މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1616 ވަނަ ޞަފްޙާ

ބެސްޓް ބަޑީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މާސްކު ހަދިޔާކޮަށްފި

ބެސްޓް ބަޑީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މާސްކު ހަދިޔާކޮަށްފި

ބެސްޓް ބަޑީ ފިހާރައިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1500 މާސްކު ހަދިޔާކޮށްފިއެވެ. މިއީ ކޯވިޑް-19އިން އަރައިގަތުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތަކަށް އެހީވުމަށް އެ ފިހާރައިން ދިން ހަދިޔާ އެކެވެ. ސިޓީ ކައުންސިލުން ބުނީ މި ދުވަސްވަރު އެ ސިޓީގެ ވިޔަފާރިތަކުން ކައުންސިލަށް އެހީތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހުރިހާ ވިޔަފާރިތަކަށްކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ބެސްޓްބަޑީއަކީ ކުޅުދުއްފުށީގެ އިތުރުން މާލޭގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެކެވެ. ރަށު ޕިކަ...

އަޙްމަދު ވަހީދު
އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފި

އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މި އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އަރުވައިފިއެވެ. މިއަދު މި ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވާފައި ވަނީ އިންކުއަރީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އިއްޔެ މި ރިޕޯޓްވަނީ ދިވެހިރާ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ އިހަވަންދޫ ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަދުންމަތީ އިހަވަންދޫ ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 17...

އަޙްމަދު ވަހީދު
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކ...

ޔުމްނާ ޢަލީ
އިޓަލީ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

އިޓަލީ ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށް

ޔުއެފާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގައި އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ވުމާއިއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލު ނައުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިންގްލެންޑްގެ މައްޗަށް އިޓަލީން ކުރި ހޯދާފައި […]

އިބްރާހިމް ޚަލީލް
އެމެރިކާއިން ވެކްސިންގެ 5 މިލިއަން ޑޯޒު އޭޝިއާ ތިން ގައުމަކަށް ފޮނުވައިފި

އެމެރިކާއިން ވެކްސިންގެ 5 މިލިއަން ޑޯޒު އޭޝިއާ ތިން ގައުމަކަށް ފޮނުވައިފި

އެމެރިކާއިން އޭޝިއާގެ ތިން ގައުމަކަށް ފަސް މިލިއަން ކޯވިޑް-19 ގެ ވެކްސިން ފޮނުވައިފިއެވެ. މިއީ އެކި ޤައުމުތަކަށް އެމެރިކާއިން ހަދިޔާކުރަން ނިންމާފައިވާ ކޮވިޑް ވެކްސިންގެ 80 މިލިޔަން ޑޯޒުގެ ތެރެއިން ދޭ އެހީއެކެވެ. އެގޮތުން އޭޝިއާއިން މިއެހީ ދިންގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، ނޭޕާލް އަދި ބޫޓާނެވެ. އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ މޮޑަނާ ވެކްސިންގެ ތިން މިލިޔަން ޑޯޒެވެ. ވައިޓް ހައުސް ބުނާގޮތުން އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ އެ ގައުމަށްދިނުމަށް އެމެރިކާ ނިންމާފައިވާ ހަތަރު މ...

އަޙްމަދު ވަހީދު
ތ. ގުރައިދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ތ. ގުރައިދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައި ވާކަމަށެވެ. މި ޝިޕްމެންޓް އެ ރަށަށް ގެންދިޔައީ މި މަހުގެ ހަވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި،...

އަޙްމަދު ވަހީދު
އިކޮނޮމީ ކްލާހުން ބޭރަށް ފުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާދޭ: އަމީރު

އިކޮނޮމީ ކްލާހުން ބޭރަށް ފުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާދޭ: އަމީރު

އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށްފުރާ ދިވެހިންގެ އަތުން ނަގަމުން އަންނަ އެއްވެސް ފީއަކަށް ބަދަލު އައިސްފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަސްދީޤު ކުރަށްވާފައެވެ. އެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން ނަގާ ފީވެސ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު އުތުރުގެ 2 ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އުތުރުގެ 2 ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަންތަކެއްގައި 2 މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކައި މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަަށް ލިބުނު މައުލުމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގުނުކަމަށެވެ. އެގޮތުން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 29...

އަޙްމަދު އަރުޝަމް
ޗުއްޓީ ހޭދަކުރުމާއި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗުއްޓީ ހޭދަކުރުމާއި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ކޯވިޑް-19 ބަލީގެ މިހާލަތުގައި ޗުއްޓީ ހޭދަކުރާއިރު އަދި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކޮށްފިއެވެ އެޗްޕީއޭއިން މިރޭ އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރުމަށާއި، ތަންތަނަށް ދަތުރުކުރެއްވުމުގައި އަދި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މީގެ...

އަޙްމަދު އަރުޝަމް
ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި

ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި

ޒުވާން ދުވަސްވަރު ވިޔަފާރިއެއް ފެށުމަކީ ވަރަށް ކުޅަދާނަވެގެން ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އާންމު ކޮށް މީހުން އުމުރު ދެބައިވުމުން އެއްކުރެވިފައި ހުރި ލާރިން ވިޔަފާރިތައް ފަށާ ހަދައެވެ. އެހެނެންމަވެސް، ޅަ އުމުރުގައި ބޮޑެތި ވިޔަފާރިތައް ގެންގުޅޭ ޒުވާނުން ވަކި މަދެއް ނޫނެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ ޒުވާން އުމުރުގައި ވިޔަފާރި ހިންގަން ފައިނަގާފައި ތިބި 2 އެކުވެރިންނަށެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަށް އުފަން އަހުސަމް އަބްދުލް ފައްތާޙު އާއި މާލެއަށް އުފަން މުހައްމަދު […]

އަޙްމަދު އަރުޝަމް
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުނު މީހުން ދަފްތަރުން އުނިކުރަނީ

ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުނު މީހުން ދަފްތަރުން އުނިކުރަނީ

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ މީހުން ދަފްތަރުން އުނިކުރަން ނިންމާފައިވާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު، ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. “މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއި...

ޔުމްނާ ޢަލީ
މިސާލު ބަސް 3: "ތީފަރިދޫ ކަށިކޭލަށް ނަރުއަރާހެން"

މިސާލު ބަސް 3: "ތީފަރިދޫ ކަށިކޭލަށް ނަރުއަރާހެން"

ބައެއް މިސާލުބަސްތައް ބައެއް ރަށްރަށާއި ގުޅިފައިވާ ފަދައިން ބައެއް މިސާލުބަސްތައް ގުޅިފައިވަނީ ބައެއް މީސްމީހުންގެ ނަންނަމާއެވެ. މިހެން ވުމުގެ ސަބަބުން މިފަދަ ބަސްތައް މިސާލުބަސް ގޮތުގައި ކިޔައި އުޅުމުން އެއީ އެރަށަކަށް ނުވަތަ އެ މީހަކަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ މަލާމާތަކަށްވުރެ ބޮޑަށް ފަޚުރެކެވެ. ސަބަބަކީ އެކަންކަމުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދާދިއުމެވެ. ކަށިކޭލަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާއެވެ. ރާ...

އިބްރާހިމް ޚަލީލް
އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ރިޕޯޓް ރައީސްއަށް އަރުވާފައިވަނީ މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ރައީސުލް...

އިބްރާހިމް ޚަލީލް
ފުވައްމުލަކު މަގުތައް ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

ފުވައްމުލަކު މަގުތައް ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލާފައި ވާކަމާށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ހިމެނޭ ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ 71 އިންސައްތަ އާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކޮށް، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެ...

އަޙްމަދު ވަހީދު
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު މިބަލީގައި ނިޔާވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 03:05 ހާއިރުކަމަށް ބުނެއެވެ. މިއީށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. At 03:05 am (011/07/21) a 59-year-old Maldivian female admitted at Sh. Covid Management Facility has […]

ޔުމްނާ ޢަލީ
ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލް ބަލިކޮށް އެންމެ ފަހުން މެސީގެ އުންމީދު ފުރިހަމަކޮށްފި

ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލް ބަލިކޮށް އެންމެ ފަހުން މެސީގެ އުންމީދު ފުރިހަމަކޮށްފި

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ފަތިހު ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއީ އުމުރުން 34 އަހަރުގެ ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ  އާޖެންޓީނާގެ މިހާރުގެ ކެޕްޓަން ލައިނަލް މެސީގެ […]

އިބްރާހިމް ޚަލީލް
މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ. މިކަމާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ މި މާރާމާރީގައި މީހަކު ޒަހަމް ވި މައްސަ އެެއް ހުށައެޅިފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ ގަލޮޅު، ފާށަނާކިލެގެ މަގު، ގޯޅި ގަނޑެއްގެ ތެރޭގައި ކަމަށެވެ. “ 2 މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ވެފައިވާ މައްސަލަ މިރޭ 21:50 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވޭ.” މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މި […]

އަޙްމަދު އަރުޝަމް