އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެދެފިއެވެ. އެފްރިކަން ޔޫނިއަންގެ ސިއްޙީ ފަރާތްތަކުން އިންޒާރުދީފައިވަނީ މްޕޮކްސްގެ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި، ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް މިކަން ނުވުމަށްޓަކައި ވަސީލަތްތަކަށް އެދިފައެވެ. ބުރާސްފަތި ދުވަހު ބޭއްވުނު ބްރީފިންގެއްގައި އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ވިދާޅުވީ، މި ހާލަތު އަދިވެސް ކޮންޓްރޯލެއް ނުވާކަމަށާއި، އެފްރިކާ އަދިވެސ...
އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލުނައްތާލުމެކޭ ބުނަން އުނދަގޫ ކަމުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް ކިންގްޑަމްގެ ބޮޑުވަޒީރު ކީރ ސްޓާމަރ، މިހެން ވިދާޅުވީ، އިސްރާއީލުގެ ޕާލަމެންޓުން ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ (އަންރުވާ) މަނާކޮށް، އދ ގެ އެހީތައް ހުއްޓުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އިނގިރޭސިވިލާގުގެ ގްރީން ޕާޓީގެ ޕާލަމެންޓް މެންބަރު ކާލާ ޑެނިއަރ ވަނީ ބޮޑުވަޒީރު ސްޓާމަރަށް ގޮވާލައި، ޣައްޒާގެ ހާލަތު “ނަސްލު ހަލާކުކުރުން” ގެ ގޮތުގައި ސިފަކުރުމަށް އެދިފައ...
އަޙްމަދު ދާއޫދު
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ، ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހި...
ޔުމްނާ ޢަލީ
ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން، މޯލްޑިވްސް މީޑިއާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ހިންގާފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެ ކުންފުނީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވ...
ޔުމްނާ ޢަލީ
ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...
ޙުސައިން ޝަހުދީ
ބިދޭސީއަކު މާލޭގެ ގެއަކަށް ވައްދައި ވަޅިން ބިރުދައްކައި ފޭރުނު މައްސަލައެއްގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މާލޭގައި ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާގެ ވަނަވަރު ވެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) އެވެ. ފާޠިމަތު ޢަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 22:08 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރ...
ޔުމްނާ ޢަލީ
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު ހައި ކޯޓުގައި ވަކާލާތު ކުރާތީ އެކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއުތިރާޒުކުރުމުންނެވެ. ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ސިޔާސީ މަގާމުގައި ތިބެގެން ކޯޓުތަކާއި ޓްރ...
ހުސައިން ހަބީބް
ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ...
އިބްރާހިމް ޚަލީލް
މިސް ޔުނިވާސް ޕަޖެންޓަކީ، ތައިލެންޑަށް އުފަން ޓްރާންސްޖެންޑާ އަންހެނެއް (އަންހެނަކަށް ހެދިގެން އުޅޭ ފިރިހެނެއް) ގެ ކުންފުންޏެއްކަމަށްވާ ޖޭ.ކޭ.އެން ގްލޯބަލް ގްރޫޕުގެ ބެލެނިވެރިކަމުގެ ދަށުގައި އިންތިޒާމުކުރެވިގެން ބާއްވާ “މުޅި ކައުނުގައިވާ އެންމެ ރީތި އަންހެނާ” ހޮވުމުގެ މުބާރާތެކެވެ. ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އިވުނު ޚަބަރަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން މި މުބާރާތުގައި ބައިވެރިވިކަމަށް ބުނާ ޚަބަރެވެ. އެތައް ބައިވަރު ޚަބަރު ފަތުރާ ވަސީލަތްތަކެއްގައި ދިވެހި ރާއްޖެއިން މިކަމުގައި ފ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުރީގެ އަދަދާއި ގުޅޭ، ހާސް ހިތަކައިގެން ހުރެ، މަޑުމަޑުން ގެއިން ނިކުމެ ޖޯލިފައްޗާ ދިމާލަށް އޭނާ ބަލައިލީ ދާއިން އިންތޯއެވެ. ލިބުނު ހައިރާންކަމާއެކު އެ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އޭނާ ގާތު ނިކުންނަށް ބުނެ، ދާއިން ނައީ ކީއްވެބާއޭ އަރޫޝާގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ އެނބުރިގަތީ ގެއަށް ވަންނާށެވެ. ” އަޅެ ސިއްސައިގެންނޭ ދިޔައީ.” އަރޫޝާއަށް ބުނެވުނެވެ. އޭނާގެ ފަހަތުގައި ހުރި ދާއިން ފެނި އަރޫޝާ ހަގީގަތުގައި ވެސް ބިރުގަތެވެ. ދެ ޖީބަށް […]
ސަލާމާ ޢަބްދުލް ޢަލީމް
500 ރުފިޔާގެ ވަގުނޫޓު ދައުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ފަހަކަށްއައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ވަގު ނޫޓު ދައުރުވާތީ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން...
އިބްރާހިމް ޚަލީލް
ސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ، މިއަދު މެންދުރުފަހު 1:00 ގައި ފެށި ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރެވެ. މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ […]
ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “މިލައުތުރު ހޭންޑް ބޯޅަ މުބާރާތް” ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ކޮމަންޑޫގައި ފަށަން ތައްޔާރުވެއްޖެއެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައވެރިވެފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ދެ ގްރޫޕް މެޗުތައް ދެ ރަށެއްގައި ކުޅޭގޮތަށެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ފޯކައިދޫގައެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، […]
އިބްރާހިމް ޚަލީލް
ސްރީލަންކާގެ އައު ސަރުކާރުން، 2021 ވަނަ އަހަރު ހިނގި އެކްސްޕްރެސް ޕާރލް ކާގޯ ބޯޓުގެ ހާދިސާ އަލުން ތަޙުޤީޤުކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ހާދިސާ ބެލެހެއްޓުމުގައި ކޮރަޕްޝަނާއި އިހުމާލުވުމުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީއެވެ. ސްރީލަންކާގެ އައު ރައީސް އަނުރާ ކުމާރާ ދިސަނާޔަކޭގެ ސަރުކާރުގެ އިސް ވަޒީރެއް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ތަޙުޤީޤު ފަށާނީ ނޮވެމްބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބު ނިމުމުންނެވެ. މި އިންތިޚާބުގައި ދިސަނާޔަކޭގ...
އަޙްމަދު ދާއޫދު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ. މިއީ އެމްއެމްސީން ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އެވޯޑެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފެވެ. މި އެ ވޯޑުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައި ވަނީ ”މިހާރު” ނޫހުގެ ފާތިމަތު ޝަނާ މުހައްމަދެވެ. 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އެންމެ ޝަރަފްވެރި ތިން އެވޯޑްގެ ތެރެއިން ދެ އެވޯޑު މިހާރަށް ލިބިފައިވާއިރު، ގިނަ […]
ޔުމްނާ ޢަލީ
ރަޝިއާއިން އުތުރު ކޮރެއާއާއެކު ކުރަމުންދާ ސިފައިންގެ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް އެޤައުމުގެ އދ. އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވަސިލީ ނެބެންޒިޔާ ވިދާޅުވެއްޖެއެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުރިމަތީ ސަފުގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަމަށް ބުނާ ބުނުންތަކަކީ “ސީދާ ދޮގު” ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބުދަ ދުވަހު ބޭއްވުނު އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރު ނެބެންޒިޔާ ވިދާޅުވީ “ރަޝިއާއި...
އަޙްމަދު ދާއޫދު
ތުރުކީ އަމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީ މަރާލި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް، “ފުރިހަމަ ޖަވާބެއް” ދިނުމަށް އަމެރިކާއިން އިސްރާއީލަށް ގޮވާލައިފިއެވެ. އަމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސްޕަރސަން މެޓް މިލަރ ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން “ފާއިތުވި ދުވަސްތަކުގައި” އިސްރާއީލުގެ އިސްވެރިންނާ އެކު އެމެރިކާގެ އޮފިޝަލުން ވާހަކަ ދައްކާފައިވެއެވެ. “އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ތަޙުޤީޤު އަދިވެސް ކުރިއަށްދަނީ. އަދި ފުރިހަމަ ޖަވާބެއް ދޭ ތަޙުޤީޤެ...
އަޙްމަދު ދާއޫދު
ކުޅުދުއްފުށި ސިޓީގައި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަ...
އިބްރާހިމް ޚަލީލް