ޖޭއެސްސީގައި ހައި ކޯޓު ތަމްސީލްކުރަށްވާ ފަނޑިޔާރަކަށް ޝަފީއު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖެއްސުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ. ފަނޑިޔާރު ޝަފީއު މި މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. ފަނޑިޔާރު ހަސަން ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެ...