މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (02:30 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,323 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2175 ވަނަ ޞަފްޙާ

"ތެދުބަހުން ވާހަކަދައްކަން" ހުށަހެޅި އިސްލާހެއް ފާހެއް ނުކުރި

"ތެދުބަހުން ވާހަކަދައްކަން" ހުށަހެޅި އިސްލާހެއް ފާހެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގައި “ތެދުބަހުން ވާހަކަދައްކަން” ޖެހޭނެ ކަމަށް ބުނެ މަޖިލީހުގެ ގަވައިދަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހުށައެޅުއްވި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފި އެވެ. ސަލީމް ހުށައެޅުއްވީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ އަދަބުތައް ބަޔާން ކުރާ މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ. މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އިހަވަންދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީކުރަން  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. އިހަވަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި...

އިބްރާހިމް އަސްވާޤް
އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ

އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ

އިސްލާމީ އަސްލަކާ ޚިލާފުވާކަމަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ ކަމަށެވެ. ޒިޔާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅި ކުއްލި މައްސަލަ އަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އިސްލާމީ އަސްލަކާ ހިލާ...

އަބްދުﷲ ޝަފީޢު

މެންޗެސްޓަރ ސިޓީ ތާވަލްގެ ދެވަނައަށް

ބޯންމަތް ބަލިކޮށް އިންގްލިޝް ޕްެރިމިއަރ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލީގް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. ބޯންމަތްގެ ވިޓަލިޓީ ސްޓޭޑިއަމް ގައި ރޭ ކުޅުނު މި މިމެޗް މެންޗެސްޓަރ ސިޓީއިން ކާމިޔާބް ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް 15 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ސިޓީގެ އަގުއޭރޯއެވެ. އަދި ދެވަނަ ގޯލް މެޗްގެ 43ވަނަ މިނިޓް ގައި ސިޓީގެ ރަހީމް ސްޓާލިން ކާމިޔާބްކޮށް 2-0 ގެ ނަތީޖާއަކުން މެޗްގެ ފުރަތަމަ […]

އަޙްމަދު އަސްފާން
އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ނ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. މިއަދު ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ނ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް […]

އަފްރާހް އަބްދުލް ރަޝީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ރޭހުގައި ތިލަދުންމަތީ ދެބޭފުޅުން!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ރޭހުގައި ތިލަދުންމަތީ ދެބޭފުޅުން!

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތެރެއިން އުތުރުން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ ބޮޑު ތަކުރުފާނު ޒަމާނުގައި ހދ. ނޮޅިވަރަމްއަށް ނިސްބަތްވާ ފަނޑިޔާރަކު ހިމެނޭކަމަށް ތާރީޚީ ފަތްފުތް ތަކުން އެނގެންއޮވެއެވެ. މީގެ އިތުރުން ދެވަނައަށް އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަހުމަދު ފާއިޒު ހުސައިންއެވެ. ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. މިވަގުތު ދިވެހިރާއްޖޭގައި އެންމެ ގިނަބަ...

އަބްދުﷲ ޝަފީޢު
މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހއ. މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާރަންދޫ ކައުންސިލުގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ޔޫތު ސެންޓަރު ގުޅިގެން ފަށާފައިވާ ކަމަށެވެ. އެގޮތުން ދަނޑުން ހަލާކުވެފައި ހުރި ތަންތަކަށް ރަނބަރު އަޅައި ބެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި މަސައްކަތަށް ބޭނުންބާ ރަބަރާއި ހިލަވެލި ހޯދުމަށް ޔޫތު މިނިސްޓްރީގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް މިކަމަށް ބޭނުންވާ […]

އަފްރާހް އަބްދުލް ރަޝީދު
ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ހދ. ވައިކަރަދޫ ގެޔެއްގައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ. ތިލަދުންއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ “މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އަދި މި މައްސަލަ މިހާރު ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ. ވައިކަރަދޫ އަޒުމް ގޭގެ ގަރާޖުގައި ހުރި ވޭވް 125 ސައިކަލްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ރޭ 23:57 ގައެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ […]

އަފްރާހް އަބްދުލް ރަޝީދު
ރާއްޖެ ޓީވީގެ ޝޯވް އަކުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު!

ރާއްޖެ ޓީވީގެ ޝޯވް އަކުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު!

ހދ. ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަދި ހދ އަދި ށ ގެ ރަށްތަކުން އެތައް ބަޔަކު ދުވާލެއްހެ މައްޗަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހިދުމަތް ހޯދަމުންދާއިރު، އެ ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން ފާހަގަ ކޮށްލެވެއެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމަކީ މިދިޔަ ސަރުކާރުތަކުގައި ވެސް އެންމެ ބޮޑަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ދާއިރާއެވެ. ހާއްސަކޮށް […]

އަފްރާހް އަބްދުލް ރަޝީދު
ބޭނުންވަނީ ގޭގައި އޮވެގެން ކައިގެން ހިކޭށެވެ!

ބޭނުންވަނީ ގޭގައި އޮވެގެން ކައިގެން ހިކޭށެވެ!

ޒަމާން ބަދަލުވެއްޖެއެވެ. ކަންކަމަށް މީހުންދޭ އަހަމިއްޔަތުކަންވެސް ބަދަލު ވެއްޖެއެވެ. ލެއްވިހާ އެއްޗެއް ކައިގެން ސުމާރެއްނެތި އުޅުނު އުޅުން ބަދަލުވެ ހަށިގަނޑާމެދު ވިސްނާ ވިސްނުންވެސް ބަދަލުވެއްޖެއެވެ. ހަށިގަނޑާމެދު އަޅާލާ މިންވަރު އިތުރުވެ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާތަން އަހަރުމެންނަށް ފެނެއެވެ. ކަސްރަތު ކުރުމާއި އެކި ކަހަލަ ޑައިޓްތައް ބޭނުން ކުރާ މީހުން ގިނައެވެ. އެހެންނަމަވެސް އޭގެ ތެރޭގައިވެސް އެހެން ބާވަތެއްގެ ބަޔަކުވެސް އުޅެއެވެ. އެމީހުންވެސް ބޭނުންވަނީ ހ...

ތިލަދުން
އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް!

އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް!

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ. މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު […]

އަބްދުﷲ ޝަފީޢު
ފަރުވާކުޑަވުމުން ކުޅުދުއްފުށި ކައުންސިލަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

ފަރުވާކުޑަވުމުން ކުޅުދުއްފުށި ކައުންސިލަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

މަސައްކަތަށް ފަރުވާކުޑަވުމުން ހދ. ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ފަވާޒް ނައީމަށް ފިޔަވަޅު އަޅައިދިނުމަށް ހދ އަތޮޅު ކައުންސިލްގައި އެދިއްޖެ އެވެ. އެނގިފައިވާގޮތުގައި ފަވާޒްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުނީ ކައުންސިލްގެ ރައީސް ހަވާލުކުރާ މަސައްކަތްތައް އޭނާ އަދާކުރަމުން ނުދިއުމާ ގުޅިގެންނެވެ. އެމައްސަލަ ހދ އަތޮޅު ކައުންސިލަށް ފޮނުވާފައިވާތާ ދުވަސްކޮޅެއްވެފައިވާ ކަމަސް މައުލޫމާތު ލިބެއެވެ. ފަވާޒްގެ ފަރުވާކުޑަ މައްސަލައެއްވަނީ ވަރަށް ފަހުން ވެސް ވަނީ ފެންމަތިވެ އެވެ. އެއީ ކުޅުދުއްފ...

އަފްރާހް އަބްދުލް ރަޝީދު
ޖޯޑަން އިން 9-0 ރާއްޖެ ބަލިކޮށްފި

ޖޯޑަން އިން 9-0 ރާއްޖެ ބަލިކޮށްފި

ޤަތަރުގެ ވެރިރަށް ދޯހާގައި 25 އޯގަސްޓް އިން 29 އޯގަސްޓް ގެ ނިޔަލަށް ކުރިއަށްދާ “ފޯ ނޭޝަންސް ޓޯނަމެންޓް” ގައި ދިވެހި ރާއްޖޭގެ 16 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ޖޯޑަން އާއި ދެކޮޅަށްކުޅެ ތާފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ. މިމެޗްގައި ޖޯޑަންއިން ވަނީ ރާއްޖެ ކޮޅައް 9 ލަނޑު ޖަހާފައެވެ. އަދި ރާއްޖެއަށް މެޗް ނިންމާލަން ޖެހުނީ އެއްވެސް ލަނޑެއް ނުޖެހިއެވެ. މިމުބާރާތުގައި ވާދަކުރަނި ދިވެހިރާއްޖޭގެ އިތުރުން ޖޯޑަން، އިންޑޮނޭޝިއާ […]

އަޙްމަދު އަސްފާން
ދިރާގު ޔޫތް ލީގް ފަށައިފި

ދިރާގު ޔޫތް ލީގް ފަށައިފި

12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އުމުރުފުރާތަކަށް ޚާއްސްކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން “ ދިރާގު ޔޫތް ލީގް 2019” ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް މިއަދު ފަށައިފިއެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 9 ޓީމް އަދި 12 އަހަރުން ދަށުގެ އުމުރުފުރާގައި 10 ޓީމް ވަނީ ބައިވެރިވެފައެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގެ މެޗްތައް ވަނީ މިއަދު ފަށާފައެވެ. އެގޮތުން މިއަދު ޖުމްލަ 4 […]

އަޙްމަދު އަސްފާން
ރޮހިންޖާގެ ދެލައްކައެއްހާ ރެފިއުޖީން "ގަތުލްއާއްމުގެ ދުވަސް" ފާހަގަކޮށްފި

ރޮހިންޖާގެ ދެލައްކައެއްހާ ރެފިއުޖީން "ގަތުލްއާއްމުގެ ދުވަސް" ފާހަގަކޮށްފި

ރަކީން ސްޓޭޓުން ނެރެލައި ބަންގްލަދޭޝް އަށް ފޮނުވާލި އަނިޔާވެރި ހަނދާންތައް އާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ “ގަތުލްއާއްމުގެ ދުވަސް”  ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްގައި މިއަދު ފާހަގަކޮށްފި އެވެ. މިއެއްވުމުގައި ޖޮހިންޖާ މުސްލިމުންގެ ދެލައްކައެއްހާ މީހުން ބައިވެރިވެފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭންޕެވެ. މިއަންމާގެ ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުތަކުގައި 740،000 ވުރެގިނަ ރޮހިންޖާ މުސްލިމުނ...

އިބްރާހިމް އަސްވާޤް
ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރަން ކޮންމެ ރައުޔެއް ނެގިޔަސް ފާފަވެރިނުވާނެ: އޭޕީ

ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރަން ކޮންމެ ރައުޔެއް ނެގިޔަސް ފާފަވެރިނުވާނެ: އޭޕީ

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރެވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަ ނޫންކަމަށް ބުނާ ރައުޔު ކަމަށާއި، އެ ރައުޔު އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ. ޢަދާލަތު ޕާރޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ވިދާޅުވަނީ އުންމަތުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މުއުތަބަރު ޚިލާފްހުރި މައްސަލަތަކުގައި، އެއ...

ރަފާ މުހައްމަދު
ސަޅި ޕިކްނިކަކަށް ހދ. ގެ ފަޅުރަށްތައް މިއީ މަރެއް

ސަޅި ޕިކްނިކަކަށް ހދ. ގެ ފަޅުރަށްތައް މިއީ މަރެއް

ޗުއްޓީއެއް ނުވަތަ ބަންދު ދުވަހެއް ލިބުނަސް ގިނަ މީހުން ބޭނުންވާނީ މާހައުލު ބަދަލުކޮށްލުމަށެވެ. ދަތުރެއް ދިޔުމަށް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށެވެ. ކުރިޔާލާ އެކަން ތާވަލު ކުރެވިގެން އެކަމަށް ވަގުތާއި ފައިސާ ހަމަޖައްސައިގެން ކުރާމީހުން މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ތަނަވަސްކަން ހުރި މިންވަރަކުން އެކަން ކުރާ ގޮތްވެސް ތަފާތެވެ. ބައެއް ފަރާތްތަކުން ބޮޑު ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އަގުބޮޑު ރިސޯޓުތަކަށް ދާއިރު ‘އަތް ފޯރާފަށުން’ އެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދާ...

ތިލަދުން
ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލައިފި

ވައިކަރަދޫގައި ސައިކަލެއްގައި ރޯކޮށްލައިފި

ހދ. ވައިކަރަދޫގައި ރޭ ސައިކަލެއްގައި ރޯކޮށްލައިފި އެވެ. އެ ރަށު އަޒުމް ގޭގެ ގަރާޖުގައި ހުރި ސައިކަލްގައި ރޭ 11:30 ކަން ހާ އިރު ރޯކޮށްލިއިރު އެ ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ ވެރިފަރާތަކީ ޢަދާލަތު ޕާރޓީ ވައިކަރަދޫ ގޮފީގެ ރައީސް މުހައްމަދު އާމިރު އެވެ. އާމިރު މިހާރު ހުރީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ. […]

އިބްރާހިމް އަސްވާޤް