ފުންކޮށް ވިސްނާލުމުން “ޤައުމަށްޓަކާ” ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކުގެ ތަފާތު ފެންނާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަފާތު “ލީޑަރުންނާއި” އަދި “ކޯލިޝަން” ތަކާއި އެކު ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ. “ޤައުމަށްޓަކާ ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކާ ބަލާބެލުމަށް ތަފާތުކުޑަޔަސް، ފުންކޮންވިސްނާ ފިކުރުހިންގާލުމުން ތަފާތުފެންނާނެ. ލައްކަވާހަކަ” ޑރ. މައުސޫމް ވިދާޅުވިއެވ...
އަލީ އާދިލް
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފިއެވެ. ގިނަ އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ. މާލޭ ސިޓީގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މިއަދު ހަވީރު 4 ޖަހާއިރު ފެށި މި ހިނގާލުމުގައި ވަނީ އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅު...
ތިލަދުން
ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރ ސެޓް އދ. ހަންނާމީދޫއަށް ގެންގޮސްފިއެވެ. މި މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި މިޖަނަރޭޓަރު ސެޓަކީ 300 ކޭވީގެ 300 އެސްޓީޑަބްލިއު މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ. ސްޓެވޯއިން ވަނީ އެސްޓީޑަބްލިއު ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އެއީ 300، 600 އަދި 800އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް، ލޯކަލް ވޮރަނ...
އަޙްމަދު ވަހީދު
ކ. ގުރައިދޫ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި ޕިކްނިކް އައިލެންޑަކީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް 27 މި މަޝްރޫއުއަކީ 13.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕިކްނިކް އައިލެންޑު ހެދުމަށް 1.7 ހެކްޓަރުގެ ބިން ހިއްކައި، 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަނ...
އަޙްމަދު ވަހީދު
ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒް، އިންޑިއާގައި 1 ބިލިއަން މީހުން ޖަހާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ދެ ވަނައިގައި އޮތް އިންޑިއާގައި ކޯވިޑް 19 އަށް ހޭލުންތެރިކަން އިތުރުކޮށް ކުރަމުން އަންނަ ކެމްޕޭންތަކާއި އެކު އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 1 ބިލިއަނަށް އެރުމަކީ ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ ކަންތައްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެގައުމުން […]
އަޒްފާ ރަޝީދު
ހއ. ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާ ހަވާލުކުރަން ދިއްދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 24 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ކައުންސިލަރު މޫސާ ލަޠީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކައުންސިލަރު ޢަބްދުﷲ ރަޝީދެވެ. ކައުންސިލަރު މޫސާ ލަޠީފްގެ ހުށަހެޅުމުގައި ބުނެފައި ވަނީ، ދިއްދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ދ. އަތޮޅު ކައުންސިލާއި […]
ޝިއުނާ އާދަމް
ޗައިނާގެ އެންމެ އުތުރާއު އުތުރުހުޅަނގުގެ ހިސާބުތަކުގައި ކޯވިޑް 19 ގެ ހާލަތު ގޯސްވެސް އަނެއްކާވެސް ސްލޫލްތައް ބަންދުކޮށް ގިނަ އަދަދެއްގެ ފްލައިޓް ދަތުރުތައްވެސް މެދުކަނޑާލައިފިއެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނީ އެހިސާބަށް އައި ފަތުރުވެރިންގެ ގްރޫޕެއްގެ ސަބަބުންކަމަށާއި މިކަމާއި ގުޅިގެން އެ ހިސާބުގައި 100 އަށްވުރެ ގިނަ ފްލައިޓްގެ ދަތުރުތައް ކެންސަލްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނަ ސަރަހައ...
އަޒްފާ ރަޝީދު
ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ޓީމް ކުޅުދުއްފުށީ ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ރަސްމީބޯޅަދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ގޮތުން ޓީމް ކުޅުދުއްފުއްޓާއި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ އެކުވ...
ހުސައިން ހަބީބް
ސްނޭކް ގޭމް އެކުލެވިގެންވާ ނޮކިއާގެ ކްލެސިކް މޮޑެލް “6310” ފޯނު އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހު ރީ ލޯންކޮށްފިއެވެ. ނޮކިއާ ކްލެސިކް “6310” ފޯނު ނެރުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަމަވެސް، މި ފޯނަށް އިންތިޒާރު ކުރަމުން ދިޔަ މީހުން ވެސް މަދެއް ނޫނެވެ. ނޮކިއާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ކުރީގެ މޮޑެލްތައް އަލުން ބާޒާރަށް ނެރުމަށް ނިންމާފައިމިވަނީ، އެ މޮޑެލްތަކަށް އަދިވެސް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ބޮޑުވުމުންނެވެ. […]
އަޒްފާ ރަޝީދު
މާލޭ ސިޓީގައި ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލާގައި ޒުވާން ފިރިހެނަކު ހައްޔަރުކޮފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހެޅިފަވެއެވެ. މި މައްސަލާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ރޭ 1:30 ހާއިރުއެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ މިހާރު ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ. ހުޅުމާލޭގ...
ޔުމްނާ ޢަލީ
ހޮލީވުޑް ގެ ގިނަ ފިލްމު ތަކުން، ޚާއްސަކޮށް ސިއްރު އޭޖެންޓުން އުޅޭފަދަ ފިލްމު ތަކުގައި ވަރަށް ގިނައިން ސްމާރޓް ގްލާސް ފެނެއެވެ. ގިނަ ބަޔަކު އެ އެއްޗެއް ތަޖުރިބާ ކޮށްލާ ހިތްވާ، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ފަދަ އައިނަކީ ވަރަށް މަދުންނޫނީ އަސްލު ދިރިއުޅުމުގައި ނުފެންނަ ވައްތަރެއްގެ އައިނެކެވެ. އެހެންނަމަވެސް، އަައިނު އުފައްދާ މަޝްހޫރު ކުންފުނި ރޭބަން އަދި ފޭސްބުކް ގުޅިގެން މިފަހަރު ގެނެސްދެނީ މިފަދަ ‘ސްމާރޓް ގްލާސް’ އެކެވެ. އަދި މި އައިނު […]
އަޙްމަދު އަރުޝަމް
ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކޮށް ސިއްޙީ ޚިދުމަތް ދިނުމަށް ށ. މަރޮށީ ސިއްޙީ މަރުކަޒުން އަނެއްކާވެސް ތައްޔާރުވެއްޖެ އެވެ. އެ މަރުކަޒުން ނެރުއްވި އިއުލާނެއްގައި ވާގޮތުން، ދާނުގައި ތިބޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ލިބިގަތުމަށް ޞިއްޙީމަރުކަޒަށް އައުމަށްދަތިވާ ފަރާތްތަކަށް ޒިޔާރަތްކުރުން ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން މެދުކެނޑުންކަމަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މަރުކަޒުން ވިދާ...
އަޙްމަދު އަރުޝަމް
ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް 27ގައެވެ. މި މަޝްރޫއަކީ 85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، 1200 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ 10 ގައުމެއްގެ، ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ތައިލެންޑް ހުޅުވާލަން ނިންމައިފިއެވެ. މިގޮތުން އެ ގައުމުތަކުގެ ފަތުރުވެރިން ތައިލެންޑްއަށް އެތެރެވުމުގެ ކުރިން ސީޕީއާރް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާންޖެހޭނެކަަމަށް އެ ގައުމުން ބުނެފަވެއެވެ. އަދި އެ ފަތުރުވެރިން ތައިލެންޑަށް އެތެރެވުމަށްފަހު ވެސް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭއިރު، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ތައިލެންޑްގައި ކަރަންޓީން ނުވެ އުޅެވ...
އަޒްފާ ރަޝީދު
ހއ. ބާރަށު ޕޮލިސްޓޭޝަންގެ ފަރާތުން އެ ރަށު ސްކޫލުގެ ޕްލޭ އޭރިއާގައި އަވިދާ ދެމުމުގެ މަސައްކަތް ކޮށްފިއެވެ. އެ ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ވަނީ 20 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު އެ މަސައްކަތްކޮށް ނިންމާފައެވެ. މިކަމާއި ގުޅިގެން “ތިލަދުން” އާއި ވާހަކަފުޅު ދައްކަމުން ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވެފައި ވަނީ ސްކޫލެއް ކުރިއަރާ ދާނީ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެންމެހާ ފަރާތްތަކުން ގުޅިގެން […]
އިބްރާހިމް ޚަލީލް
ކޯވިޑް-19 ބަލީގައި ރާއްޖެއިން 44 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:15 ހާކަށް ހާއިރުއެވެ. ރޭ ނިޔާވެފައި ވަނީ ހއ. ވަށަފަރަށް ނިސްބަތްވާ އެރަށު އީރާނިސްވިލާ، އާއިޝަތު ފަހީމާއެވެ. ފަހީމާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު 8 ޖެހިއިރު ހުޅުމާލޭ ސަހަރާގައެވެ. ފަހީމާއަކީ ފިޝަރީޒް މިނިސްޓްރީގެ މުވައ...
ޔުމްނާ ޢަލީ
ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް އަމާޒަކީ ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅުގެ ތޮއްޑޫއަށް ވަޑައިގެން ގެސްޓްހައުސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ. ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނީ ގެސްޓްހައުސް ވިޔަފާރިކަމަށެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބެންފީކާ ބައްދަލުކުރި މެޗު ބަޔާނުން ފަސޭހަކަމާއިއެކު ކާމިޔާބުކުރި އިރު، ބާސެލޯނާއާއި ޑައިނަމޯ ކިއެވް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ބުދަ ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ބަޔާނުން މެޗުގައި […]
އިބްރާހިމް ޚަލީލް