ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް އުދައަރާފާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް އުދައަރާފާނެކަމަށް ލަފާކޮށްފައެވެ.
މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު މެންދުރު 13:30 އިން އިރު އޮއްސި 17:00 އާއި ހަމަ އަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެ އަށް އުދައަރާފާނެކަމަށް ލަފާކޮށްފައިވާއިރު، ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ވަނީ ވެސް ވަނީ ސަމާލުގެ މެސެޖު ނެރެފައެވެ.
މިގޮތުން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދީފައިވާ ސަމާލުގެ ވަގުތު ހަވީރު 16:30 އަށް ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!