ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޓީމް ކުޅުދުއްފުށި ބައްދަލުކުރި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ޤައުމީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުޅުދުއްފުށީ ޓާފް ދަނޑު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުނަ ޤައުމީ ޓީމް […]
އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު ދޫކޮށްލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިންގ ކޮމިޓީގެ ނައިބު ރައީސް މުޖްތަބާ އަޙްމަދު މިއަދު ހަވީރު ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ. މުޖްތަބާ ހައްޔަރުކޮށްފައިވަނީ ރައީސް ޞާލީހް ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެންނެވި ވަގުތު މުޖުތަބާގެ ގޭގައި، ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސ...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނިމުނު ހަފްތާގެ ތެރޭގައި ޗެލްސީން ޗެމްޕިއަންސް ލީގުގައި މަލްމޯއާއި ބައްދަލުކުރި މެޗުގައި އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާވުމުން ޗެލްސީން މި މެޗަށް ނުކުމެފައި […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ. މިއަދު 17:00 ހާއިރު މި ދަނޑު ރަސްމީކޮށް ހުޅުވުމާއެކު މިދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްގެ ވަނީ ކުޅެން ފަށާފައެވެ. މި މެޗްގައި އެއްކޮޅުން ޓީމް ކުޅުދުއްފުށި ބައްދަލުކުރާ އިރު އަނެއްކޮޅުން ބައްދަލު ކުރަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ. ނަމަވެސް ޤައުމީ ޓީމުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ދަނީ ކުޅެމުން...
ޔުމްނާ ޢަލީ
އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއާއި އޭނާގެ ދެ ދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު […]
ޔުމްނާ ޢަލީ
އިޓަލީގެ އެންމެ ބޮޑު އެއާލައިން “އެއާ އިޓާލިއާ” ހުއްޓާލުމާއި އެކު ކެބް ކްރޫއިން އިޓަލީގެ ވެރިރަށް ރޯމްގެ މަގުމަތީގައި މުޒާހަރާކޮށްފިއެވެ. ކޯވިޑް 19 އާއި ގުޅިގެން ބަނގުރޫޓުވެ އެއާ އިޓާލިއާ ހުއްޓާލަން ޖެހުމާއި ގުޅިގެން ހުރިހާ މުވައްޒަފުންގެ ވަޒީފާވަނީ ގެއްލިފައެވެ. މިކަމާއި ގުޅިގެން ސްޓާފުންނާއި ކެބިން ކްރޫ އިން އަންނަނީ އެމީހުންގެ ގެއްލިފައިވާ ވަޒީފާގެ ހައްގުތައް ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެއާ އިޓާލިއާގެ އެންމެ ފަހު ފްލައިޓް އޮޕަރޭޓްކޮށް އެ […]
އަޒްފާ ރަޝީދު
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން ވަނީ އެ މަނިކުފާނަށް ހޫރު މަރުހަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައި އެ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މި...
ޔުމްނާ ޢަލީ
ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަށްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ ކަމަށް...
ޝިއުނާ އާދަމް
ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. “ކަޅުއޮށްފުންމި” ކަސްރަތު ޕްރޮގްރާމް ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގްރާމްގެ ކުރިއަށް ގެން ގޮސްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 އިން ފެށިގެން 22 ގެ ނިޔަލަށެވެ. ކޮމަންޑޫ ކައުންސިލުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެރަށުގެ ރައްޔިތުންނާއި ރަށުގެ މު...
ޙުސައިން ޝަހުދީ
އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮރޯނާ ވައިރަސްގެ ކޭސްތައް އިތުރުވަމުން ދާ ދިއުމާއި އެކު ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އެގައުމުގައި އެޅުމަށް އިނގިރޭސި ސައިންސްވެރިން އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ. އިނގިރޭސި ސަރުކާރުގައި ހިމެނޭ ސައިންސްވެރިންތަކެއް އިސްވެ އެ ގައުމުގެ ސަރުކާރަށް ކޯވިޑުން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވަނީ އެގައުމުގައު އަނެއްކާވެސް ކޯވިޑް ކޭސަސްތައް ގިނަވަމުން ދިއުމާއި ގުޅިގެންނެވެ. ފާއިތުވި ހަފްތާއަށް ބަލާއިރު، އިނ...
އަޒްފާ ރަޝީދު
އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ އިސް ލީޑަރަކު މަރާލައިފިކަމަށް އެގައުމުން ބުނެފި އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާ އަމާޒްކޮށް މަރާލާފައިވަނީ އަލްޤައިދާގެ ލީޑަރު އަބްދުލް ހާމިދު އަލް މައްތާރު ކަމަށް ވަނީ ބުނެފައެވެ. އަލްޤައިދާގެ ލީޑަރަކަށް އަމާޒުކޮށް އެމެރިކާއިން މި ހަމަލާދީފައި މިވަނީ މީގެ ދެދުވަސް ކުރިންނެވެ. އެމެރިކާއިން މިހަމަލާ ދީފައިވަނީ ސީރިޔާގެ ދެކުނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފަ...
އަޒްފާ ރަޝީދު
ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ދުބާއީގައި ކުރިއަށް...
އިބްރާހިމް އަސްވާޤް
ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފިއެވެ. ރޭ ހުޅުމާލޭ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި މި އިމާރާތުގެ ގޭޓުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިގޮތުގައި، ހުޅުމާލޭގައ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެޑްވާންސް ލައިފް ސަޕޯޓާއި ކްރިޓިކަލް ކެއާ ޓްރެއިނިން ޕްރޮގްރާމެއް ނިންމާލައިފިއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ގުޅިގެން ބޭއްވި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާި ނަރުހުން ވަނީ ބައިވެރިވެފައެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންވެސް މި ޕްރޮގްރާމުގައި ބައިވެރިވިއެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި މައިގަނޑު ތިން ކޯހެއް ކުރިއަށް ގެންގޮސްފައި ވެއެވެ. Successful completion...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލީގު ފަށައިގެން އާސެނަލްއިން ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް ބަލިވުމުގެ ސަބަބުން އެ ޓީމަށް ބޮޑު ނުތަނަވަސް ކަމަކާއި ކުރިމަތިވިއެވެ. އެއަށްފަހު ޖެހިގެންއައި ތިންމެޗު ކާމިޔާބުކުރުމުން ޕްރެޝާ ދައްވި ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުން ދެ […]
އިބްރާހިމް ޚަލީލް
އެމެރިކާގައި ކާމިޔާބުކަމާއި އެކު އޫރުގެ ކިޑްނީ ނަގައިގެން އިންސާނެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދައިފިއެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގެ އެން.ވައި.ޔޫ ލެންގޯން ހެލްތްގައި ކޮށްފައިވާ މި އޮޕަރޭޝަނަކީ ފުރަތަމަ ފަހަރަށް އޫރުގެ ކިޑްނީއެއް އިންސާނެއްގެ ހަށިގަނޑުގައި ބޭނުންކޮށްފައިވާ ފަހަރުކަމަށާއި، ޓެސްޓް ކުރެވުނު މި ޓްރާންސްޕްލާންޓް ކާމިޔާބުނެފައިވަނީ އިންސާނާގެ ހަށިގަނޑު އޫރުގެ ކިޑްނީ ރިޖެކްޓްކޮށްފައިނުވާތީކަމަށް ސައިންވެރިންވަނީ ބުނެފައެވެ. މިހާތަނަށް ސައިންސްވެރިން ކޮށްފައިވާ ތަހުލީލްތަކާއި ދިރާސާތަ...
އަޒްފާ ރަޝީދު
ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021” ގެ ޗެމްޕިއަންކަން ސިއްސުވާލި ޓީމުން ހޯދައިފިއެވެ. 22 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު ސިއްސުވާލި ޓީމުން ކާމިޔާބު ކޮށްފައިވަނީ ޓީމް ކެލަވަކިއާއި ވާދަކޮށް […]
އިބްރާހިމް ޚަލީލް
ހއ. މުރައިދޫގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ބިދޭސީ ނަރުހަކު ގެނބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވިއެވެ. ގެނބުނީ މުރައިދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ. އެރަށުގައި މީހުން މޫދަށް […]
ޙުސައިން ޝަހުދީ