިފެހެއްޓިފައިވެއެވެ. ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، “މިއީ ކަނޑުގެ އޮޕަރޭޝަނެއްގައި އެންމެ ގިނަ އަދަދަކަށް...
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާގެ ދެކުނު ސަރަހައްދަށް ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުގެ ފޮޓޯއެއް ހިމެނޭ ލީފްލެޓްތަކެއް އަޅައިފިއެވެ. މި ލީފްލެޓްތަކުގައި “ހަމާސްއިން ދެން ޣައްޒާ ނުހިންގާނެ” ކަމަށް ބުނެފައިވެއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބޭނުންކުރި ޢިބާރާތެކެވެ. މި ލީފްލެޓްތައް އެޅި ވަގުތު، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި މަދުވެގެން 35 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާގެ ހޮސްޕިޓަލްތަކުގެ ވަށައިގެން ކޮ...
އަޙްމަދު ދާއޫދު
ވޭތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން އެކަން ބަލަމުން އަންނަކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ގަވައިދުން އާންމު ކުރަމުން ދިޔުމަށްފަހު މިދިޔަ ޖޫން މަހުން ފެށިގެން އެ ރިޕޯޓު ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފ...
ޔުމްނާ ޢަލީ
އަންނަ އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލެ ސަރަޙައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ، މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ބޭނުންތެރިކަމާ އެއްހަމައެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން، މަޖީދީމަގާއި ސޯސަންމަގު ގުޅޭ ހިސާބުގައި ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައް...
އިބްރާހިމް އަސްވާޤް