ކާވެނި ކުރަންވީ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ.
އިންސާނުން އެ މީހުންގެ ޙަޔާތައް ވަކިޚާއްޞަ ބައިވެރިއަކު ހޯދުން އެއީ މުޙިއްމު ކަމެއްތޯއެވެ؟ އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ؟ މިއީ ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ. މި ސުވާލުތަކަށް އިލާހީ ޖަވާބެއް އޮތްތޯ ބަލަމާ އަންނާށެވެ! އިންސާނީ ނަސްލު ޤިޔާމަތްދުވަހާއި ޖެހެންދެން ދުނިޔޭގައި ދެމިއޮތުން އެއީ އިންސާނުން ވުޖޫދުކުރެއްވުމުގެ ކުރިން ވެސް، ޚާލިޤްވަންތަ ﷲ، ބަޝަރިއްޔަތުގެ ކިބައިގައި ލައްވާފައިވާ އަސާސީ ސިފައެކެވެ. އެ އިލާހު ވަޙީކުރައްވަނީ، ﴿وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ...