އެސްޓީއޯ ސުޕަމާޓުގެ ބައިތައް ކުދި ވިޔަފާރިތަކަށް ދެނީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ސުޕަމާޓުގެ އެކި ބައިތައް ކުދި ވިޔަފާރިތަކަށް ކުއްޔަށްދެމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުހުސައިން އަމްރު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި، އަމްރު ވިދާޅުވީ ސުޕަމާޓުގެ ހުރިހާ ފްރީޒަރުތަކެއް މިހާރު ބޭނުން ކުރަނީ އަމިއްލަ ކުންފުންޏަކުން ކަމަށެވެ. އަދި ސުޕަމާޓުން ލިބެންހުންނަ ގަނޑުކުރި ތަކެތި މިހާރު ސަޕްލައިކޮށް ވިއްކާނީ އެކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަމްރު ވިދާޅުވިގޮތުގައި އެސްޓީއޯ އިން ފޯރުކޮށްދެނީ ތަނާ...