މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި އެކުންފުނިން މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަމުގެ މަސައްކަތް ކުރަމުން ދާތީ، މާދަމާ ހެނދުނު 09:30 އާއި 11:30 ދެމެދު ޖަންބު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ. ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތ...
އަލީ އާދިލް
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު “ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ” މިއަދު އިފްތިތާޙްކޮށްފިއެވެ. ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘީމް އިބްރާހިމެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ގައުމުތަކުގެ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އާއި ގުޅުން...
ޔުމްނާ ޢަލީ
ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިމެނޭހެން ޤުރުއާނާބެހޭ މަރުކަޒަކާއި 12 މިސްކިތެއް މި އަހަރު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް މި 2025 ވަނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރެވޭ އިސްލާމީ މަރުކަޒަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި 12 ރަށެއްގައި އަޅާ މިސްކިތްތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ. މިގޮތުން މިއަހަރު ހުޅުވޭނެކަމަށް ޝަހީމް ވިދާޅުވެފައިވާ އިސްލާމީ މަރުކަޒަކ...
ޔުމްނާ ޢަލީ
25 ޖޫން 2025 ވަނަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުންޖަހާލީ ދިޔަވެ ކުއްލިއަކަށް ކަމަށާއި، އެ ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން ހޯދަމުން އަންނަ ބިދޭސީ ފަޅުވެރިޔާ އެވަގުތު ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމް ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. ނޫސްވެރިޔާ އަލީ ސުލައިމާން ވަނީ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޯވްރެންސް ވޮންގްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރު ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވާ، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރު ހޯދައި އިޤްތިޞާދު ތަފާތުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއި...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއާއި އެ ޤަައުމާއި ދެމެދު ތިން އެއްބަސްވުމެއް (ފަހުމުނާމާ) ގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. ސޮއިކުރެވުނު ތިން ފަހުމުނާމާގެ ތެރޭގައި ހިމެނެނީ: ޤާބިލުކަން ބިނާކު...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް މިހާރު ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝަންމުގަރަނަމް ވަނީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލް އާއި ދިމާކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް ސިންގަޕޫރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ. އެ ޤައުމުން މިއަދު ވަނީ ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އަދި ފަސްޓް ލޭޑީއަށް ރަސްމީ މަރުޙަބާ ދެންނެވީ ސިންގަޕޫރުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ޖޭން އިޓޯގީ […]
ޔުމްނާ ޢަލީ
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކޮށްފިއެވެ. އެ ކިންފުނީގެ ބޯޑަށް މެންބަރުން އައްޔަން ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ. ޕީސީބީން ބުނީ މިއަދު ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރީ އިއްޔެ ކަމަށެވެ. ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން: މއ. މާފުނަ، ހަސަން މިރާސް މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދު ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް ގދ. ރަތަފަންދޫ، ޗަބޭލީވިލާ، އަ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް މަސައްކަތްކޮށް، އެންމެންނަށް ބައިވެރިވެވޭ މާހައުލެއް ޤާއިމުކުރުމަކީ އަމާޒެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދުވަހުގެ މުނާސަބަތުގައި، ޑިމޮކްރަސީ ދެމެހެއްޓުމާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމުގައި ޕާލިމެންޓްތަ...
ޔުމްނާ ޢަލީ
ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން %86 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާއިރު މި މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢުގެ...
އައިޝަތު އައިނީ އާމިރު
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީއާއި ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ. ދެވަނަ ބުރުގައި އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީ އާއި ޕީއެސްޖީ ބައްދަލުކުރި 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޕީއެސްޖީންނެވެ. މިއީ މީގެ ދެ އަހަރުކުރިން ޕީއެސްޖީ ދޫކޮށްލި އިންޓަ މަޔާމީއަށް ބަދަލުވި މެސީ އޭނާގެ ކުރީގެ ކުލަބާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕީއެސްޖީގެ […]
އިބްރާހިމް ޚަލީލް
ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފިއެވެ. މި ގަހަށް އެ ދެކަނބަލުންގެ ނަންފުޅަށް ހާއްސަކޮށް ނަންދީފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގާޑަންގެ “ވީ.އައި.ޕީ އޯކިޑްސް” ކަލެކްޝަންގައެވެ. ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައި...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އެއް މަސް ދުވަހަށް ޖެހިއްޖެ ލަންކާއަށް ދާން. އޮފީސް ދަތުރަކު. ” ސާމިހް ބުންޏެވެ. އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ. ” ނުދާން ވަރަށް މަސައްކަތް ކުރިން. އެކަމަކު… އެކަމަކު ބޮސް ބޭނުން ވީ އަހަރެން ފޮނުވަން. ” ސާމިހް ބުންޏެވެ. ” ރަނގަޅުވާނެ. ވަޒީފާއަށް އިސްކަން ދޭން ޖެހޭނެ. ހާނިމްއަށް ގުޅައިގެން މަންމަ ޑޮކްޓަރަށް ދައްކަން ދާ ގޮތަށް ބައްޕަ ހަމަޖައްސާނަން. ދަރިފުޅު އެކަމާ އެހާ ކަންބޮޑު […]
ސަލާމާ ޢަބްދުލް ޢަލީމް
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ. ބީއެމްއެލުން ބުނީ މި ބަދަލު އަންނާނީ މާދަމާއިން ފެށިގެން ކަމަށެވެ. މިހާރު މަހަކު ބޭރުގެ މުއާމަލާތްތަކަށް ޑެބިޓް ކާޑުތަކަށް ދީފައިވަނީ 250 ޑޮލަރުގެ ލިމިޓެކެވެ. ބޭންކުން ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުންވެސް ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މި ބަދަލު ގެނައީ މިހާރު ޑެބިޓް ކާޑުތަކުން ބައެއް ކަސްޓަމަރުން ނަހަމަ...
އަޙްމަދު ވަހީދު
އިޒްރޭލުގެ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ އެވެ. އަޔަލޭންޑް ސަރުކާރުން އިޒްރޭލުގެ ޤާނޫނީ ނޫން އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް ނިންމާފައިމިވަނީ، ހައްދުފަހަނަ އެޅި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި ޤާނޫނުގެ އާންމު އޮނިގަނޑު ވަނީ މިމަހުގެ 25 ވަނަ ދުވަހު އަޔަލޭންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮ...
އިބްރާހިމް އަސްވާޤް
ހުޅުމާލޭގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) އެވެ. އޭނާއަކީ އެކްސިޑެންޓުގައި ހިމެނުނު ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި ފަރާތެވެ. ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓު ހިނގާފައިވަނީ ޖޫން 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ. […]
އަލީ އާދިލް
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން އިސްލާޙު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލު ސްޕޮންސަރކުރަށްވާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މި ބިލުގެ މައިގަނޑު މަޤްޞަދުތަކަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓުމާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލުތައް ތަފްޞީލުކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ހުށަހެޅުނު މި ބިލުގެ މަ...
ޔުމްނާ ޢަލީ