ހަނގުރާމަ ހުއްޓާލަން ނިންމި ނިންމުމަކީ ސަރަހައްދުގައި އެމެރިކާ އާއި ހުޅަނގުގެ ބާރު ނިމުމަކަށް ގެނެ ތާރީޚީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އީރާނުން ސިފަކޮށްފިއެވެ. 13 ޖޫން 2025 ގައި އިސްރާއީލުން އީރާނަށް ކުއްލި ގޮތަކަށް ދިން ހަމަލާއާއި ގުޅިގެން އީރާނުން ވެސް ވަނީ ރައްދު ހަމަލާތައް ފަށާފައެވެ. އެމެރިކާއިން ބޭނުންވި ގޮތައް އިސްރާއީލް ލައްވައި ހަނގުރާމަ ކުރުވައި އީރާނު ބަލިނުވުމުން 21 ޖޫންގައި އެމެރިކާ އިން ވެސް އީރާނަށް ވަނީ ހަމަލާދީފައެވެ. އެ ހަމާލާގެ ރައްދުގައި އީރާނުން […]
ޔުމްނާ ޢަލީ
ދިވެހި ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުީއްޒު ނިންމަވައިފިއެވެ. ރައީސް މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވަނީ އެކަން ހާމަކުރަށްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ވަނީ ނިންމަވާފައެވެ. މިގޮތުން ޙާފިޒުންނަށް ދެ ގުނަ ބޮޑުކުރި އެލަވަންސް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...
އައިޝަތު އައިނީ އާމިރު
މިހާރު ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ އިސްރާއީލް-އީރާން ހަނގުރާމައަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަމެއް ދެއްވައިފިއެވެ. މި ހަނގުރާމައަށް ޓްރަމްޕް ދެއްވާފައި ވަނީ “12 ދުވަހުގެ ހަނގުރާމަ” މި ނަމެވެ. މިއީ 1967 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި “6 ދުވަހުގެ ހަނގުރާމަ” އާ އެއްގޮތް ނަމެކެވެ. އެ ހަނގުރާމައިގައި އިސްރާއީލުން ހަނގުރާމަ ކުރީ މިޞްރު، ޖޯޑަން އަދި ސީރިއާ ފަދަ ޢަރަބި ޤައުމުތަކާ އެކުގައެވެ. އީރާނުން ބުނާ ގޮތުގައި ޖޫން 13 ގައި އިސްރާއީލުން ހަމަލާ […]
ޔުމްނާ ޢަލީ
އިސްރާއީލާއި އީރާނުން، ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ޤަބޫލުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލާއި އީރާނުން އަންގާރަ ދުވަހު ޤަބޫލުކޮށްފައިވަނީ، މެދުއިރުމަތީގައި 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ހަނގުރާމަ ނިންމާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނެވެ. މިއީ ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާއެއް ދިނުމަށްފަހުގައެވެ. ދެ ފަރާތުންވެސް މި އެއްބަސްވުން ޤަބޫލުކުރީ، އީރާނުން އަންގާރަ ދުވަހު ފަތިހު އިސް...
ޔުމްނާ ޢަލީ
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އެންމެންނަށް އިނާޔަތް ދިނުމާއި ގުޅޭގޮތުން ދިރާސާއެއް ހަދަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރު...
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެތުލެޓިކޯ މެޑްރިޑް ކެޓިއިރު، ފްރާންސްގެ ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް ބީގައި ޕީއެސްޖީން ވަނީ އެމެރިކާގެ ސައުންޑާސް 2-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޖުމްލަ ހަ ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ސައުންޑާސް އަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ […]
އިބްރާހިމް ޚަލީލް
ދެރަވެ ބަލިވެގެން އަމާނެއްނުދޭނަން، އީރާނުގެ ތާރީޚާއި ރައްޔިތުން ދަންނަ ބަޔަކަށް އެކެން އިނގޭނެކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. 13 ޖޫންގައި އިސްރާއީލުން އިސްވެ ވަނީ އީރާނާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. މި ހަނގުރާމާގައި އިސްރާއީލަށް ކުރި ނުހޯދުމުން 21 ޖޫންގެ ރޭ އެމެރިކާއިން ވަނީ އިސްރާއީލާއި ބައިވެރިވެ އީރާނަށް ހަމަލާދީފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭ ތިން މަރުކަޒަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލުގައި އީރާނުން ރޭ ވަނީ ގަތަރުގައި […]
ޔުމްނާ ޢަލީ
އިސްރާއީލާއި އީރާނުން އެއްވަގުތެއްގައި އޭނާގެ ކިބައިން ސުލްޙަ އެދިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އިސްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު އާދެވިފައިވާކަމަށް ޓްރަމްޕް ވަނީ ރޭ ޢިއުލާން ކުރަށްވާފައެވެ. އެ ޢިއުލާނުކޮށްފައި ވަނިކޮށް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. އަދި ރައްދުގައި އީރާނުން މިހާރު ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައެވެ. އޭގެފަހުނ އެމެރިކާގެ ރައ...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން އިސްރާއީލަށް އަމާޒުކޮށް އިތުރު މިސައިލްތަކެއް ދޫކޮށްފިކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފިއެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވިތާ މާގިނަ އިރެއް ނުވަނީސް އިސްރާއީލުން ވަނީ އީރާންގެ ވެރިރަށް ތެހެރާނަށް ބޮން އަޅާފައެވެ. ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ. އޭއެފް...
ޔުމްނާ ޢަލީ
2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސް އިއްޔެ އަންގަވައިފިއެވެ. މިކަން ބަޔާންކުރައްވައި ރައީސް މުޢިއްޒު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހު...
ޔުމްނާ ޢަލީ
އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އެއްބަސްވުމެއް މިވަގުތު ވެފައި ނުވާ ކަމަށާއި، ނަމަވެސް އިޒްރޭލުން މިއަދު ހެނދުނު 4:00 އަށް ހަމަލާތައް ހުއްޓާލުމާ ގުޅިގެން، އީރާނުން ވެސް އިޒްރޭލަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލާނެ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އަރަޤްޗީ ވިދާޅުވެއްޖެ އެވެ. އެހެންނަމަވެސް، ރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނެތުމާއެކު، މިލިޓަރީ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ މެދު ފަހުގެ ނިންމުމެއް ނިންމާނީ ފަހުން ކަމަށް އަރަޤްޗީ ވިދާޅުވިއެވެ. އިޒްރޭލުން އިރާނ...
އަލީ އާދިލް
ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޑިޖިޓަލް ކެމެރާ ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ނެގި ފުރަތަމަ ފޮޓޯތައް ނެޝަނަލް ސައިންސް ފައުންޑޭޝަނުން އާންމުކޮށްފިއެވެ. ޗިލީގައި ޤާއިމުކުރެވިފައިވާ ވެރާ ސީ ރޫބިން އޮބްޒަވޭޓަރީން އާންމު ކުރި، މި ފޮޓޯތަކުގައި ބިމާ 9،000 އަހަރުގެ ދުރުމިނުގައިވާ، ގެލެކްސީތަކާއި ތަރިތައް އުފެދެމުންދާ ސަރަހައްދެއްގެ ރީތި ކުލަތަކުން ފުރިގެންވާ ގޭހާއި ދުންތަކުގެ މަންޒަރުތައް ހިމެނެއެވެ. މި އޮބްޒަވޭޓަރީގެ ޚާއްޞަ ކަމެއްގެ ގޮތުގައި، އެންމެ 10 ގަޑިއިރުގެ ތެރޭގައި 2،104 އައު...
އަލީ އާދިލް
އިޒްރޭލުން އިރާނަށް ދިން ހަމަލާއަށް ފަހު ދެގައުމުގެ މެދުގައި ހިނގަމުންދާ “12 ދުވަހުގެ ހަނގުރާމަ” ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް “ޓްރޫތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ގައުމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތައް ނިންމުމަށްފަހު، 6 ގަޑިއިރު ތެރޭގައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ފުރަތަމަ އީރާނުން 12 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމަށްފަހު، ދެނ...
އަލީ އާދިލް
މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ. އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގު ކުރިއަށްދާނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން އޮންލައިންކޮށެވެ. އެއީ އައިލެންޑް...
އަޙްމަދު ވަހީދު
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން މިއަދު ހާމަކުރި ގޮތުގައި، ޤަތަރާއި އިރާޤުގައި ހުރި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާއަށް ދީފައިވާ ނަމަކީ “އަންނުންސިއޭޝަން އޮފް ވިކްޓްރީ” އެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ އަލް-އުދައިދް އެއަރ ބޭސްއަށް ހަމަލާދިން ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. މިއީ އެމެރިކާއިން އީރާނަށް ދިން ހަމަލާއަކަށް ޖަވާބުދާރީވުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އައިއާރް...
ޔުމްނާ ޢަލީ
ޖޯޑަންގައި ދެ ޑްރޯނެއް ވެއްޓި، 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، ވެރިރަށުން ބޭރުގައި ހުރި ގެތަކަށާއި، އުޅަނދުފަހަރަށާއި، އާންމު ވަސީލަތްތަކަށް ގެއްލުން ލިބިއްޖެއެވެ. މިގޮތުން ފުރަތަމަ ޑްރޯން ވެއްޓުނީ އަމްމާންގެ އުތުރުގައި ހުރި ވިޔަފާރި ސަރަހައްދެއްގެ ކައިރީގައެވެ. މި ހާދިސާގައި އާންމު އުޅަނދަކަށާކަށާއި ބަސް ހުއްޓާ ޝެލްޓަރަކަށް ގެއްލުން ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، އަޒްރަޤް ސަރަހައްދުގައި އަނެއް ޑްރޯން ވެއްޓިފައިވާއިރު، މި ހާދިސާގައ...
ޔުމްނާ ޢަލީ
މިހާރު ބޭނުން ކުރަމުން އަންނަ ފިޒިކަލް ސިމަށް، އީ-ސިމް އެއް ހަދައިގެން ފޯން ނަންބަރުގެ ކޮންޓްރޯލް ނަގައިގެން ސްކޭމެއް ހިންގަމުން ދާކަމަށް ބުނެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ މި ސްކޭމް ހިންގަނީ މީހަކަށް ގުޅައިގެން އެ މީހާގެ ފޯނަށް ދާ ކޯޑެއް ހޯދައިގެން އެ ނަންބަރަށް އީ-ސިމް ހަދައިގެން ކަމަށެވެ. އެގޮތުން ބޭނުންކުރާ ނަންބަރަށް އީ-ސިމް ހެދުމުން ފޯނުގައި ގެންގުޅޭ ސިމް އިތުރަށް ބޭނުން ނުކުރެވި، […]
އައިޝަތު އައިނީ އާމިރު