ހދ. ވައިކަރަދޫގައި ރޭ ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

އެ ރަށު އަޒުމް ގޭގެ ގަރާޖުގައި ހުރި ސައިކަލްގައި ރޭ 11:30 ކަން ހާ އިރު ރޯކޮށްލިއިރު އެ ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.

Ad
rt

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ ވެރިފަރާތަކީ ޢަދާލަތު ޕާރޓީ ވައިކަރަދޫ ގޮފީގެ ރައީސް މުހައްމަދު އާމިރު އެވެ. އާމިރު މިހާރު ހުރީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ.

ޕިކަޕެއްގެ އިތުރުން އަލިފާން ހިފާޒާތުގެ ގިނަ އެއްޗެހި ރައްކާ ކޮށްފައިވާ މި ގަރާޖުގައި ހުރި ސައިކަލުގެ މައްޗައް ޕެޓްރޯލް އަޅާފައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އަލިފާން ގަނޑު ނިއްވާލާފައިވަނީ އެ ވަގުތު އެމަގުން ދިޔަ ބަޔަކަށް އެމަންޒަރު ފެނިގެންނެވެ.