ކުޅުދުއްފުށީގެ ފެންބޮޑުވުމަށް ތިމާވެއްޓާ ރައްޓެހި ޙައްލެއް ހޯދަނީ، މުއައްސަސާތައް އެއް މޭޒަކަށް!
ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށާއި އެ ރަށުގެ ކަނޑޫފާ ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ކަމާބެހޭ މުއައްސަސާތަކާއެކު މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ އެ ރަށުގައި ހިންގާ “އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ” (އީސީއާރްއެފްއެސް) މަޝްރޫޢުގެ ދަށުންނެވެ. ޖީ.ޑަބްލިއު.ޕީ ކޮންސަލްޓަންޓްސް އަދި ވޯޓަރ އެންޑް ސޭންޑް މެނޭޖްމަންޓް (ޑަބްލިއުއެސްއެމް) ގުޅިގެން ކުޅުދުއ...