މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކަކަށް ޖަވާބުދީ ނިމިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. ތަރުޖަމާނު ވިދާޅުވީ، ޤާނޫނުގައި އިސްތިސްނާކޮށްފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅި ހުރި...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުގައި އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގ ދަސްކޮށްދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައި، އޭގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންނަށް އަމިއްލަ ގޭބިސީތަކުގައި ދަނޑުވެރި...
ޔުމްނާ ޢަލީ
ވެސްޓް އެފްރިކާގެ ސެނެގާލްގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަރައި، އެގައުމުގެ ރައީސް ބަސީރޫ ދިއޯމާއީ ފަޔޭ، ބޮޑުވަޒީރު އުސްމާން ސޮންކޯ މަގާމުން ވަކިކުރައްވައި މުޅި ސަރުކާރު އުވާލައްވައިފިއެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ދަންވަރުގެ ވަގުތެއްގައި އިއްވި ރިޔާސީ ގަރާރަކާއެކު، ސެނެގާލްގެ އެންމެ ވަރުގަދަ ސިޔާސީ އިއްތިހާދަށް މިވަނީ ކުއްލި ނިމުމެއް އައިސްފައެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ސަރުކާރުގައި އެކުގައި ޖަލަށްލެވި، މިއަހަރުގެ މާރިޗު މަހު ބޭއްވި އިންތިޚާބުގެ 10 ދުވަސް ކުރިން މިނިވަންވެ، ޒުވާނުންގ...
ނާޒިމާ އަލީ
މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިމިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު މެދުކެނޑުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް […]
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނަކު މިއަދު ދަސްވެނިވެއްޖެއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދަސްވެނިވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ވިދާޅުވެފައެވެ. މި ފަހަރު ދަސްވެނިވި ޒުވާނުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ރައީސްގެ މެސެޖުގައި މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ […]
ޔުމްނާ ޢަލީ
އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލައި، ދެ ގައުމުގެ ދެމެދުގައި ބޮޑު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބިރު ބޮޑުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ އީރާނުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ވަނީ ކުއްލި ގޮތަކަށް އެ ގައުމުގެ ހުޅަނގު ފަރާތުގެ ވައިގެ ސަރަހައްދު ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ވައިގެ ދަތުރުފަތުރަކަށް ބަންދުކޮށްފައެވެ. މި ނިންމުމާ އެކު، އީރާނާއި ވޮޝިންޓަނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރަމުންދިޔަ ގަތަރުގެ މަތީ ފަންތީގެ ވަފުދެއް […]
ނާޒިމާ އަލީ
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ‘’މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.’’ ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭގެ އިންޖީނުތައް ހިންގައި އަލުން ކަރަންޓް ދެމުން އަންނަ ކަމަށެވެ. މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މެންދުރު 12 ޖަހާކަށްހާއިރުއެވެ. މާލެ އާއި ހުޅުމާލޭގެ […]
ޔުމްނާ ޢަލީ
އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް އެކަމަނާގެ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓުން ފަހަކަށް އައިސް ފެންނަމުންދާ މަތީ ފަންތީގެ އިސްތިއުފާތަކުގެ ސިލްސިލާގެ ތެރެއިން އެންމެ ފަހުން ފެނިގެންދިޔަ ބަދަލެވެ. މިއަދު، 22 މެއި 2026 ގައި އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ގަބާޑް ވަނީ ރައީސް ޓްރަމްޕަށް އިސްތިއުފާގެ ސިޓީ އަރުވާފައެވެ. ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި،...
ޔުމްނާ ޢަލީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލުމުން، އެމަނިކުފާނުގެ އެންމެ އަރިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ހިނިފުޅުވަޑުވަން ހުންނަވާ ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ގައި އއ. ތޮއްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި...
އަލީ އާދިލް
ބަނގުލަދޭޝްގެ ނާރަޔަންގަންޖްގައި އޮތް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދެވިފައިވާ މަޝްހޫރު ފީނި (albino) ގެރިއެއް ކުރިއަށް އޮތް އަޟްޙާ އީދުގައި ގުރުބާން ކުރުމަށް ތައްޔާރުވެއްޖެއެވެ. ބަރުދަނުގައި 1،500 ޕައުންޑް ހުންނަ މި ގެރިއަށް “ޑޮނަލްޑް ޓްރަމްޕް” ގެ ނަން ދީފައިވަނީ އޭގެ ބޯމަތީގައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑު ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ. މި ތަފާތު ސިފަތަކުގެ ސަބަބުން މި ގެރި ވަނީ އެ ސަރަހައްދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މި ގެރީގެ ވެރިޔާ، އުމުރުން...
ނާޒިމާ އަލީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިޔުޑީސީތަކުގެ) ރައީސުންގެ މުސާރަ މުރާޖަޢާކޮށް ބަދަލުގެނެސްފިއެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން އެންމެ ފަހުން ނިންމާފައި ވަނީ، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އާއި އިނާޔަތަށް 41,500 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރައާއި އިނާޔަތަށް 21،000ރ. ދިނުމަށެވެ. މިކަން އިއްޔެ މީޑިއާގައި އާންމުކުރުމުން ގެ އަދަދާއި މެދު އާންމު ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް ޕޭ ކޮމިޝަނުން...
ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ. މީސްމީޑިއާ މެދުވެރިކުރައްވައި، މަރްޙޫމް ޢަލީ ޒުބައިރުގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކ...
ޔުމްނާ ޢަލީ
ވ. އަތޮޅުގެ ތިންވަނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަކީ ހޮހަޅައިގެ ތެރޭގައި އުފެދުނު “ވެލީގެ ފާރެއްގެ ކުށްހީ” އެއްގެ ސަބަބުން، ހޮހަޅައިން ނުކުންނަން އުޅުމުގެ ތެރޭގައި އޮޅިގެން އެހެން ދިމާލަކަށް ދެވުމުން ދިމާވި ހާދިސާއެއް ކަމަށް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ބުނެފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން އާއި […]
ނާޒިމާ އަލީ
ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ މަތިވެރި ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެންމެ ބޮޑު އެއް ޙަޤީޤަތަކީ، ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ”ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް” މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި ހުރި މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނީ، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކަންތައްތައް ކުރިއަށްދާ ގޮތަކީ، އިންސާނާ އޭނާގެ ޙަޔާތުގެ ދުވަސްތައް...
ޔުމްނާ ޢަލީ
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން، އެމެރިކާ ސިފައިން ބޭނުންކުރާ އެމް.ކިއު-9 (MQ-9) ރީޕަރ މަރުކާގެ 24 އަށްވުރެ ގިނަ ޑްރޯން އިރާނުން ހަލާކުކޮށްލާފައިވާ ކަމަށް ބްލޫމްބާގް ރިޕޯޓެއްގައި ބުނެފިއެވެ. ބުދަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މިއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ އަގުހުރި އާލާތްތަކެކެވެ. މި ގެއްލުމަކީ ހަނގުރާމައިގެ ކުރިން ޕެންޓަގަންގެ އިންވެންޓްރީގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ޖެނެރަލް އެޓޮމިކްސް ކުންފުނިން އުފައްދާ ރީޕަރ ޑްރޯންތަކަކީ ޖާސޫސ...
ނާޒިމާ އަލީ
ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެމީހާ ނިޔާވެފައި އޮއްވަ ފެނިއްޖެއެވެ. ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެއްސެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 18:30 ގައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބޯޓަކުން މޫދަށް ފޭބި އެ ބޯޓުގެ ފަޅުވެރިއެކެވެ. އެމީހާ ގެއްލުނުކަމުގެ ރިޕޯޓް […]
ޔުމްނާ ޢަލީ
އިރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުން ދިފާޢުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ ބެލިސްޓިކް މިސައިލް އިންޓަރސެޕްޓަރުތަކުގެ ރިޒާވްގެ ދެބައިކުޅަ އެއްބައި ހުސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ކުރި ދިރާސާތަކުން ދައްކާގޮތުގައި މިކަމުގެ ސަބަބުން ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި އަސްކަރީ އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން އެމެރިކާގެ މިހާރު ވަނީ ކުޑަވެފައެވެ. ޚާއްޞަކޮށް ޗައިނާ އަދި...
ނާޒިމާ އަލީ
ވަޒީރުންގެ މަޖިލީހަށާއި ސަރުކާރުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ އެމަނިކުފާނު ބަދަލުތައް ގެންނަވަންޖެހޭ ކ...
އަލީ އާދިލް