އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ. ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން “އޮކްސީކޯޑޯން” ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ދޭ ތަދުކަނޑުވާ ބޭހެކެވެ. މި ބޭސް، ބޭސް ފިހާރަތަކުންވެސް ދޫކުރަނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. އޮކްސީކ...
އަޙްމަދު ވަހީދު
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ “ހިޔާވެހި ފައިނޭންސް ސްކީމް” ގެ ދަށުން ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މިގޮތުން ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ދެ ސްކީމެއް ހިމެނޭއިރު އެ ދެ ސްކީމްގެ ތަފްސީލުތައް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާރު ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވާ ދެ ސްކީމަކީ “ފަހިމާލެ ސްކީމް” އާއި “ސަހަރު ސްކީމ...
ޔުމްނާ ޢަލީ
އަހަރުތަކުގެ ހަމަނުޖެހުންތަކަށްފަހު ޑިމޮކްރަޓިކް ރިޕަލްކް އޮފް ކޮންގޯއާއި ރުވާންޑާއިން ހަމަޖެހުމުގެ އެއްބަސްވުމަކަށް އައިސްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެމެރިކާގައި އިއްޔެއެވެ. އެމެރިކާ އަދި ޤަތަރު މެދުވެރިއެއްގެ ގޮތުގައި އޮވެ ވެވުނު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކޮންގޯ އާއި ރުވާންޑާގެ ޚާރިޖީ ވަޒީރުންނެވެ. މި އެއްބަސްވުމުގެ ދަށުން އިގްތިސާދީގޮތުން ގުޅުން ބަދަހިކުރުމުގެ ފްރޭމްވޯކެއް 90 ދުވަހުގެ ތެރޭގައި ހަދާނެއެވެ. އަދި ދެ ޤައުމު ގުޅިގެން ސެކިއުރިޓީ ދާއިރާއިން މަސައްކަތް...
އަޙްމަދު ވަހީދު
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް އުދައަރާފާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް އުދައަރާފާނެކަމަށް ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު މެންދުރު 13:30 އިން އިރު އޮއްސި 17:00 އާއި ހަމަ އަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެ އަށް އުދައަރާފާނެކަމަށް ލަފާކޮށްފައިވާއިރު، […]
ޔުމްނާ ޢަލީ
އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އަޅާ ދެ މިސްކިތުގެ ތެރެއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އެޅުމަށް ސެއިޚްގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު ބަންގްލަދޭޝް އަށް ފުރީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ސައިޚް ޚިދުމަތްކުރެއްވި ޖަމިއްޔާ، ޚިދުމަތް ޖަމިއްޔާއިން ވަނީ ސައިޚްގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ޖަމިއްޔާގެ […]
ޔުމްނާ ޢަލީ
ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެ...
އިބްރާހިމް ޚަލީލް
ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް މިހާރު ވެސް ކުޅެމުން އަންނަ، އަލް ނަސްރާއި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ، އިތުރު ދެ އަހަރު ދުވަހު އެ ޓީމުގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އަލް ނަސްރުގައި މަޑުކުރާނެއެވެ. ރޮނާލްޑޯ އަލް ނަސްރާއި ގުޅިފައިވަނީ 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހުއެވެ. އަންނަ ޖުލައިމަހުގެ ނިޔަލަށް ރޮނާލްޑޯ މިހާރު އަލް ނަސްރާއިއެކު ހަދާފައިވާ […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.އަތޮޅުގައި ފަށައިފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އެއްރަށުގައި ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ހއ. އަތޮޅު ގައި އެ އަތޮޅު ހޯރަފުށީގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރް) އިން ވިދާޅުވިއެވެ. މުޅި ރާއްޖެ އައިޑީ ހަދ...
އަލީ އާދިލް
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ލަންކާގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު، އެންމެ މުހިންމު އެއް މަޝްވަރާއަކަށް ވާނީ ދެ ގައުމުގެ މެދުގައި ފ...
އަލީ އާދިލް
ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ސްޕެއިނަށް ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ އިފްތިތާހީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވަވާނެ އެވެ. މި ކޮންފަރެންސްގައި ނައިބު ރައީސް އިސްނަން...
އަލީ އާދިލް
އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ. މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓ...
އަލީ އާދިލް
ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ވަކި ރަށްތަކެއް ޚާއްސަކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މީސްމީޑިއާގައި މިއަދު މިކަން އިއުލާނު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގައި މަޝްހޫރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ހަލާލް ޓޫރިޒަމްގެ ރޮނގުން ވެސް ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ފަތުރުވެރިންނަށް ދެވޭ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިހާރުވެސް ދިވެހިރާއްޖެއަކީ ދުނިޔެއަށް މިސާލަކަށް...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝާން އާއި ގުޅިގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ މީޓް ރިކޯޑް ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި، މިލަންދޫ ސްކޫލްގެ އިބްރާޙިމް ނަޝީހް އަލީ ހޯދައިފިއެވެ. މި މަހު 21 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އުތުރުގެ 19 ސްކޫލަކުން 725 އެތުލީޓުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ނިންމުމުުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ. އެގޮތުން […]
އައިޝަތު އައިނީ އާމިރު
އައްޑޫ ސިޓީގައި ކުރިއަަށްގެންދިޔަ އުރީދޫ މޯލްޑިވްސްގެ ފަންރަންއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ރާއްޖޭގައި ކުރިއަށްގެންދާ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މިހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާންނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. މި ދުވުމުގައި ފެށުނީއްސުރެ ނިމެންދެން ކޮންމެކިލޯމީޓަރެއްގައި ފޯމް، ކުލަ އަދި އޮބްސްޓެކަލްސް ސްޓޭޝަންތައް ބަހައްޓާފައި ހުއް...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުގައި ފަހާފޮށި ބޭނުންކޮށްގެން މާ ޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނާއި، ސަރަންގު ޖަރީ އާއި ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ. މި ޖޫން މަހު 15 އިން 26 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރަމުގައި މުޅި ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ފަރާތްތަކަށް ފަހާފޮށި ބޭނުންކޮށްގެން މާޖެހުމަށާއި އެކި ކަހަލަ އުކުޅުތައް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ ސަރަންގު ޖަރީގެ އިންސް...
އައިޝަތު އައިނީ އާމިރު
ސައޫދީ އަރަބިއްޔާގައި ހަށިވިއްކަން އުޅުނު ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ރިޔާޒު ސިޓީގައި ސައުދީ ފުލުހުން ވަނީ މީހުން ދިރިއުޅޭ ފްލެޓެއްގައި ހަށިވިއްކުމުން ދަނިކޮށް ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރިޔާޒުގެ ފުލުހުންނާއި، އެ ޤައުމުގެ ޖެނެރަލް ޑިޕާޓްމަންޓް ފޯ ކޮމިއުނިޓީ ސެކިއުރިޓީ އެންޑް ކޮމްބެޓިން ހިއުމަން ޓްރެފިކިންއާ ގުޅިގެން ހިންގި ސެކިއުރިޓީ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރީ ކ...
ޔުމްނާ ޢަލީ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތައް ގިރަމުންދާ ޕެސިފިކް ސަރަހައްދުގެ ޖަޒީރާ ގައުމު ޓުވާލޫގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން އޮސްޓްރޭލިއާގެ ވިސާއަށް އެދި ހިޖުރަ ކުރަން ނިންމައިފި އެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރުމަށް ޚާއްސަ ވިސާއެއް ތަޢާރަފުކުރި ދުނިޔޭގެ ފުރަތަމަ އެއްބަސްވުމުގެ ދަށުން، އޮސްޓްރޭލިއާއިން ވަނީ 2023 ވަނަ އަހަރު ޓުވާލޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 280 ވިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފު...
އަލީ އާދިލް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގަވައިދުން ބޭނުންކުރާ މީހުންގެ ސިކުނޑީގެ ޤާބިލްކަން، އެ ޓެކްނޮލޮޖީއަށް ބަރޯސާ ނުވާ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެ ގަމާރުވާކަމަށް ދެ ދިރާސާއަކުން ހާމަވެއްޖެއެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ވޯޓަން ސްކޫލުން ކުރި އެންމެ ފަހުގެ ދިރާސާގައި 4،500 އަށްވުރެ ގިނަ ބައިވެރިން ހިމެނެއެވެ. މި ދިރާސާގައި ބެލީ ޗެޓްޖީޕީޓީ ފަދަ ލާރޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ތައް ބޭނުންކޮށްގެން ދިރާސާކުރާ މީހުންނާއި ގޫގުލް ސާރޗް ބޭނުންކުރާ މީހުންގެ މެދުގައި ހުރި ތަފާ...
އަލީ އާދިލް