މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ބިންހެލުމުގެ ޚަބަރު South Sandwich Islands region އަށް M5.1 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން

އެންމެ ފަހުގެ ލިޔުންތައް

39,430 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 640 ވަނަ ޞަފްޙާ

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސްގެ ޖަލްސާގައި ވަނީ މި ބަޖެޓަށް ވޯޓަށް އަހާފައެވެ. މި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މިއީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. ސަޕްލިމެންޓްރީ...

ޔުމްނާ ޢަލީ
އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ

އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ

ޕްރިންސިޕަލެއް ނެތި އަހަރުތަކެއްވެފައިވާ ހދ.ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެންމެ ފަހުން އެ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ހުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާއާއި މެދު ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖް ކުރުމުން މިނިސްޓްރީން އެ ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރި ފަހުން ފާއިތުވި މުއްދަތުގައި އެ ރަށުގައި ޕްރިންސިޕަލެއް ނުހުރެއެވެ. ފާއިތުވި ހަތަރު އަހަރު އެ ސްކޫލް ހިންގުމުގައި އިސ...

އިބްރާހިމް ޚަލީލް
އިސްލާޙްތަކުގެ ސަބަބުން ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވާނެ: އެމްޑީޕީ

އިސްލާޙްތަކުގެ ސަބަބުން ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވާނެ: އެމްޑީޕީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމެ ނާތަހުޒީބު ޢަމަލެއްކަމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރު...

ޔުމްނާ ޢަލީ
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގަން ފަށައިފި

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުނަގަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ‏ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ. ގުޅިފަޅާއި ގިރާވަޅު ފަޅުން ހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައަޅައި ގޯތިތަކުގެ ރަޖިސްޓްރީ ވެސް މީގެކުރީން ހަވާލުކޮށްފައިވީ ނަމަވެސް، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން، މި ގޯތިތަކުގެ ލޮކޭޝަންތަކަށް އައި ބަދަލާއެކު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމީ ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރުނަގާށެވެ. މިގޮތުން މާލޭގެ ދަރުބާރުގ...

ޔުމްނާ ޢަލީ
އަތޮޅުކައުންސިލްގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންވީ: އައިބީ

އަތޮޅުކައުންސިލްގެ ރައީސުން ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންވީ: އައިބީ

އަތޮޅުކައުންސިލްގެ ރައީސުނަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ބަޔަކަށް ހަދަންޖެހޭކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އެ އިސްލާހަށް ތާއީދުކުރަށްވާ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ހުރިހާ ކޮމިޝަންތަކަށް ވެސް އެބަދަލު ގެންނަން...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)

ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)

ކުރީގެ އަދަދާއި ގުޅޭ، ” ކީކޭ؟” ވައި އަޑުން ނަދީމްއަށް ބުނެވުނެވެ. ” ޒައި އަހަންނަށް ދޮގެއް ނަހަދަން ދޯ؟ އަހަރެން ތަޅުވަނީތަ؟” ނަދީމް ސުވާލު ކުރީ ޖެހިލުންވެ ހުރެއެވެ. ޒައިނާ އިސްޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ. ” ދެން… ޒައި ބޭނުންވަނީ ކޮން ގޮތެއް؟” އަނެއްކާ ވެސް ނަދީމް ކުރީ ސުވާލެކެވެ. އެ ސުވާލު އޭނާ ކުރާނެކަން ޒައިނާއަށް މާ ކުރިން ވެސް އެނގެއެވެ. އެހެންވެ، ޒައިނާ ބޭނުންވީ އޭނާގެ ނިންމުން ލަސްނުކޮށް ކިޔައިދޭށެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
އެޕަލް އައިއޯއެސް 18.1 އަޕްޑޭޓާއެކު އިންޓެލިޖެންސް ނެރެފި

އެޕަލް އައިއޯއެސް 18.1 އަޕްޑޭޓާއެކު އިންޓެލިޖެންސް ނެރެފި

ސްމާޓްފޯނުގެ ބާޒާރުގައި އެންމެ މަޤުބޫލު އައިފޯން އުފައްދާ ކުންފުނި އެޕަލް އިން ހޯމަ ދުވަހު އައިއޯއެސް 18.1 ނެރެ، އައިފޯން 16 އަދި އައިފޯން 15 ޕްރޯގައި ބޭނުންކުރެވޭ ގޮތަށް “އެޕަލް އިންޓެލިޖެންސް” ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ތަޢާރަފުކޮށްފިއެވެ. މީގެ އިތުރުން އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށްވެސް އެޕަލް އިންޓެލިޖެންސް ހިމެނޭ ސޮފްޓްވެއަރ އަޕްޑޭޓްތައް ނެރެފައިވެއެވެ. މި އަޕްޑޭޓަކީ އެޕަލްއަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިދިޔަ މަހު ނެރުނު އައިފޯން 16 ސީރީޒްގެ މާކެޓިންގ […]

އަޙްމަދު ދާއޫދު
ބެލޮންޑިއޯ އެވޯޑް ރޮޑްރީ ކާމިޔާބުކޮށްފި

ބެލޮންޑިއޯ އެވޯޑް ރޮޑްރީ ކާމިޔާބުކޮށްފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރ ރޮޑްރީ ކާމިޔާބު ކޮށްފިއެވެ. މިދިޔަ ސީޒަންގައި ކްލަބާއި ގައުމީ ޓީމްގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ރޮޑްރީއާއި އެންމެ ގާތުން މި އެ ވޯޑަށް ވާދަކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނީސިއަސް ޖޫނިއާއެވެ. ރޮޑްރީ މި އެވޯޑް ކާމިޔާބު ކުރުމާއިއެކު އޭނާވެފައި ވަނީ ބެލޮންޑިއޯ އެވޯޑް ފާއިތުވި 64 އަހަރުތެރޭ ހޯދި […]

އިބްރާހިމް ޚަލީލް
ސޫދާނަށް އދ.ގެ ބާރެއް ފޮނުވުމަށް ބޭނުން، އެކަމަކު އަދި އެކަށީގެންވާ ހާލަތެއް ނެތް: ގުޓެރެސް

ސޫދާނަށް އދ.ގެ ބާރެއް ފޮނުވުމަށް ބޭނުން، އެކަމަކު އަދި އެކަށީގެންވާ ހާލަތެއް ނެތް: ގުޓެރެސް

ސޫދާނުގެ ރައްޔިތުން ރައްކާތެރިކުރުމަށް އދ. ގެ ބާރެއް ފޮނުވުމަށް ވަރަށް ބޮޑަށް ބޭނުންކަމަށާއި، އެކަމަކު އަދި ރައްކާތެރި ކަމުގެ ގޮތުން އެކަށީގެންވާ ހާލަތެއް ނެތްކަމަށް އދ.ގެ ވެރިޔާ ގުޓެރެސް ވިދާޅުވެއްޖެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ހަނގުރާމައިގެ ތެރޭގައި ޖެހިފައިވާ ސޫދާނުގެ އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިވުމަށް ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އދ. ގެ ބާރެއް އެ ޤައުމަށް ފޮނުވުމަށް މިވަގުތު އެކަށީގެންވާ ޙާލަތެއް ނެތްކަމަ...

އަޙްމަދު ދާއޫދު
އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި އެބޮތް: ސިކް އެކްޓިވިސްޓް

އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި އެބޮތް: ސިކް އެކްޓިވިސްޓް

އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް އިންޑިއާއިން ވަކިވެގަންނަން އެދޭ ސިކުން ތުހުމަތު ކޮށްފިއެވެ. ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައި، ސިކުންގެ އެކްޓިވިސްޓެއް ކަމަށްވާ ގުރްޕަޓްވަންޓް ސިންގް ޕަންނުން ވަނީ އެމެރިކާ އަދި ކެނެޑާގައި އިންޑިއާގެ ޖާސޫސީ ނެޓްވޯކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އޭނާ މިވާހަކަތައް ދައްކާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި އޭނާ މަރާލުމަށް އިންޑިއާއިން ރާވާފައިވާކަމަށް ބުނެވޭ މައްސަލައަކާ ގުޅިގެންނެވެ. އެމެރިކ...

އަޙްމަދު ދާއޫދު
ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ

ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ

ކުޅުދުއްފުށީގައި އަންނަ އަހަރު ތެރޭގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދޭވަރުވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑުގެ ޚިދުމަތަކީ ގިނަ ސަރުކާރުތަކަކުން ކުޅުދުއްފުށިން ސީދާ ޕްރިންޓުކޮށްގެން ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައިވާ ޚިދުމަތެއްކަން ފާހަގަކުރަށްވައި، އެކަން ކުޅުދުއްފުށީގައި ފެށޭނެ ދުވަހެއ...

ޔުމްނާ ޢަލީ
ނަތީޖާ ނުނެރެވުމުން ޔުނައިޓެޑްގެ ކޯޗްކަމުން ޓެން ހާގް ވަކިކޮށްފި

ނަތީޖާ ނުނެރެވުމުން ޔުނައިޓެޑްގެ ކޯޗްކަމުން ޓެން ހާގް ވަކިކޮށްފި

އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ނަތީޖާ ނުނެރެވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކިކޮށްފިއެވެ. 2022 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ޓެން ހާގަށް އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ. ދެ އަހަރާއި ބައިގެ މުއްދަތުގައި ޓެން ހާގް ވަނީ ޔުނައިޓެޑާއި އެކު ދެ ތައްޓެއް ކާމިޔާބު ކޮށްފައެވެ. އެއީ 2023 ވަނަ އަހަރުގެ ކަރަބޯ ކަޕާއި މިދިޔަ އަހަރުގެ އެފްއޭ ކަޕެވެ. މި ސީޒަން ފެށުމުގެ […]

އިބްރާހިމް ޚަލީލް
ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ކޮމެޓީން ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީން އެ ބަޖެޓް މިއަދު ފާސްކޮށްފިއެވެ. ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން މިއަދު 14:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޤާސިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ....

ޔުމްނާ ޢަލީ
ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ނައިވާދޫ ކައުންސިލާއިއެކު މަޝްވަރާކޮށްފިއެވެ. އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ބުނީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ ހިމެނޭހެން އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ނައިވާދޫ ކައުންސިލާއި އެކު އެރަށުގެ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިވާދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ތިއްބެވީ ޢަލީ ރަޝީދާއި، ނަ...

ޔުމްނާ ޢަލީ
ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕީޖީގެ މަގާމުން ސަމީރު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ. ސަމީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑެޕިއުޓީ ޕީޖީއަކަށް ދެން މަހުމޫދު ސަލީމް އެކަންޏެވެ.އެ މަގާމަށް ބޭފުޅުން […]

ހުސައިން ހަބީބް
އީސީ އާއި އޭސީސީގެ ރައީސާއި ނައިބު އައްޔަނުކުރުމުގެ ބާރު ރައީސަށް ދެނީ

އީސީ އާއި އޭސީސީގެ ރައީސާއި ނައިބު އައްޔަނުކުރުމުގެ ބާރު ރައީސަށް ދެނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ދެ ބިލު ހުށަހަޅައިފިއެވެ. މިގޮތުން މި އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އީސީގެ ރައީސާއި ނައިބު […]

ޔުމްނާ ޢަލީ
އިންޑިޔާއިން ތުރުކީގެ ބްރިކްސް މެމްބަރޝިޕް ހުށަހެޅުން ހުއްޓުވައިފި

އިންޑިޔާއިން ތުރުކީގެ ބްރިކްސް މެމްބަރޝިޕް ހުށަހެޅުން ހުއްޓުވައިފި

ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާ) ގްރޫޕަށް ތުރުކީވިލާތުން ވަނުމަށް ހުށަހެޅި ހުށަހެޅުން އިންޑިޔާއިން ބްލޮކްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ތުރުކީވިލާތާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. ތުރުކީވިލާތުން ބްރިކްސްއަށް ވަނުމަށް ހުށަހެޅި ހުށަހެޅުމަށް ބްރިކްސްގެ ގިނަ މެންބަރު ޤައުމުތަކުން ތާއީދު ކޮށްފައިވާއިރު، މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިންޑިޔާއިން މި ހުށަހެޅުން ބްލޮކްކުރުމާ ގުޅިގެން ތުރުކީ...

އަޙްމަދު ދާއޫދު
ޔުނައިޓެޑް ބަލިވިއިރު، ލިވަޕޫލާއި އާސެނަލް މެޗު އެއްވަރު

ޔުނައިޓެޑް ބަލިވިއިރު، ލިވަޕޫލާއި އާސެނަލް މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑްގެ މައްޗަށް ވެސްޓްހޭމުން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުންދިޔަ ވެސްޓްހޭމްއިން ޔުނައިޓެޑްއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ވެސްޓްހޭމްއަށް ޖަހައިދިނީ ސަމާވިލްއެވެ. އޭގެ ހަމިނެޓް ފަހުން ކަސެމީރޯ ޖަހައ...

އިބްރާހިމް ޚަލީލް