ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ.
މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އިއުލާނުގައިވާ ގޮތުން މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 27 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ ނޭކުރެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
މީގެއިތުރުން މި މަސައްކަތަށް ބީލަންތައް ހުޅުވުން އޮންނާނީ 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައެވެ. ބީލަން ހުޅުވުން ވެސް އޮންނާނީ އެ އިދާރާގެ މީޓިންގ ރޫމުގައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ނޭކުރެންދޫ ކައުންސިލް އިދާރާގެ ފޯނު ނަންބަރު 6520042 އަށް ގުޅުމަށް ނުވަތަ info@neykurendhoo.gov.mv އަށް އީމެއިލް ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!