މަހްމޫދުގެ މަރު: މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި
އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅުނު ގޭގެ ގޯތި ތެރޭން މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފިއެވެ. މި މަހު 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން...