ދިވެހި ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުީއްޒު ނިންމަވައިފިއެވެ.

ރައީސް މީސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވަނީ އެކަން ހާމަކުރަށްވާފައެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ވަނީ ނިންމަވާފައެވެ.

Ad
rt

މިގޮތުން ޙާފިޒުންނަށް ދެ ގުނަ ބޮޑުކުރި އެލަވަންސް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެމުން ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް.'' ރައީސް ވިދާޅުވެފަވެއެވެ.

ހާފިޒުންނަށް ދޭ އިނާޔަތް 2 ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ. މި ނިންމުމާއިއެކު 1 ޖުލައި 2025 އިން ފެށިގެން ކޮންމެ ހާފިޒަކަށް 4000 ރުފިޔާ ލިބޭނެއެވެ. ރާއްޖޭގައި މިވަގުތު 266 އެއްހާ ހާފިޒުން އުޅެއެވެ.

17 ޖުލައި 2024 ގައި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ދެމުން އަންނަ އިނާޔަތް ދެ ގުނަ ބޮޑު ކުރަށްވާނެކަން ޢިއުލާން ކުރަށްވާފައެވެ.

"އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެކަމަށްޓަކައި ވަސީލަތްތައް އިތުރުވެގެން ދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވިގެން ދާނެ،" އެދުހު ރައީސް ވިދާޅުވިއެވެ.