މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,415 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 455 ވަނަ ޞަފްޙާ

40 އަހަރަށް ފަހު، ވިންޑޯސް "ބްލޫ ސްކްރީން އޮފް ޑެތް" އަށް ނިމުން

40 އަހަރަށް ފަހު، ވިންޑޯސް "ބްލޫ ސްކްރީން އޮފް ޑެތް" އަށް ނިމުން

މައިކްރޯސޮފްޓްގެ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްގައި 1985 އިން ފެށިގެން ބޭނުންކުރަމުން އައި މަޝްހޫރު “ބްލޫ ސްކްރީން އޮފް ޑެތް” މި އަހަރުގެ ފަހުކޮޅު އުވާލުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ. ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ތަކުގައި މައްސަލަ ޖެހުމުން، ބުލޫ ސްކްރީންގެ ބަދަލުގައި ދެން ފެންނާނީ ކަޅު ކުލައިގެ ސްކްރީނެކެވެ. އަދި ހިތާމައިގެ ސިފަ ރަމްޒުކޮށްދޭ އިމޯޖީ ): ނުހިމެނުމަށްވެސް ވަނީ ނިންމާފައެވެ. މައިކްރޯސޮފްޓުން މިކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ ފަހުކޮޅު ވިންޑޯސް 11 ގެ ވާރޝަން 24H2 އަށް ގެންނ...

އިބްރާހިމް އަސްވާޤް
ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން

ތާޖުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނު އަވަހާރަވުން

“މިއީ ދުނިޔޭގެ އުސޫލެވެ. މި ގޮތުން މި ރަދުންގެ އަޖަލު އައިސް ޖެހުނު ވަގުތު ކަނޑިއާއި ލޮންސި އަދި ކިޔެއްތަ، އެ ރަދުންގެ ބާރުގަދަ ބޮޑު ލަޝްކަރަށް ވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. މާތްކަމާއި މޫރިތިކަމާއި ޢިއްޒަތާއި ޖާހާއި ފަޚުރުވެރި މަޤާމު ދޫކުރައްވައި ކަފުނުގެ ބަނޑެލިތަކުން ބެނދިވަޑައިގެންނެވުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. އަދި ރަސްކަމުގެ ތަޚުތުން ފައިބައި ވަޑައިގެން ފަޚުރުވެރި ގަނޑުވަރު ދޫކުރައްވައި މީސްތަކުންގެ ކޮނޑުތަކުގައި އުފުލިގެންވީ ސަންދޯކެއްގައި ކަށްވަޅުގެ ތުންފަތްމައްޗަށް ވަޑައިގަންނ...

ޢަބްދުﷲ ސަޢީދު
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށެވެ. މިއިންސުއަރެންސް ތައާރަފްކުރަން...

ޔުމްނާ ޢަލީ
"ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން"

"ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން"

ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަނދާންކޮށްދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރުގެ މުނާސަބާގައު ރައީސް ފޮނުއްވި ޚިޠާބުގައި ވަނީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ފާހަގަކުރަށްވާފައެވެ. އެގޮތުން ރައީސްގެ ޚިތާބުގައި ވަނީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ، މުޙ...

ޔުމްނާ ޢަލީ
އިސްރާއީލުގެ ތާރީޚުގައި އެންމެ އަގުބޮޑު އަދި ލަދުވެތި ބަލި

އިސްރާއީލުގެ ތާރީޚުގައި އެންމެ އަގުބޮޑު އަދި ލަދުވެތި ބަލި

އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއަށް އިސްރާއީލުން ވަދެގަތީ އޭގެ ގެއްލުންތައް ބަރުދާސްތު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ނަމަވެސް ހިސާބުތަކުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ގެއްލުންތަކަކީ އެޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމެކެވެ. މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ އިތުބާރު އެގައުމަށް އަންނަނީ ގެއްލެމުންނެވެ. އިސްރާއީލަށް ލިބ...

އިބްރާހިމް އަސްވާޤް
ރ. އަތޮޅުގައި އާރުއޭޓިއެލް ފެރީ ދަތުރުތައް ފަށައިފި

ރ. އަތޮޅުގައި އާރުއޭޓިއެލް ފެރީ ދަތުރުތައް ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފިއެވެ. މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ދޭނީ ހިލެއެވެ. އެއަށް ފަހު ޓިކެޓް ވިއްކަން ފަށާނެއެވެ. އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫއުގެ ޒޯން 2 ގައި ހި...

އަޙްމަދު ވަހީދު
ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށި ސިޓީގައި ބާއްވާ އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން މި މުބާރާތަކީ ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އިންތިޒާމްކޮށްގެން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތާއި ގުޅިގެން ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮތްފާހަގަ ހަދަންޖެހޭނީ ކަނޑައަޅާފައިވ...

އައިޝަތު އައިނީ އާމިރު
ޕާކިސްތާނުން އެމެރިކާއަށް ފޮނުވާލެވޭ ވަރުގެ ވަރުގަދަ މިސައިލެއް ތަރައްޤީކުރާކަމުގެ އަޑުތަކެއް

ޕާކިސްތާނުން އެމެރިކާއަށް ފޮނުވާލެވޭ ވަރުގެ ވަރުގަދަ މިސައިލެއް ތަރައްޤީކުރާކަމުގެ އަޑުތަކެއް

ޕާކިސްތާނުން ވަނީ އެމެރިކާގެ މައި ބިމަށް ވާސިލުވެވޭ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން ހާމަކޮށްފި އެވެ. ފޮރިން އެފެއާޒްގެ ރިޕޯޓުގައި އެމެރިކާގެ އިންޓެލިޖެންސް ވަސީލަތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޕާކިސްތާނުން އައިސީބީއެމްއެއް ތަރައްޤީކޮށްފި ނަމަ، އެމެރިކާއަށް އެ ޤައުމު ނިއުކްލިއަރ ވާދަވެރިއެއްގެ ގޮތުގައި ނޫން ގޮތަކަށް ޕާކިސްތާނާއި މެދު ކަންތައް ނުކުރެވޭނެއެވެ. އެމެރިކާގެ އޮފިޝަލުން...

އަލީ އާދިލް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި

ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ށ. މިލަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި ހަރަކާތްތަކުގެ ތެރެއިން މި ހަފްތާ މިލަންދޫގެ ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އުޅަނދު ދުއްވާއިރު ސަމާލުކަންދޭން ޖެހޭކަ...

އައިޝަތު އައިނީ އާމިރު
މުދަލު ޒަކާތުގެ ގޮތުގައި ފަގީރަކަށް 5000 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި ފަގީރަކަށް 5000 ރުފިޔާ ބަހައިފި

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހައިފިއެވެ. މުދަލު ޒަކާތް ބަހާފައިވަނީ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީވެފައިވާ 2852 ފަގީރުންނަށެވެ. މިއީ މިދިޔަ އަހަރަށްވުރެ 1000 ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 4000 ރުފިޔާފައެވެ. ފާއިތުވެދިޔަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރަށް ވަނީ ވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މުދަލ...

އިބްރާހިމް ޚަލީލް
އިންޓަ މިލާނާއި ޑޯޓްމަންޑް ދެވަނަ ބުރަށް

އިންޓަ މިލާނާއި ޑޯޓްމަންޑް ދެވަނަ ބުރަށް

ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންޓަ މިލާނާއި ބްރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ގްރޫޕް އީގައި އިންޓަ މިލާނާއި ރިވަޕްލޭޓް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓަ މިލާނުންނެވެ. މި މެޗަށް ނުކުތްއިރު، މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ފަހިކޮށެވެ. ވާދަވެރިކަން ބޮޑުކޮށް ފެނުނު މި […]

އިބްރާހިމް ޚަލީލް
މާދަމާގެ އުރީދޫ ފަންރަންއަށް ހާއްސަކޮށްގެން ބާއްވާ ބަހާއި ފެރީ ރޫޓުތައް އާންމުކޮށްފި

މާދަމާގެ އުރީދޫ ފަންރަންއަށް ހާއްސަކޮށްގެން ބާއްވާ ބަހާއި ފެރީ ރޫޓުތައް އާންމުކޮށްފި

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އުރީދޫ ފަން ރަން 2025″އަށް ޚާއްސަކޮށްގެން ބާއްވާ ބަހާއި ފެރީގެ ރޫޓުތައް އާންމުކޮށްފިއެވެ. އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާއިރު މި އުފާވެރި ހަރަކާތުގައި ގިނަ ބަޔަކަަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އަތޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދެއެވެ. އެގޮތުނ...

އަޙްމަދު ވަހީދު
ހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. ހޯރަފުށީގެ މަގުތައް ހެދުމުގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގައި ވަނީ ތާރު އަޅާފައެވެ. އެއީ އެ ރަށުގެ 11 މަގެއްގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައިއެވެ. އެ ރަށު މަގުތައް ހެދުމުގެ […...

އިބްރާހިމް ޚަލީލް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ދޫކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހޮޓާ އިމާރާތްކުރުމަށް ދޫކުރެވޭނީ 71,832 އަކަފޫޓުގެ ބިމެކެވެ. މި ބިމަކީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އޮތް ބިމެކެވެ. މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ...

އިބްރާހިމް އަސްވާޤް
ޗެކް ޕޮއިންޓަށް މަޑުނުކޮށް، ބާރަށް ދުއްވާފައި ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހިއްޖެ

ޗެކް ޕޮއިންޓަށް މަޑުނުކޮށް، ބާރަށް ދުއްވާފައި ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހިއްޖެ

މިރޭ 20:20 އެހައިކަންހާއިރު، ހުޅުމާލޭ ޖަވާހިރުމަގުގައި ހުރި ފުލުހުންގެ ޗެކް ޕޮއިންޓުން މަޑުކުރަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖެހި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި ސައިކަލް ދުއްވި ފަރާތަކީ މާލެ، މ. ބަހާރުވިލާ، 18 އަހަރުގެ ޔޫނުސް ޚަލީލް ޢަބްދުﷲ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. ފުލުހުން ބުނާ ގޮތުގައި، މި ހާދިސާ ހިނގީ ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް […]

އަލީ އާދިލް
ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތަށް ބަދަލުގެނެސްފި

ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތަށް ބަދަލުގެނެސްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތަށް ބަދަލުގެނެސްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތީން ބަންގި އާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް ހުރިހާ މިސްކިތެއްގައި އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ގެނެސްފައިވާ ބަދަލުގައިވާ ގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

ހދ. ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 126,000ރ. ދައްކަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން, 2021 ގައި ކުޅުދުއްފުށީ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ސައިކަލާއި އެތަނުގައި ހުރި އިތުރު ސައިކަލާއި ބެޓްރި ސައިކަލެއްގައި ރޯވެފައިވެ އެވެ. އެ އަމަލު ހިންގި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށް, އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ސައިކަލުތަކުގެ ވެރިފަރާތުން ދައުވާކުރީ ސައިކަލުތަކަށް ލިބ...

ހުސައިން ހަބީބް
ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް

ހާމިދު ވަކިވެގެންދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް: ރައީސް

މިއަދު ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ހިތާމަފާޅުކުރަށްވައިފިއެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. މިހާދިސާއާއި ގުޅިގެން ރައީސް މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވަނީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަ...

ޔުމްނާ ޢަލީ