ޔޫރޯ 2020: އިންގްލެންޑް ފުރަތަމަ ފަހަރަށް ފައިނަލަށް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޑެންމާކް ބަލިކޮށް އިންގްލެންޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިންގްލެންޑް މެޗު ކާމިޔާބު ކޮށްފައިވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި ގިނަވަގުތު ބޯލަ ހިފަހައްޓައިގެން އިންގްލެންޑުން ކުޅުނު […]