ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅުކައިރިން ދިޔަ ދެ މީހަކު، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރަށްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!