އިސްރާއީލުން ޖާސޫސްކުރަން ފޮނުވި ޑްރޯނެއް އީރާނުން ވައްޓާލައިފި
އީރާނުގެ ހޮރްމުޒްގާން ޕްރޮވިންސްގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އިސްރާއީލުގެ ޖާސޫސީ އަދި ސަވައިލަންސް ޑްރޯނެއް އީރާނުގެ އަސްކަރިއްޔާއިން ވައްޓާލައިފި ކަމަށް އެ ގައުމުގެ މެހެރު ނިއުސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ. މި ހާދިސާ ހިނގާފައި މިވަނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. މެހެރު ނިއުސް އެޖެންސީން ބުނި ގޮތުގައި، ވައްޓާލާފައިވަނީ އިސްރާއީލުގައި އުފައްދާ “އޯބިޓާ” މަރުކާގެ ޑްރޯނެކެވެ. މި ޑްރޯންގެ ބ...