މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ
2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރޗު މަހުގައެވެ. އެ މަހު އެކަނިވެސް 23 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ޒަކާތުގެ ނިސާބާއި އުސޫލުތައް މުދަލު […]