ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެކަމެއް ރައީސް ނުކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަމަށެވެ. ވަޒީރު ވިދާޅުވިގޮތުގައި، 160 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑުއެއްސެވި ހަމައެކަނި ރައީސ...
ޔުމްނާ ޢަލީ
ވައިގެ މަގުން އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަަމްސް އިން މިއަދު ހާމަކުރި ގޮތުގައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އެ އިދާރާއިން ވަނީ އަތުލައިގަނެފައެވެ. 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި 5520 ގްރާމްގެ ކެނެބިސް އަދި 416 ގްރާމްގެ ކެތިނޯން ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 5.9 ކިލޯގްރާމެވެ.
ޔުމްނާ ޢަލީ
ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސް އިއްވަން ކައުންސިލަރުންނަށް ފުރުސަތު އެބައޮތް ކަމަށާއި، މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ހުކުރު ދުވަހުގެ ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވ...
ޔުމްނާ ޢަލީ
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ބޮޑުތަނުން މަދުވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއަދި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ކައުއުންސިލް ތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކ...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / މިލްކުރާގޭ، އަޙްމަދު ޝާހީން ޝަހީދު (18 އަހަރު) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 22:42 ގައި ހުޅުމާލޭ ރީތިގަސް މަގުގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހަކު އެންގުމުން، މަޑުނުކޮށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ސައިކަލް ހުއްޓުވަން އުޅުނު...
ޔުމްނާ ޢަލީ
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާއަށް ނިސްބަތްވާ ހުރިހާ ގޭބިސީތަކުގެ ނަންބޯޑް ހަދައިދީ ހަރުކޮށްދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ ފަރުހަތު މުހައްމަދު ނިންމައިފިއެވެ. ދާއިރާގެ ހުރިހާގެއެއެގައި ނަންބޯޑު ހަރުކުރަން އެމްޕީ ފަރުހަތުގެ ޓީމުން ނިންމާފައިވަނީ އެ ދާއިރާގެ ގެތަކަށް ކުރެވުނު ޒިޔާރަތުގައި ގިނަ ގެތަކެއްގައި ނަން ބޯޑު ނެތުމުން ކަމަށް އެ ޓީމުން މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ޓީމްގެ ލަފަޔާއިއެކު ދާއިރާގ...
އިބްރާހިމް ޚަލީލް
މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ޗެޓްޖީޕީޓީ އަށް އަމިއްލަ ވެބް ސާރޗް އިންޖީނެއް ތަޢާރަފުކޮށްފިއެވެ. މިއީ ގޫގުލްގެ ސާރޗް އިންޖީނާ ވާދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޯޕެންއޭއައި އިން ތަޢާރަފުކުރި މި އައު ޚިދުމަތަކީ “ޗެޓްޖީޕީޓީ ސާރޗް” އެވެ. މި ޚިދުމަތުގެ ސަބަބުން ޗެޓްޖީޕީޓީ ބޭނުންކޮށްގެން އިންޓަނެޓުން މަޢުލޫމާތު ހޯދުމަށް އައު ގޮތެއް ލިބިގެންދާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އޯޕެންއޭއައި އިން ބުނާ ގޮތުގައި ޗެޓްޖީޕީޓީ އަށް މިހާރު އިންޓަނެޓުން މަޢުލޫމާތު ހޯދުމުގެ ޤާބިލުކަން ވ...
އަޙްމަދު ދާއޫދު
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ކަންކަމުގައި ކައުންސިލް ރައީސްގެ ބައިވެރިވުމެއްނެތް ކަމަށާއި، އޭނާ އާއި ގުޅުވައި ކައުންސިލް މެމްބަރަކު މީސްމީޑިއާގައި ކޮށްފައިވާ ދޮގު އިލްޒާމަކީ ރޭވުމެއް ކަމަށް އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި އޭނާ އާއިމެދު ކައުންސިލް މެމްބަރު ނިޝާން ޢަލީ މީސްމ...
ޔުމްނާ ޢަލީ
ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީ...
އަޙްމަދު ދާއޫދު
ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ މަސްތުންގ ސަރަހައްދުގައި ދިން ބޮމު ހަމަލާއެއްގައި މަދުވެގެން 9 މީހުން މަރުވެ، 23 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 5 ސްކޫލް ކުދިން ހިމެނެއެވެ. ހުކުރު ދުވަހު ދެވުނު މި ހަމަލާ އަމާޒުކޮށްފައިވަނީ އަންހެނުންގެ ސްކޫލެއްގެ ކައިރީގައި ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ބަލަހައްޓަމުން ދިޔަ ފުލުހުންނަށެވެ. ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހްމަތުﷲ ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ހަމަލާގެ އަމާޒަކަަށްވީ ޕޯލިއޯ ވެކް...
އަޙްމަދު ދާއޫދު
ކުޅުދުއްފުށި ސިޓީ، ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި ހާދިސާގެ ރިޕޯޓް މިރޭ 21:13 ހާއިރު ލިބިފައިވާ ކަމަށެވެ. މި ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ރޯވީ މީހުން ދިރިއުޅޭ “ސަމޭދާން” ނަމަކަށް ކިޔާ […]
ޔުމްނާ ޢަލީ
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހީނާ ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެނ...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން އިޔާދަކޮށްފިއެވެ. އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ތިލަދުން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖުގައި ދެއްކި ވޯޑިއޯއަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑުން ވަނީ މުސްތަފާއާއި މެދު ފިޔަވަޅު އަޅާފައެވެ. ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ޤުރުއާން މުބާރާތް 2024” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން އިއްޔެ ވަނީ ފަށާފައެވެ. މި އަހަރު މުބާރާތް ކުރިއަށް ދަނީ އޮކްޓޯބަރ 31 އިން ނޮވެމްބަރ 02 އަށް ހަނިމާދޫގައެވެ. މި އަހަރު މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބަލައިގެން ކިޔެވުމުގައި 117 ދަރިވަރުން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ބައިގައި 86 ދަރިވަރަކު ވާދަކުރެއެވެ. މި އަހަރު މުބާރާތުގައި […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އައިލެންޑް ބެލްޖިއަމުން ހަދަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ. ބެލްޖިއަމުން އެ ގައުމުގެ އިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ނޯތު ސީގައި ބޮޑު މަސްނޫއީ ޖަޒީރާއެއް ބިނާކުރަމުންދާކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. “ޕްރިންސެސް އެލިޒަބެތު” ގެ ނަމުން ނަންދެވިފައިވާ މި ޖަޒީރާ 2027 ވަނަ އަހަރު ނިމުމަކަށް އަންނާނެކަމަށް ލަފާކުރެވެއެވެ. މި ޖަޒީރާއިން 3.5 ގިގަވޮޓުގެ އޮފްޝޯ ވައިގެ ހަކަތަ ބެލްޖިއަމުގެ ކަރަންޓު ވިއުގައަށް އިންޓަގްރޭޓް ކުރެވޭނ...
އަޙްމަދު ދާއޫދު
ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުންކަމަށާއ، ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުތުބާގެ މަޢުލޫއަކީ “ހަނުހުރުމުގެ އަޚުލާޤު” އެވެ. މިހުތުބާގައި ބުނެފައިވަނީ، ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަމަށާއި ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެންކަމުގަ އެވެ. “ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާ...
އަލީ އާދިލް
ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރަށް ދަންނަވާފައިވާނެކަމަށާއި، އެމްއެމްއޭއިން އެމަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިއްޔެ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖޭގެ އިޤްތިޞާދުގައި ޑިޖިޓަލް އިކޮނޮމ...
ޔުމްނާ ޢަލީ