"ސޯލްޓް ޓައިފޫން" ގެ ނަމުން މަޝްހޫރުވެފައިވާ ބޮޑު ސައިބަރ ޖާސޫސީ ކެމްޕޭނެއްގެ ދަށުން، ޗައިނާއިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ނުފޫޒުގަދަ ކޮމިޓީތަކުގެ މުވައްޒަފުން ބޭނުންކުރާ އީމެއިލްތައް ހެކްކޮށްފައިވާ ކަމަށް، މިކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް (އެފް.ޓީ) އިން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ.

ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

Ad
rt

އެ ރިޕޯޓުގައިވާ ގޮތުން، ޗައިނާއިން ވަނީ ހައުސް ޗައިނާ ކޮމިޓީގެ ބައެއް މުވައްޒަފުންގެ އިތުރުން ފޮރިން އެފެއާޒް ކޮމިޓީ، އިންޓެލިޖެންސް ކޮމިޓީ އަދި އާމްޑް ސާވިސަސް ކޮމިޓީގެ އެހީތެރިން ބޭނުންކުރާ އީމެއިލް ސިސްޓަމްތަކަށް ވަދެފައެވެ.

ސޯލްޓް ޓައިފޫން އަކީ އެމެރިކާގެ ސައިބަރ ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލުގެ ގޮތުގައި މިހާރު ވަނީ ފާހަގަވެފައެވެ. އެމެރިކާގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، މި ހެކިންގެ ގްރޫޕުން ހަމައެކަނި ޖާސޫސީ މައުލޫމާތު އެއްކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި، ޗައިނާއާއެކު ކުރިމަތިލުމެއް ހިނގައިފި ހާލަތެއްގައި އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗަރތައް ހުއްޓުވާލުމަށްޓަކައި އެމީހުން ދަނީ ތައްޔާރުވަމުންނެވެ.

ބެއިޖިންގް އިން ވަނީ މިފަދަ ހަމަލާތަކުގެ ފަހަތުގައި ވަނީ އެގައުމު ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.