މޮޓޯކޭޑުގައި ބައިވެރިވި ފުރަތަމަ އަންހެން ފުލުހަކީ ތިލަދުންމަތީ ދަރިއެއް!
އެންމެ މަތީ ފަންތީގެ އިއްޒަތްތެރިންނަށް އަރުވާ ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނޭ ސަލާމަތީ އުޅަނދެއް ދުއްވުމުގެ މަސައްކަތާ ހަވާލުވި ފުރަތަމަ އަންހެން ފުލުހެއްގެ ޝަރަފު، ހދ. ކުޅުދުއްފުއްޓަށް އުފަން ފުލުހަކަށް ލިބިއްޖެއެވެ. ހދ. ކުޅުދުއްފުށީ، ޗަމަން، ލާންސްކޯޕްރަލް އެލީނާ މޫސާ އަށް މި ޝަރަފު ލިބިގެން ގޮސްފައިވާއިރު، މި މޮޓޯކޭޑަކީ މިއަދު ސަލާމަތީ ބާރުތަކުން ފޯރުކޮށްދިން މޮޓޯކޭޑެކެވެ. މި މޮޓޯކޭޑުގައި އެލީނާ ހިމެނިގެން ގޮސްފައިވަނީ އެސްކޯޓުގެ އެންމެ ކުރިން ދުއްވާ ފުލުހުންގެ ސައިކަލު ދުއްވާ ފަރާތެއްގެ ގޮތު...