މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,433 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 649 ވަނަ ޞަފްޙާ

ރަޝިޔާ އާއި ޗައިނާ އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

ރަޝިޔާ އާއި ޗައިނާ އަސްކަރީ ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

ރަޝިޔާ އާއި ޗައިނާގެ މެދުގައި ހުރި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ މެދުގައި ހުރި ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރަޝިޔާގެ ދިފާއީ ވަޒީރު އެންޑްރޭ ބެލޯސޮވްއެވެ. އަންގާރަ ދުވަހު ބީޖިންގގައި ބޭއްވުނު ބައްދަލުވުމެއްގައި ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ރައީސް ޒަންގ ޔޫޝިއާ އާއެކު ވާހަކަދައްކަވަމުން ބެލޯސޮވް ވިދާޅުވީ ދުނިޔަވީ ކަންކަމާ މެދު ދެ ގައުމުގެ ވިސްނުން އެއްގޮތްކަމަށެވެ. ބެލޯސޮވް ބީޖިންގއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި...

އަޙްމަދު ދާއޫދު
އިންޑިއާގެ 7 ފްލައިޓެއްގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގެ 7 ފްލައިޓެއްގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގެ މައިގަނޑު އެއަރލައިންތަކުގެ 7 ފްލައިޓެއްގައި އަންގާރަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮން ގޮއްވާލާނެކަމުގެ އިންޒާރު ލިބުމާ ގުޅިގެން، ފްލައިޓްތައް އެހެން ވައިގެ ބަނދަރުތަކަށް ބަދަލުކުރުމާއި ދަތުރުތައް ލަސްވުން އިތުރުވެއްޖެއެވެ. މި އިންޒާރު ލިބިފައިވަނީ ހޯމަ ދުވަހު މުންބާއީން ފުރި އިންޑިގޯގެ 2 ފްލައިޓަކާއި އެއަރ އިންޑިއާގެ އެއް ފްލައިޓަކަށް ދޮގު އިންޒާރެއް ލިބުނު ތާ އެއްދުވަސް ފަހުންނެވެ. އަންގާރަ ދުވަހު އިންޒާރު ލިބުނު ފްލައިޓްތަކުގެ ތެރޭގައި އެއަރ އިންޑިއާގެ ދިއްލީ-ޗިކާގޯ ފްލައިޓާއ...

އަޙްމަދު ދާއޫދު
އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދު: ޕީއެންސީ

އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދު: ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފަައިވާ ގޮތަށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދުކުރާކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ. އެ ޕާޓީ މިހެން ބުނެފައި ވަނީ އާންމުކުރި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައ...

ޔުމްނާ ޢަލީ
އާ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

އާ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

އާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ތައުލީމާބެހޭ ވުޒާރާއިން ނިންމައިފިއެވެ. ތައުލީމާބެހޭ ވުޒާރާއިން ބުނީ 2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން […]

ޔުމްނާ ޢަލީ
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމައިފި

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން ނިންމައިފި

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ދައުލަތުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މިއަދު މީސްމީޑިއާ މެދުވެރިކޮށް ވަނީ މިކަން ޢިއުލާން ކުރަށްވާފައެވެ. މިކަން ހާމަކުރަށްވައި ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގުތިސާދު ރިފޯމް އެޖެންޑާގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށެވެ. މި ފިޔަވަޅު ކުރިއަށް އޮތް 15 ދުވ...

ޔުމްނާ ޢަލީ
ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން...

ޔުމްނާ ޢަލީ
ޖަލަށް ތަކެތި ވެއްދުމުގެ ތުހުމަތުވާ އޮފިސަރުން ބަންދުން ދޫކުރަން ޕީޖީން އެދެފި

ޖަލަށް ތަކެތި ވެއްދުމުގެ ތުހުމަތުވާ އޮފިސަރުން ބަންދުން ދޫކުރަން ޕީޖީން އެދެފި

ޖަލަށް މަނާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ކަރެކްޝަންސްގެ ޖަލު އޮފިސަރުންތައް ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން މިދިޔަ ޖޫން މަހު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު […]

ހުސައިން ހަބީބް
ފިނިފެންމާ މައްސަލާގައި ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލު ދޭން ޖެހިއްޖެ

ފިނިފެންމާ މައްސަލާގައި ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް ބަދަލު ދޭން ޖެހިއްޖެ

ރިޔާސީ ލޯންޗު ގޮއްވާލި މައްސަލާގައި, މުހިންމު ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ ކަމަށް ތުހުމަތުކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މީހާއަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެެ ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު, 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ މައްސަލާގައި ސިފައިންގެ މީހެއް ކަމަށްވާ މޫސާ ޒަމީރު ހައްޔަރުކޮށް ޖަލަށްލީ ލޯންޗްގައި ހުރި ހެކިތަކެއް ހުއްދަ ނެތި ލޯންޗުން ބޭރަށް ގެންދިޔަ ކަމަށް ބުނެ […]

ހުސައިން ހަބީބް
ނެދަލެންޑްސް ބަލިކޮށް ޖަރުމަނު ހަމަޖެހިލައިފި

ނެދަލެންޑްސް ބަލިކޮށް ޖަރުމަނު ހަމަޖެހިލައިފި

ޔުއޭފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގައި ރޭ ޖަރުމަނާއި ނެދަލެންޑްސް ވާދަކުރި މެޗު 1-0 ގެ ނަތީޖާއިން ޖަރުމަނުން ކާމިޔާބު ކޮށްފިއެވެ. ބަޔާން މިއުނިކްގެ އެލިއެން އެރީނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތިން ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ، މެނުއަލް ނޯޔާ އަދި ގުންޑޮގާން ގެ ޝަރަފުގައި ހާއްސަ ވަގުތުކޮޅެއް ކުރިއަށް ގެންދިޔައެވެ. ދެ ޓީމްގެ ފަރާތުން ދާދި […]

އިބްރާހިމް ޚަލީލް
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރަނީ

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑު ކުރަނީ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މީގެ އިރުކޮޅެއް ކުރިން ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެކްސްޕޯޓް އިމްޕ...

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފުރަތަމަ ބައި)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (ފުރަތަމަ ބައި)

ޖަނާޒާގެ ކަންތައްތައް ނިމި، އެންމެން ގެއަށް ދިޔަ އިރު ވެސް އަރޫޝާ ހުރީ ގަބުރުސްތާނުގައެވެ. ފާރުގައި ލެނިގިލައިގެން ހުރި އިރު އޭނާގެ ދެ ލޮލުގައި އޭރުވެސް ވަނީ ކަރުނައިގެ ތެތްކަމެވެ. ބައްޕަގެ މަހާނައަށް ބަލަހައްޓައިގެން ހުރި އިރު، ބައްޕަގެ ހަނދާންތައް ކުރިމަތީގައި ސިފަވަމުން ދާ ކަހަލައެވެ. ތުއްތުއިރު މަންމަ ނިޔާވުމުން، މައެއްގެ ގޮތުގައި ވެސް އޭނާއަށް ފެނިފައިވަނީ ހަމައެކަނި ބައްޕައެވެ. ކުއްލި ގޮތަކަށް ބައްޕަ ވަކިވެ ދިޔުން  ބަރުދާސްތުކުރަން އަރޫޝާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ބައްޕާއެވެ. މި […]

ސަލާމާ ޢަބްދުލް ޢަލީމް
އޭއައި ބޭނުންކޮށްގެން ޖީމެއިލް ޔޫޒަރުންނަށް އަމާޒުކޮށްގެން ހެކަރުންގެ ސްކޭމެއް

އޭއައި ބޭނުންކޮށްގެން ޖީމެއިލް ޔޫޒަރުންނަށް އަމާޒުކޮށްގެން ހެކަރުންގެ ސްކޭމެއް

ގޫގުލްގެ ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އޮޅުވާލައިގެން ހެކަރުން ހިންގަމުންދާ ސްކޭމެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ. މައިކްރޯސޮފްޓްގެ މުވައްޒަފެއް ކަމަށްވާ ސެމް މިޓްރޮވިޗް ވަނީ ޖީމެއިލް ޔޫޒަރުންނަށް އޮޅުވާލައިގެން ފުޅާދާއިރާއެއްގައި ނުރައްކާތެރި ސްކޭމެއް ކުރިއަށް ގެންދާ ކަމަށް ބުނެ އިންޒާރުދދީފައެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައެވެ. މިޓްރޮވިޗްގެ ބުނުމުގައި، ވާގޮތުން މި ހަމަލާ ފެށެނީ “ޖީމެއިލް އެކައުންޓް ރިކަވަރީ ކަށަވަރުކުރުން” މި ސުރުޚީގެ ދަށުން ފޮނުވާ އީމެއިލަކުންނެ...

އަޙްމަދު ދާއޫދު
މިތިބަ ދިވެހީންނަށް މިވަނީ ކިހިނެއްވެފައިބާއެވެ؟

މިތިބަ ދިވެހީންނަށް މިވަނީ ކިހިނެއްވެފައިބާއެވެ؟

ދުނިޔޭގައި އެތައް ހާސް ޤައުމެއް (Nations) އެބަ ވެއެވެ. މި ޤައުމުތަކަކުން ބޮޑެތި ކަނޑުތަކާއި ހިކިފަސް ބައްރުތަކުގައި ރޮނގާއި “ބޯޑަރު” ކުރަހައި، ވަކި ސަރަހައްދުތަކެއްގެ ކޮންޓުރޯލު ނަގައި ދުއިސައްތައާ ގާތްކުރާ އަދަދަކަށް ދައުލަތް (Nation state) އުފަންކޮށްފިއެވެ. މި ދައުލަތްތަކުގެ ތެރެއިން ގިނަ ދައުލަތްތަކުގައި އެއްޤައުމަށްވުރެ ގިނަ ޤައުމު ވެއެވެ. އެތައް ބައިވަރު ދީނެއް ވެއެވެ. ބައެއް ދައުލަތްތަކުގައި އެތައް ބައިވަރު ބަސްބަހުން ވާހަކަ ދައްކާ މީހުން އުޅެއެވެ. އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ބ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ހާއްސަ ހަރަކާތްތަކެއް

ކާރިސީ ހިރާސް ކުޑަކުރުމަށް ފާހަގަ ކުރާ ދުވަހާ ގުޅިގެން ފުވައްމުލަކުގައި ފެނަކައިން ހާއްސަ ހަރަކާތްތަކެއް

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ފެނަކައިން ބުނީ، މި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަންއެއް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައިވާ ކަމަ...

ޔުމްނާ ޢަލީ
ރަޝިއާގެ ކޯޓަކުން ފްރާންސްގެ ރިސާޗަރަކަށް 3 އަހަރުގެ ޖަލު ހުކުމެއް

ރަޝިއާގެ ކޯޓަކުން ފްރާންސްގެ ރިސާޗަރަކަށް 3 އަހަރުގެ ޖަލު ހުކުމެއް

ރަޝިއާގެ ކޯޓަކުން ފްރާންސްގެ ރިސާޗަރަކަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޯޓަކުން ފްރާންސްގެ ރިސާޗަރެއް ކަމުގައިވާ ލޯރެންޓް ވިނަޓިއަރ (48 އަހަރު) އަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވީ “ބޭރުގެ އޭޖެންޓް” ޤާނޫނާ ޚިލާފުވުމުގެ ދަޢުވާގައެވެ. ރަޝިއާގެ ތަޙްޤީޤީ ކޮމިޓީން ބުނާ ގޮތުގައި ވިނަޓިއަރ ވަނީ މިދިޔަ ޖޫން މަހު ޖާސޫސް ކުރުމުގެ ތުހުމަތުގައި އަދި ބޭރުގެ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ. ރަޝިއާގެ ތަޙްޤީޤުވެރިން ބުނާ […]

އަޙްމަދު ދާއޫދު
އުތުރު ޣައްޒާއިން ނުފައިބާ ތިބި ބަޔަކު ވިއްޔާ ބަނޑަށްޖައްސާ މެރުމުގެ ޕްލޭނެއް

އުތުރު ޣައްޒާއިން ނުފައިބާ ތިބި ބަޔަކު ވިއްޔާ ބަނޑަށްޖައްސާ މެރުމުގެ ޕްލޭނެއް

ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފައިވާއިރު، އެސަރަހައްދުން ނުފައިބާ ތިބި ބަޔަކުނަމަ ބަނޑަށްޖައްސާ މެރުމުގެ ޕްލޭނެއް ނަތަންޔާހޫގެ ކެބިނެޓުން ފާސްކުރަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މިޕްލޭނަކީ ޣައްޒާގެ އުތުރުގައި ތިބި ހަމާސް ހަނގުރާމަވެރިން ބަނޑަށް ޖައްސާލުމަށް ކަމަށްބުނެ އިސްރާއީލުގެ ބަޔަކު ހުށަހަޅާފައިވާ ޕްލޭނެކެވެ. އެޕްލޭން މިހާރުދަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް ދިރާސާކުރަމުންނެވެ...

އަޙްމަދު ދާއޫދު
ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި

ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި

“ވޭޕް އޮއިލް”ގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގެންފިއެވެ. މިކަމާ ގުޅިގެން ދާޚިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، “ވޭޕް އޮއިލް”ގެ ނަމުގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފައެވެ. ”މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު” ވަޒީރު ވިދާޅުވެފަވެއެވެ. ވަޒީރުގެ މި ޕޯސ...

ޔުމްނާ ޢަލީ
އުރީދޫއިން ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ، އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ފޮނުވާ 6 މުވައްޒަފަކު ތަމްރީނުކޮށްފި

އުރީދޫއިން ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ، އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ފޮނުވާ 6 މުވައްޒަފަކު ތަމްރީނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކާމިޔާބީ، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވަރސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން ފަޚުރުވެރިކަމާއެކު އިޢުލާންކޮށްފިއެވެ. 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ އަޅުގަނޑުމެންގެ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިފަދަ ތަމްރީނު ފުރުސަތަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން ހޯދައިދީފައިނުވާ ފުރުސަތެކެ...

އިބްރާހިމް އަސްވާޤް