މައި ޚަބަރަށް ދިޔުމަށް

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޔުމްނާ ޢަލީ 14:57
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޚުލާޞާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އީސީގެ މެމްބަރުކަމަށް ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، މުއްދަތު ހަމަވާތީއެވެ. އެއީ ޑރ. މުހައްމަދު ޒާހިރު އެވެ. ރައީސް އޮފީހުން އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސ...

Ad

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

އީސީގެ މެމްބަރުކަމަށް ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، މުއްދަތު ހަމަވާތީއެވެ. އެއީ ޑރ. މުހައްމަދު ޒާހިރު އެވެ.

Ad
rt

ރައީސް އޮފީހުން އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެއްވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް ރައީސް ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަގާމަށް އައްޔަކުރެވޭނީ މަޖިލީހުން ރުހުން ދިނުމުންނެވެ.

އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި ނައިބު ރައީސް އަބްދުއްރަހުމާން ސޮލާހު ރަޝީދާއި، ޑރ. މުހައްމަދު ޒާހިރާއި، ހަަސަން ޒަކަރިއްޔާ އަދި އަބްދުލް ހަސީބު އިސްމާއީލެވެ.

އިތުރު ލިޔުންތައް ކިޔާލަން ކަހާލާ
ބައިތައް ރާއްޖެ
ޙިއްޞާކުރައްވާ މި ލިޔުމުގެ ޕޯސްޓަރު ޑައުންލޯޑް ކުރައްވާ!

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!

މިލިޔުމާއި ގުޅޭގޮތުން ތިޔަބޭފުޅާއަށް ފެނުނުތަނާއި ތަޖުރިބާ އަދި ޚިޔާލު ހިއްސާކުރައްވާ!
Ad
alied text
އެންމެ ފަހުގެ ލިޔުންތައް