ހއ. އިހަވަންދޫގައި ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުގެ ޖެންޑަރ އެކްޝަން ލާރނިން ސިސްޓަމް (ގާރަލސް) ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ޖޫން މަހު 15 އިން 20 އަށް 26 ބައިވެރިންނާއެކު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރޭގައި ބައިވެރިންނަށް...
އައިޝަތު އައިނީ އާމިރު
ނ. ކެނދިކުޅުދޫ ހޭޅިފަށުގައި ހެދިފައިވާ ގަސްތައް ހުއްދަނެތި ކަނޑަމުންދާ މައްސަލަ އިތުރުވެފައިވާކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފި އެވެ. މި މައްސަލައާ ގުޅިގެން ކައުންސިލުން ނެރުނު އިޢުލާނެއް ބުނެފައިވަނީ، ރަށުގެ އެކި ސަރަހައްދުތަކުގެ ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ހޭޅިފަށުގައި ހެދިފައިވާ ބޮޑެތި ގަސްތައް ހުއްދަނެތި ކަނޑަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، ދި...
އިބްރާހިމް އަސްވާޤް
މިއީ ކަންފަތް ބީރު ލޯކަނު ސަރުކާރެއްގެ ގޮތަށް ދެއްކުމަށް މަސައްކަތްކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ގަރާރަށް ޝުޖާޢ...
ޔުމްނާ ޢަލީ
ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ފީވަކާއެކު 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ. މި މަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވަކް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން މ. މުލި އަދި ތ. ވޭމަންޑޫގެ މަޝްރޫޢުތަކަށް 212,500 ރުފިޔާގެ ބިޑް […]
އަލީ އާދިލް
ށ.އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ގުޅިގެން ކުރިއަށް ގެންދިޔަ “ށ.އަތޮޅު ދަރުސް ޕްރޮގްރާމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ ޖޫން މަހުގެ 24 އިން 29 އަށް ށ.އަތޮޅުގެ ރަށްތަކުގެ ކުރިއަށް ގެންދެވުނު މި ދަރުސް ޕްރޮގްރާމުގައި ދަރުސް ދެއްވީ އައްޝައިޚް ޢާޒިމް ޚާލިދު އެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ޝެއިޚް ޢާޒިމް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ޝަކުރު ދެންނެވުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ. ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިިޔާމް ‘ތިލަދުން’ [...
އައިޝަތު އައިނީ އާމިރު
ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ)އަށް އީރާނުން އެއްބާރުލުންދިނުން ހުއްޓާލުމަށް ސަރުކާރަށް ލާޒިމުކުރާ ބިލު އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ތަސްދީޤުކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ޕްރެސް ޓީވީ އާއި އެހެނިހެން އީރާނީ ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ. ފާއިތުވި ހަފްތާގައި އީރާނުގެ ޕާލިމަންޓުން ވަނީ އައިއޭއޭއާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލު ފާސްކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ހަނގުރާމައިގެ ކުރިމަތިލުންތަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ (ޔޫ.އާރް.އޭ.) އާއިހައުސިންގ އެންޑް ޑިވެލޮޕްމަންޓް ބޯޑު (އެޗް.ޑީ.ބީ) އަދި ޓުއަސް ޕޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ސިންގަޕޫރަށް ކުރަށްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މި ޒިޔާރަތުގައި ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ސިންގަޕޫރުގެ ދުރުރާސްތާގެ އާބަން ޕްލޭނިންގއާއި، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި އަދި ސްމާޓް ދިރިއުޅު...
ޔުމްނާ ޢަލީ
ށ. ނަރުދޫގައި ޤާއިމްކޮށްފައިވާ ބަނދަރު ހިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ނަރުދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. ނަރުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަރުދޫ ބަނދަރު ހިޔާ ތަރައްޤީ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުގެ ފުރުޞަތު ހުޅުވާލައި މި މަޝްރޫޢުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށްކަމަށެވެ. އެގޮ...
އައިޝަތު އައިނީ އާމިރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިން ދާއިރާއިން ކިޔަވަން 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެމްއޭ އިން ބުނީ މިއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން އެ އިދާރާގެ “އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް” ތައާރަފްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތައް – އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭން...
އަޙްމަދު ވަހީދު
މާދަމާއިން ފެށިގެން ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ދޭނީ ޓިކެޓް ވިއްކައިގެން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ބުނެފިއެވެ. ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ހަފުތާގައެވެ. މިއަދަކީ މި ހިދުމަތް އެ އަތޮޅުގައި ހިލޭދޭ ފަހު ދުވަހެވެ. އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާފައިވާއިރު، އެ ޒޯނުގައި […]
އަޙްމަދު ވަހީދު
ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ނަގަންޖެހޭ ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ. ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި އަދި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނަގަންޖެހެއެވެ. ދުންފަތުގެ ވިޔަފާރިކ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ހިނިތުންވެލަމުން މަރިޔަމް ނިކުންނަން ހިނގައިގަތުމުން ފަހަތުން ހަސަން ވެސް ނިކުތެވެ. އެއާއެކު އަވަސް އަވަހަށް ގޮސް ރައުދާ ކޮޓަރީގެ ދޮރު ލެއްޕިއެވެ. ” ޕްލޭން ސަކްސަސްފުލް. ވަރަށް ކާމިޔާބު.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ރައުދާ ބުނެލިއެވެ. ” އަޅެ ރައު. އަހަރެން ހަމަ ނޯ ނޯ ކިޔަކިޔަ ހުއްޓާ ވެސް ތިހެން ތި ހެދީ؟” އަފްޒާ ބުނެލީ ނުރުހުމުގެ ރާގުގައެވެ. ” އާނ. ސާމިހް މިތާ ހުއްޓާ މަށަށް އެ މީހުން […]
ސަލާމާ ޢަބްދުލް ޢަލީމް
ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ދެވަނަ ބުރުގައި ރޭ ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރި މެޗު 1-0 ގެ ހަނި ތަފާތަކުން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މުޅި މެޗުގައި ވެސް ރެއާލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ވެސް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ވަލްވަޑޭ […]
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ މައްސަލައިގައި ބީބީސީ އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީޑިއާގެ 100 އަށްވުރެ ގިނަ މުވައްޒަފުން އެތަނުގެ އިސްވެރިންނަށް ސިޓީއެއް ފޮނުވައިފިއެވެ. މީޑިއާ ދާއިރާގެ 300 އަށްވުރެ ގިނަ ފަރާތްތަކުގެ ތާއީދާއެކު ފޮނުވި މި ސިޓީގައި، އިސްރާއީލާ ގުޅޭގޮތުން ބީބީސީން “ސެންސަރޝިޕް” ގެންގުޅޭ ކަމަށާއި، އިސްރާއީލު ސަރުކާރާއި ސިފައިންގެ “ޕަބްލިކް ރިލޭޝަންސް” ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. “ޑެޑްލައިން” ގައި ޝާއިޢުކުރި މި ސިޓީގައި، ޚާއްޞަކޮށް “ގާޒާ: މެޑިކްސް އަންޑަރ ފަޔަރ” ޑ...
ޔުމްނާ ޢަލީ
ޖައްބާރު އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް 60 ދުވަހަށް ހުއްޓައިލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވަނީ ހަމާސްއަށް މި އެއްބަސްވުން ޤަބޫލުކުރުމަށް ގޮވާލައްވާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހަމާސްއިން އެ އެއްބަސްވުމަށް އިންކާރުކޮށްފިނަމަ ޣައްޒާ “އަޅިއަށް” ބަދަލުކޮށްލާނެކަމަށް އިސްރާއީލުން އިންޒާރުދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައިކުގައި ބުނެއެވެ. އެކްސިއޮސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އިސްރާއީލުގެ އިސް އޮފިޝަލެއް ބުނެފައި ވަނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެގޮތުން، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ދިމާވާ ކަންބޮޑުވުންތަކާއި ދަތިތައް ރައީސް ވަނީ ސަމާލުކ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ގެ ގޮތުގައި “ޕްރޮޖެކްޓް ސޯލަރ ސިޓީ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅިގެން “ޕްރޮޖެކްޓް ސޯލަރ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށްޓަކައި މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނ...
ޔުމްނާ ޢަލީ
ދުނިޔޭގެ މާލީ ނިޒާމަކީ އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއްކަމަށް ފާހަގަކުރައްވައި، މި ނިޒާމު އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ދެއްވި ޕްލެނަރީ ބަޔާނުގައި ނައިބު ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސެވީލް ކޮމި...
އިބްރާހިމް އަސްވާޤް