މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1621 ވަނަ ޞަފްޙާ

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ

މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާމުވައްޒަފުންނާއި ވެލްޑިން ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހާހ...

އަޙްމަދު ވަހީދު
ރައީސް ނަޝީދަށް ޖަވާބު ނުދެވި 7862 މެސެޖް

ރައީސް ނަޝީދަށް ޖަވާބު ނުދެވި 7862 މެސެޖް

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ފޯނު ބޭނުން ކުރަން ފަށާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ރައީސް ނަޝީދު ކުރައްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނު މިއަދު ފޯނު ބޭނުން ކުރަން ފަށައިފި ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ފޯނުގައި ޖަވާބުނުދެވި 7862 (ހަތްހާސް އަށްސަތޭކް ފަސްދޮޅަސް ދެއެއް) މެސެޖް ވާކަމަށާއި، އެ ހުރިހާ މެސެޖެއް މިހާރު ކިޔާފައިވާކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުވަނީ […]

އިބްރާހިމް ޚަލީލް
ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ބ. ކަމަދޫ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ […]

އަޙްމަދު ވަހީދު
ކޮޕާ އެމެރިކާ: ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލްއަށް

ކޮޕާ އެމެރިކާ: ފައިނަލުގެ ފުރަތަމަ ޖާގަ ބްރެޒިލްއަށް

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެރޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ފަތިހު ކުޅުނު ސެމީ ފައިނަލް މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ބްރެޒިލުން ވަނީ މި މެޗުގައި ޕެރޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހިނގާ ސަރަހައްދުގެ މަަސައްކަތް ކަމަށެވެ. މި މަސައްކަތުގެ  91 އިންސައްަތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން، […]

އަޙްމަދު ވަހީދު
ބަންގްލަދޭޝްގެ ހަރުކަށި ފުރަބަންދުގެ މުއްދަތު ދައްމާލައިފި

ބަންގްލަދޭޝްގެ ހަރުކަށި ފުރަބަންދުގެ މުއްދަތު ދައްމާލައިފި

ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަންގްލަދޭޝްގައި ކޯވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމާ ގުޅިގެން ހިންގާފައިވާ ފުރަބަންދުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެވެ. މިގޮތުން އެ ގައުމުގައި މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު އެ މުއްދަތު ވަނީ މިހިނގާ ޖުލައިމަހުގެ 14 އަށް އިތުރުކޮށްފައެވެ. ޑެލްޓާ ވޭރިއެންޓު ނުރައްކާ ބޮޑުވެ ގައުމުގެ އޮފީސްތަކާއި، ވިޔަފާރިތަކާއި އަދި މާރުކޭޓުތައް ބަންދުކޮށް، އާންމު ދަތުރުފަތުރު ހުއްޓާލައި، ވަރުގަދަ ފިޔަވަޅުތަކާއެކު މުޅި ބަނގްލަދޭޝް ފުރަބަންދަކަށް ދިޔައީ މިދ...

ހުސައިން ހަބީބް
މިވަގުތު ރާއްޖެއަށް އެންމެ މުހިންމީ ގުޅިގެން މަސައްކަތްކުރާ ސަރުކާރެއް: އިމްރާން

މިވަގުތު ރާއްޖެއަށް އެންމެ މުހިންމީ ގުޅިގެން މަސައްކަތްކުރާ ސަރުކާރެއް: އިމްރާން

މިވަގުތު ދިވެހިރާއްޖެއަށް އެންމެ މުހިންމީ ގުޅިގެން މަސައްކަތްކުރާ ކޯލިޝަންއަކުން އެކުލެވޭ ސަރުކާރެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީން “ސާފު އަމާޒަކަށް” ޝިއާރުގެ ދަށުން އެޕާޓީގެ މެންބަރުޝިޕް އިތުރުކުރުމަށް ރޭ އިފްތިތާޙްކުރި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދަޅުވީ ކުރިއަށް އޮތްތަނުގައި އަދި ގާތް މުސްތަގުބަލުގައި ރާއްޖެއަށް ކޯލިޝަން ނޫން ގޮތަކަށް ވެރިކަމެއް އައިސްދާނެ ކަމަށް ގަބޫލުނުކުރައް...

ޝިއުނާ އާދަމް
ކޭއާރުއެޗްގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް!

ކޭއާރުއެޗްގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް ހަދައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާރޓިފިޝަލް ސާރފެކްޓެންޓް (Artificial Surfactant) ގެ ހިދުމަތްދީ، ދުވަސްނުފުރާ ނެގުނު އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށްފައިވާކަމަށެވެ. އާރޓިފިޝަލް ސާރފެކްޓެންޓް (Surfactant Artificial) ހިދުމަތަކީ ދުވަސްނުފުރާ ނެގޭ ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވެ ހުންނަ މައްސަލ...

އަޙްމަދު އަރުޝަމް
ޑެލްޓާއަށްވުރެ ހަލުވިކޮން ފެތުރޭ، ނުރައްކާތެރި ސްޓްރެއިނެއް 30 ގައުމަކުން ފެނިއްޖެ

ޑެލްޓާއަށްވުރެ ހަލުވިކޮން ފެތުރޭ، ނުރައްކާތެރި ސްޓްރެއިނެއް 30 ގައުމަކުން ފެނިއްޖެ

ކޯވިޑް-19ގެ ޑެލްޓާ ސްޓްރެއިނަށްވުރެ ނުރައްކާތެރި ސްޓްރެއިނެއް ފެނިއްޖެއެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ “ލަމްބްޑާ” ގެ ނަމުން ނަން ދީފައިވާ މި ސްޓްރެއިން ފާއިތުވި ހަތަރު ހަފުތާ ތެރޭގައި 30 ގައުމަކުން ފެނިފައިވާ ކަމަށެވެ. މިސްޓްރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ޕެރޫ އިން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ކޯވިޑް ޖެހިގެން މިހާތަނަށް ޕެރޫއިންވަނީ 193،230 ގިނަ މީހުން މަރުވެފައެވެ. މިއީ ދުނިޔޭގައި މިބަލީގެ ސަބަބުން އެންމެ ގިނަމީހުން މަރުވި 5 ވަނަ ގައުމެވެ. އޮސްޓްރޭލިއާގެ […]

އަޙްމަދު ވަހީދު
ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރުކަމުގައިވާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އާއި ހދ.  ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުލަބްހައުސް މެދުވެރިކޮން ކުރިއަށްދާ ”އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވިދާޅުވީ ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށ...

އަލީ އާދިލް
ހަނިމާދޫގެ 800އަށް ވުރެ ގިނަމީހުން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ހަނިމާދޫގެ 800އަށް ވުރެ ގިނަމީހުން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތާއިމެދު ހަނިމާދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމަނައި، ހަނިމާދޫ ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ހަނިމާދޫގެ ވޯޓްލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސަތަ މީހުން ސޮއި ކޮށްފައިވާ މި ޕެޓިޝަން ހުށަހަޅާފައި ވަނީ 04 ޖުލައި 2021 ވީ އާދީއްތަ ދުވަހު (އިއްޔެ) ގެ ވަގުތެ...

އިބްރާހިމް ޚަލީލް
ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި

ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ފަށާފައިވާ “ފަރި ޕްރޮމޯޝަން” ގެ މިދިޔަ މަހުގެ ނަސީބުވެރިޔާ ހޮވައިފި އެވެ. މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ހުށައަޅާފައިވާ މި ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހއ. ހޯރަފުށި ވޯޓަރލޫ، މުޙައްމަދު ނިޒާމު އެވެ. “ފަރި ޕްރޮމޯޝަން 2021” ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު […]

އަލީ އާދިލް
މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ. މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި […]

އަޙްމަދު އަރުޝަމް
އޯލެވެލް އިމްތިޙާނު ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގައި ޝައުގުވެރި ޕްރޮގްރާމްތަކެއް

އޯލެވެލް އިމްތިޙާނު ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގައި ޝައުގުވެރި ޕްރޮގްރާމްތަކެއް

މިއަހަރު ރާއްޖެއިން އޯލެވެލް ނުވަތަ ކެމްބްރިޖް އިމްތިހާނު ފުރިހަމަކޮށްފައިވާ ގިނަ ދަރިވަރުން މިހާރު އަވަދިނެތި ތައްޔާރުވަމުންދާނީ އެދަރިވަރުންގެ ތަޢުލީމީ ކުރިމަގު ބައްޓަން ކުރުމުގައެވެ. މިދަރިވަރުންނަށް ވަރަށް އުފާވެރި ޚަބަރެއް އެބައޮތެވެ. މެޕްސް ކޮލެޖުން ދާދިފަހުން ހުޅުވާލާފައިވާ އެކޮލެޖްގެ އޯގަސްޓް/ސެޕްޓެމްބަރ 2021 އިންޓޭކްގެ ބައެއް ކޯސްތަކުގައި މިދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖުން ހިންގަމުން އަންނަ މެޕްސް އެޑްވާންސްޑް ސެޓިފިކެޓް ކޯސްތަކަކީ ކެމްބްރިޖް...

ތިލަދުން
މަރާލާފައި އޮތް 13 އަހަރުގެ ކުއްޖާ ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

މަރާލާފައި އޮތް 13 އަހަރުގެ ކުއްޖާ ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުން މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ. އެކުއްޖާ ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވަނީ މިއަދު ހެނދުނު 10:15ގައި އިންޑިއާގެ ޓްރިވެންޑަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައި ވަނީ ގަވަމަންޓް މެޑިކަލް ކޮލެޖުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް އަށް ފޮނުވާފައިވަނީ އާއިލާގެވެސް ރުހުމާއެކުއެވެ. އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ މައްސަލަ ފުލުހުންނަށް ލިބު...

ޝިއުނާ އާދަމް
ލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށި ވިއްކުވައިގެން ދިވެއްސަކު 10 ދުވަހަށް ބަންދު

ލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށި ވިއްކުވައިގެން ދިވެއްސަކު 10 ދުވަހަށް ބަންދު

އަވަށްޓެރި ސްރީލަންކާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު މި މަހުގެ 16ގެ ނިޔަލަށް ބަންދުކޮށްފިއެވެ. އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެމީހާ ހައްޔަރުކުރީ ހަށިވިއްކުމުގެ ބޮޑު ނެޓްވޯކެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ކަސްޓަމަރެއްގެ ހައިސިއްޔަތުން އެ ނެޓްވޯކަށް އެހީތެރިވެދޭކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ހައްޔަރުކުރީ އޮންލައިންކޮށް ހަށިވިއްކުމުގެ ވަގުވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއްގެ...

ޝިއުނާ އާދަމް
ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި

ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ. ދިއްދޫގެ ކޯވިޑްގެ އަޕްޑޭޓް އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކުރެއްވީ މިއަދު 14:50 ގައެވެ. އެވަގުތާއި ހަމައަށް އެރަށުން 106 މީހަކު ޕޮޒިޓިވްވެފައިވާއިރު އަލަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ޕޮޒިޓިވްވި 3 މީހެކެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހެއް […]

ޙުސައިން ޝަހުދީ
ހުޅުދެލީ ބަނދަރުގެ ބޭރުތޮށީގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުޅުދެލީ ބަނދަރުގެ ބޭރުތޮށީގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ 68 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެެ. މި މަޝްރޫއުގެ ދަށުން، 49,612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރުމަށް ކުރާނެއެވެ. މީގެ އިތުރުން، 25...

އަޙްމަދު ވަހީދު