ހއ. އިހަވަންދު އާއި ށ.ފުނަދޫ ހިމެނޭހެން 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާން ކޮށްފިއެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިއްޔެވެ. މި މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގު 102،000 ރުފިޔާ އާއި 126،000 ރުފިޔާއާ ދެމެދުގައި ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. […]
އިބްރާހިމް އަސްވާޤް
ހއ.ތުރާކުނު ކައުންސިލުން އެރަށު ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖައްސައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ proje...
އަލީ އާދިލް
އޯކިޑް ބިލްޑިންގގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގދ. ތިނަދޫ / ދިލްބަހާރުގޭ އަޙްމަދު ނިއުޝަމް (36 އަހަރު) އެވެ. ފުލުހުން ބުނީ އިމިގްރޭޝަންގެ ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ތަޙުޤީޤު ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ތަކެތި މާރުކޭޓު ސަރަހައްދުގައި ވިއްކަން އުޅޭކަމުގެ މަޢުލ...
އަލީ އާދިލް
ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދުންދިޔަ 8 މަހުގެ ތުއްތުކުއްޖެއްގެ ނިޔާވި މައްސަލާގައި މީސް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރެފިއެވެ. އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނުގައި ވަނީ އެ ކުއްޖާ ނިޔާވުމުން ހިތާމަކުރާކަމަށް ބުނެފައެވެ. އަދި ޢާއިލާއަށް ކެތްތެރިކަމަށް އެދިފައެވެ. މިކަމާއި ގުޅޭގޮތުން މީސް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ، މިހާތަނަށް ބެލިބެލުމުން ނިޔާވި ކުއ...
ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި ހަވާލުވި ފަރާތުން، އެ މަސައްކަތް ކުރިއަށް ނުގެންދާތީ އައު ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ ޕަބްލިސްކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި ވަނީ، މަސައްކ...
އިބްރާހިމް ޚަލީލް
ތިލަދުންމަތޯގެ ރަށްތައް ހިމެނޭހެން 5 އަތޮޅެއްގައި ހަލާލު ޓޫރިޒަމަށް ޚާއްސަ ރަށްތައް ބިޑަށް ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ހަލާލު ޓޫރިޒަމަށް ހާއްސަކޮށް ހަ ރަށެއް ކަނޑައަޅައި އޭގެތެރެއިން ފަސް ރަށަކަށް، ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެެގޮތުން ހއ، ހދ، ށ، ތ އަދި ލ އަތޮޅުގެ ފަސް މަޝްރޫއެއް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީން ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެންމެ ކުޑަ ލީޒް އެކުއިޒިޝަން ކޮސްޓެއް ކަނޑައަޅާފައިވަނީ ތ. މާގުޅިއަށެވެ. އެރަށުގެ […]
އަޙްމަދު ވަހީދު
ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު 31 ރަަށެއް އިއުލާންކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގައި ފަތުރުވެރިކަމަށް ރަށްތައް ތަރައްގީކުރުމަށެވެ. އެ ރަށްތަކުގެ އަގުތައްވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ކުޑަކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަ...
އަޙްމަދު ވަހީދު
އިންގްލެންޑުން 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. މީގެ ދެ އަހަރު ކުރިން، އިންގްލެންޑުން ވަނީ ޖޯޖިއާގައި ބޭއްވި، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތު ފައިނަލުގައި ސްޕެއިން 1-0 އިން ބަލިކޮށް، ކާމިޔާބު ކޮށްފައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލުގައި އިންގެލެންޑުން ނުކުމެފައި ވަނީ ޖަރުމަނާއި ދެކޮޅަށެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އިންގްލެންޑުންނެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ޖަހައިދިނީ […]
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޗެލްސީއާއި ޕަލްމެއިރާސް އިން ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގަދަ 16 ބުރުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ބްރެޒިލްގެ ދެ ޓީމްކަމަށްވާ ބޮޓަފޯގޯއާއި ޕަލްމެއިރާސްއެވެ. މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް އޮތީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެފާހް ކުޅެން ޖެހުނުއިރު މެޗުގައި ޕަލްމެއިރާސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުހައްމަދު މުޢިއްޒު ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފިއެވެ. އެތަން އުފައްދަވައި އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. ރައީސް މި އިދާރާ އުފެއްދެވިކަން އިޢުލާން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ފެން ވަރަށް އަގު ބޮޑުކޮއްފި. އަހަރެމެން ވެސް ބައެއް ފަހަރު އިސްކޫރުން ފެން ބޮމޭ މަންމާ. ގިނަ މީހުން އުޅޭ އިރު ހަރަދަށް ވެސް ބަލަން ވާނެ އެއްނު. އެހެން ނޫނަސް މާލޭގައި މިހާރު ވެސް އިސްކޫރު ފެން ބޯ މީހުން މަދެއް ނުވާނެ.” ރައުދާ ބުނެލި ޖުމްލަ އަދިވެސް މަރިޔަމްގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. ” ރައުދާ އެހެން ބުނި ވާހަކަ އަަހަރެމެން ސާމިހް ކައިރީ ބުނާނެ ކަމެއް […]
ސަލާމާ ޢަބްދުލް ޢަލީމް
ރައީސް ޑރ. މުހައްމަދު މުޢިއްޒު ސިންގަޕޫރަށް ރަސްމީ ދަތުފުޅެއް ކުރަށްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅުގައި ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ށް ކަމަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރ...
ޔުމްނާ ޢަލީ
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 19 ޖޫން 2025ގެ ނިޔަލަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މާލީ ވުޒާރާއިން މިހާރު ވަނީ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް އާންމުކޮށްފައެވެ. މި ރިޕޯޓަކީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން އަދާހަމަކޮށް އާންމުކުރަމުން އަންނަ ރިޕޯޓެކެވެ. މިގޮތުން މާލީ ވުޒާރާއިން އާންމުކޮށްފައިވާ 19 ޖޫން 2025 ގެ...
ޔުމްނާ ޢަލީ
މިއަހަރު ފެށުނު ފަހުން ވެސް، ވެސްޓް ބޭންކުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ 1،000 ގެ ހައްދު ފަހަނަ އެޅި އިސްރާއީލުން ތަޅާލާފައިވާކަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެފި އެވެ. ފަލަސްތީނުގެ މީޑިއާ ކޮމިޓީތަކުން ހާމަކުރި ރިޕޯޓުތަކުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އޮކިއުޕައިޑް ވެސްޓް ބޭންކުގެ އެއް ހާހަށްވުރެ ގިނަ ފަލަސްތީނުންގެ ގެދޮރު ހަލާކުކޮށް، 55 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ބުނެފައިއެވެ. އިސްރާއީލު ސިފައިންގެ މި...
އަލީ އާދިލް
ހއ. މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މާރަންދޫ ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި އެވެ. އެކައުންސިލުން ބުނީ މި ދެ އެއަރކޯން ހަދިޔާކޮށްފައިވަނީ ސިއްޙީމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް ކަމަށެވެ. މިއީ ރަށުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޕަބްލިކް ހެލްތު ޔުނިޓުގެ މުހިންމުކަން ދެނެގަނެ، އެތަނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއާރކޯންތައް ހަދިޔާކުރުމުގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ހެލްތު ޔުނިޓުގަ...
އަލީ އާދިލް
ހދ. މަކުނުދޫ އިން ވިޔަފާރި ބޭނުމަށް އެކި ބާވަތުގެ 23 ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އާންމުކޮށް އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިހާރު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރޭގައި، ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ހިމެނެއެވެ. މީގެ ތެރޭގައި ގަރާޖު، ކާޕެންޓްރީ އަދި ވޯކްޝޮޕް ހިންގުމަށް ބިން ހިމެނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ބިން، ކޮމާޝިއަލް ބޭނުންތަކަށް ބިން، ކުއްޔަށް ދޭ ކޮޓަރި އަދި އެކަމަޑޭޝަން ވިޔަފާރިއަށް ބިން، ބޯޓްޔާޑް ހެދުމަށް އަދި ކުކުޅު […]
އަލީ އާދިލް
އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ. ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން “އޮކްސީކޯޑޯން” ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ދޭ ތަދުކަނޑުވާ ބޭހެކެވެ. މި ބޭސް، ބޭސް ފިހާރަތަކުންވެސް ދޫކުރަނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. އޮކްސީކ...
އަޙްމަދު ވަހީދު
ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ފަށާފައިވާ “ހިޔާވެހި ފައިނޭންސް ސްކީމް” ގެ ދަށުން ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އެކު އެއްބަސްވެފައިވާ ލޯނު ސްކީމްތަކުގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މިގޮތުން ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ދެ ސްކީމެއް ހިމެނޭއިރު އެ ދެ ސްކީމްގެ ތަފްސީލުތައް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިހާރު ހާމަކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވާ ދެ ސްކީމަކީ “ފަހިމާލެ ސްކީމް” އާއި “ސަހަރު ސްކީމ...
ޔުމްނާ ޢަލީ