މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,432 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 647 ވަނަ ޞަފްޙާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓުގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. “ޑިސްކަވަރ އެންޑް ގްރޯ” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓް އޮންނާނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޯޑިޓޯރިއަމްގައެވެ. މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ވާހަކަދެއްކުމުގެ ހުނަރާއި މުވާޞަލާތީ ޤާބިލިއްޔަތު އިތުރުކުރުމެވެ. އެގޮތުން، މި ދާއިރާގައި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމިއްލަ ނަފްސަށް...

އަލީ އާދިލް
ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު!

ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު!

އަލްޢައްރާފު: އެއީ ލޮލަށް ނުފެންނަ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ. ފަހެ، މިޘާލަކަށް ފަރުދާގެ އަނެއްފަރާތުގައިވާ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިޘާލަކަށް މިވަގުތުގައި މީހަކު ކުރާކަންތަކުގެ ވާހަކަ އޭނާ އެހެންރަށެއްގައިވާ ޙާލު އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިފަދަ އެންމެހާ ކަމެކެވެ. ޢައްރާފުންގެ ގާތަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންގެ ގާތަށް ދާމީހާ ކާފަރުވާނޭކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު ވާރިދުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައް...

Thiladhun
ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައި ވަނީ ޑްރަގްގެ ބާވަތެއްކަމަށްވާ ހިރޮއިންނެވެ. މި ޑްރަގް އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިކަމުގެ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެއެވެ.

ޔުމްނާ ޢަލީ
އައިފޯން 16ގެ ބެޓެރީ އަވަހަށް ހުސްވުމުގެ މައްސަލަ ކުރިމަތިވެ ކަންބޮޑުވުން

އައިފޯން 16ގެ ބެޓެރީ އަވަހަށް ހުސްވުމުގެ މައްސަލަ ކުރިމަތިވެ ކަންބޮޑުވުން

އައިފޯން 16 އަދި އައިފޯން 16 ޕްރޯ ބޭނުންކުރާ ގިނަ ފަރާތްތަކަކުން ބެޓެރީ އަވަހަށް ހުސްވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ. މި މައްސަލަ ދިމާވަމުންދާކަން ރެޑިޓް، އެޕަލް ސަޕޯޓް ކޮމިއުނިޓީސް އަދި މެކްރޫމަރސް ފޯރަމްތަކުގައި ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ އައިފޯން 16 ބޭނުންކުރާ ފަރާތްތަކަށް ކަމަށްވީ ނަމަވެސް، އައިއޯއެސް 18 އަޕްޑޭޓް ކޮށްފައިވާ ކުރީގެ އައިފޯން މޮޑެލްތައް ބޭނުންކުރާ ފަރާތްތަކަށްވެސް މި މައްސަލަ ދިމާވަމުންދާކަން...

އަޙްމަދު ދާއޫދު
ސަލްމާން ޚާނުގެ އަތުން 5 ކްރޯޑް ރުޕީސް ހޯދުމަށް ބިރުދެއްކުމުގެ މެސެޖެއް

ސަލްމާން ޚާނުގެ އަތުން 5 ކްރޯޑް ރުޕީސް ހޯދުމަށް ބިރުދެއްކުމުގެ މެސެޖެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އަތުން ފަސް ކްރޯޑް ރުޕީސް ހޯދަން ފޮނުވާފައިވާ އިންޒާރުގެ މެސެޖެއް މުމްބާއީ ޓްރެފިކް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، މި ބިރުދެއްކުމުގެ މެސެޖު ލިބިފައިވަނީ އިއްޔެ (17 އޮކްޓޯބަރު) މެންދުރުފަހު ސިޓީގެ ޓްރެފިކް ކޮންޓްރޯލް ރޫމްގެ ވަޓްސްއެޕް ހެލްޕްލައިނަށެވެ. މެސެޖު ފޮނުވި ފަރާތުން ސަލްމާން ޚާނަށް ބިރުދައްކާ، އޭނާގެ އަތުން 5 ކްރޯޑް ރުޕީސް ހޯދުމަށް އެދިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. […]

އަޙްމަދު ދާއޫދު
ޣައްޒާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން: ޕުޓިން

ޣައްޒާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން: ޕުޓިން

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މޮސްކޯގައި ބްރިކްސް މީޑިއާ މެނޭޖަރުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ހުކުރު ދުވަހުއެވެ. “ފަލަސްތީނުގެ މައްސަލައަށް އޮތް އަސާސީ ހައްލަކީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުން. ސޯވިއެޓް ޒަމާނުއްސުރެ ރަޝިޔާއިން ވަނީ މި ސްޓޭންޑް ނަގާފައި،” ޕުޓިން ވިދާޅުވިއެވެ. އިސްރާއީލު-ފަލަސްތީނު ހަނގުރާމައިގައި މެދު...

އަޙްމަދު ދާއޫދު
ޔަހްޔާ ސިންވާރު ޝަހީދުވެއްޖެކަން ކަށަވަރުކޮށްދީފި

ޔަހްޔާ ސިންވާރު ޝަހީދުވެއްޖެކަން ކަށަވަރުކޮށްދީފި

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތް ހަމާސްގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާ ޔަހްޔާ ސިންވާރު، އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުވެއްޖެކަން އެ ޖަމާޢަތުން ހުކުރު ދުވަހު ކަށަވަރުކޮށްދީފިއެވެ. ޓީވީ އަށް ދެއްވި ބަޔާނެއްގައި ހަމާސްގެ އިސް އޮފިޝަލް ޚަލީލް އަލް-ހައްޔާ ވިދާޅުވީ، ސިންވާރަކީ “އެންމެ ފަހު ނޭވާއާ ހަމައަށް އިސްރާއީލީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ބަޠަލެއް” ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، “ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަން މުޅިން ހުއްޓި، ފަލަސްތީނުގެ ގައިދީން ދޫކޮށް...

އަޙްމަދު ދާއޫދު
ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް

ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރަން ނޮޅިވަރަމްގައި ހިނގާލުމެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ނޮޅިވަރަމްގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުން އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ނޮޅިވަރަމް ސިއްހީ މަރުކަޒުންނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އަންގައިދީ، މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ އެކި މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް މި ހިނގާލުމުގައި ބައިވެރިވެފައިވެއެވެ. ނޮޅިވަރަމް ސިއ...

ޔުމްނާ ޢަލީ
މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެއް ކަމަށެވެ. ފުލުހުން ބުނިގޮތުގައި އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާ އަށް ލިބުނީ މިއަދު 12:08 ހާއިރު ކަމަށެވެ. އެ ޒުވާނާ މޫދުން ނަގައިގެން އަލިފުށީ ހެލްތު ސެންޓަރަށް ގެންގޮސްފަައިވާއިރު، އެ ޒުވާނާ ނިޔާވެފައިވާކަމަށް […]

ޙުސައިން ޝަހުދީ
ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

“ޖުވާކުޅުމަކީ ޙަރާމް ކަމެއް” މިމަޢުލޫއަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދިން ހުކުރު ޚުޠުބާގައި ޖުވާ ކުޅޭ މީހުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ. އޮންލައިންކޮށް ޖުވާ ކުޅުމަކީ މިއަދު ދިވެހިންގެ މެދުގައި ވަރަށް އާންމު ވެފައިވާ ނުބައި އާދައެކެވެ. ޒުވާނުންނާއި ހަރު އުމުރު ފުރައިގެ މީހުން އާންމު ކެފޭތަކުގައި އެއްވެސް ޖެހިލުމެއްނެތި އޮންލައިންކޮށް ޖުވާ ކުޅެން ބައި ހަދާފައި ތިބޭ މަންޒަރު ފެނެއެވެ. ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މައިގަނޑު ނުކުތާތަކަށެވެ. اللهُ [...

Thiladhun
އޯޕަން އޭއައިގެ އޭއައި ޓޫލްސް ވިއްކުމަށް އެއްބަސްވެއްޖެ

އޯޕަން އޭއައިގެ އޭއައި ޓޫލްސް ވިއްކުމަށް އެއްބަސްވެއްޖެ

ބެއިން އެންޑް ކޯ އާއި އޯޕަން އޭއައި ގުޅިގެން އޭއައި ޓޫލްސް ވިއްކުމަށް އެއްބަސްވެއްޖެއެވެ. ބެއިން އެންޑް ކޯ އިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އެ ކުންފުނިން އޯޕަން އޭއައި އާ އެކު އޮތް ވިޔަފާރި ގުޅުން އިތުރަށް ފުޅާކޮށް، އޯޕަން އޭއައި ގެ އޭއައި ޓޫލްތައް ބެއިންގެ ކްލައިންޓުންނަށް ވިއްކުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ޗެޓްޖީޕީޓީ ވެސް ހިމެނެއެވެ. މިދިޔަ އަހަރު މި ދެ ކުންފުނިން ވަނީ ގްލޯބަލް ސަރވިސަސް އެލައިއަންސްއެއް ޤާއިމުކޮށް، […]

އަޙްމަދު ދާއޫދު
އީރާނަށް ހަމަލާދިނުމުގެ ހުއްދަ ނަތަންޔާހޫ ދީފި

އީރާނަށް ހަމަލާދިނުމުގެ ހުއްދަ ނަތަންޔާހޫ ދީފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނަށް ހަމަލާދިނުމަށް ހުއްދަދީފިއެވެ. މިހަމަލާދެނީ މި މަހުގެ ކުރީކޮޅު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށް ޖަވާބުދާރީވުމުގެ ގޮތުންކަމަށް ބުނެއެވެ. އޭބީސީ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ އިސް ވެރިއަކާ ހަވާލާދީ ބުނެފައިވަނީ ނަތަންޔާހޫ ހަމަލާދޭނެ ތަންތަނުުގެ ލިސްޓެއް ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ތަންތަނަކީ ކޮބައިކަން ނުވަތަ އެއީ ހަމައެކަނި އީރާނުގެ އަސްކަރީ ތަންތަންތޯ އެ ވެރިޔާ ހާމަކޮށްފައެއް ނުވް ނުވެއެވެ. އޮކްޓޯބަރ...

އަޙްމަދު ދާއޫދު
ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަނެއްގައި ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުގެ ސިފައިން އަދި ބޭރު ކަންތައްތަކާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުދަ ދުވަހު ބުނެފައެވެ. ޔަހްހާ ސިންވާރު ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. “އޮކްޓޯބަރު 7 ގެ އަނިޔާވެރި ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ޔަހްޔާ ސިންވާރު މިއަދު [އިސްރާއީލުގެ] ސިފައިންގެ އަތުން މަރުވެއްޖެ،” ކަމަށް ކަޓްޒް ވަނީ ބަޔާނެ...

އަޙްމަދު ދާއޫދު
'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024' ދީފި

‘މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ މިރޭ ބާއްވައި އެވޯޑުތަކުގެ ހައްގުވެރިންނަށް އެވޯޑުތައް ދީފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބޭއްވި ‘މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި އެވޯޑް ހަފުލާގައި ‘ލައިފްޓައިމް އެޗީވްމަންޓް އެވޯޑް’ ލިބިފައި ވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ. މި އެވޯޑު ހަފުލާގައި ‘ސްޕޯޓްސްވުމަން އޮ...

ޔުމްނާ ޢަލީ
ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ބާރަށު ކައުންސިލް މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ މުވައްޒަފުން މީޑިއާގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ކައުންސިލާއި، އެ ރަށުގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޒީހުއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ސޯޝަލް މީޑިއާގައި ބޭނުންކުރާ ޕޯސްޓަރ ޑިޒައިން ކުރާނެ ގޮތުގެ އިތުރުން ފޮޓޯ ނެގުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް...

އިބްރާހިމް ޚަލީލް
އުރީދޫއިން އެއަރ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާ ކޮށްފި

އުރީދޫއިން އެއަރ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާ ކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެއަރ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާ ކޮށްފި އެވެ. މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރގެ މައިގަނޑު އެއް ތަނބުކަމުގައި އެކުންފުނިން ވިދާޅުވި އެވެ. އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު 2024 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފެށުނު އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފ...

އިބްރާހިމް އަސްވާޤް
ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި

ފިހާރަ އަކުން ވައްކަންކުރި ބަޔަކު ހައްޔަރުކޮށް ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދައިފި

މާލޭގައި ހުރި ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިރޭ ބުނީ، މިއަދު ފަތިހު 4:20 އެހާކަންހާއިރު ފުލުހުން މާލޭގައި ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮ މަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ. މިކަން ފާހަގަ ކުރެވިގެން، އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، ވައްކަން ކުރިކަމަށް ތުހ...

ޔުމްނާ ޢަލީ
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ، ކުމުންދޫ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ ރަންތަރި ޤުރުއާން މުބާރާތައި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ޖަމިއްޔާއިން މިގޮތަށް މި ދެމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ފޯމް ފުރިހަމަ ކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖުގައިވާ މުބާރާތު...

އިބްރާހިމް ޚަލީލް