މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1528 ވަނަ ޞަފްޙާ

މީމު އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ފަށައިފި

މީމު އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ފަށައިފި

މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް މި ހަފުތާ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތް ފަށާނެއެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރާނެއެވެ. އަދި […]

އަޙްމަދު ވަހީދު
ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

ތިލަދުންމަތީގައި ކުރިއަށްދާ އެންޖީއޯ ފޯރަމުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. ހއ. ހދ. ގައި ހިމެނޭ ހުރިހާ ޖަމިއްޔާތައް ހިމެނޭހެން ކުރިއަށްގެންދާ މި ފޯރަމް ބާއްވަނީ އިހަވަންދޫގައެވެ. މި ފޯރަމުގައި ބައިވެރިވާ އެންޖީއޯތަކުގެ ބޭފުޅުން އިއްޔެ އިހަވަންދުއަށް ވަޑައިގެންފައެވެ. ބައިވެރިންނަށް އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ތިލަދުންމަތީގެ ހުރިހާ ޖަމިއްޔާއެއް އެއް ޕްލެޓްފޯމެއްގައި ބައްދަލުވެ ގުޅުން ބަދަހި ކުރުމަށް ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތެކެވެ. މުޖުތަމަ...

އަޙްމަދު ވަހީދު
ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ޤާސިމްއާއި ބައްދަލު ކުރައްވައިފި

ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ޤާސިމްއާއި ބައްދަލު ކުރައްވައިފި

ރައްޔިތުން މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ސަން އައިލެންޑް ރިސޯޓްގައެވެ. ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ޤާސިމާ ބައްދަލު ކުރައްވަން މާމިނގި މަގުން ސަންއަށް ވަޑައިގަތީ މިއަދު އެވެ. މައުލޫމާތު އެނގޭ މީހަކު “ތިލަދުން”އަށް ބުނީ ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި […...

ތިލަދުން
އިދިކޮޅުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގްސަދަކީ ޔާމީން ނޫން ކެންޑިޑޭޓެއް ނެރުން: ބޮންޑެ

އިދިކޮޅުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގްސަދަކީ ޔާމީން ނޫން ކެންޑިޑޭޓެއް ނެރުން: ބޮންޑެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގުސަދަކީ، އިދިކޮޅު ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ނޫން ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ފުރަތަމަ ވިސްނަންވީ ރާއްޖޭގެ ސަލާމަތާއި ރައްކާ...

ތިލަދުން
މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނ. މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ފުލުހުން ވިދާޅުވީ މިލަދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމްގެ ތެރެއިން އެރަށުގައި ހުރި މީހުން ދިރިއުޅޭ ގޭބީސީ ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދ...

އަޙްމަދު އަރުޝަމް
ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ކަނބަލުންނަށް ހާއްސަކޮށް ނަރުދޫގައި އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް

ށ. ނަރުދޫގެ 30 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށް އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަކީ 1 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމިޓީއިން މައުލޫމާތު ދެއްވައެވެ. އެގޮތުން އެ ކޮމިޓީއިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން […]

އައިޝަތު ނަސާޔާ
އާދިއްތަ ދުވަހު ބަޖެޓް ހުށައަޅަނީ

އާދިއްތަ ދުވަހު ބަޖެޓް ހުށައަޅަނީ

2022 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އަންނަ އާދީއްތަ ދުވަހު ހުށަހެޅުމަށް ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓްއެއް އެކުލަވާލުވުމަށް ނިންމާފައިވާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވިފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. ދަރަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު ސަރުކާރުން ވަނީ 2022 އަދި 2023 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ […]

އައިޝަތު ނަސާޔާ
މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ޝާހިދު: އާދަމް ޝަރީފް

މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ޝާހިދު: އާދަމް ޝަރީފް

ރާއްޖޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މިހާރު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ […]

ތިލަދުން
އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހިންގަމުން އަންނަ އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ ހަތަރު ކެޓަގަރީއަކުން ކުދިންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ކެޓަގަރީ ތަކަކީ ގްރޭޑް 1، ގްރޭޑް 2، ގްރޭޑް 3، ގެ އިތުރުން ގްރޭޑް 5 އެވެ. އޮކްޓޯބަރ އިންޓޭކްގައި ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކޮންމެ ކެޓަގަރީއަކުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 10 ކުދިންނަށެވެ. […]

އިބްރާހިމް ޚަލީލް
ސޫދާންގެ އަސްކަރިއްޔާއިން، ބޮޑުވަޒީރާއި ބައެއް ލީޑަރުން ހައްޔަރުކުރުމުން މަޝްރަހު ހޫނުވެއްޖެ 

ސޫދާންގެ އަސްކަރިއްޔާއިން، ބޮޑުވަޒީރާއި ބައެއް ލީޑަރުން ހައްޔަރުކުރުމުން މަޝްރަހު ހޫނުވެއްޖެ 

ސޫދާންގެ އަސްކަރިއްޔާއިން އެގައުމުގެ ބޮޑުވަޒީރާއި ބައެއް ލީޑަރުން ހައްޔަރުކުރުމުން އެގައުމުގެ މަޝްރަހު ހޫނުވެއްޖެއެވެ. ހޯމަ ދުވަހުގެ ހެދުނުގެ ވަގުތެއްގައި، އަސްކަރިއްޔާގެ ފައުޖަކުން ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު ދިރިއުޅުއްވާ ގެކޮޅު ވަށާލުމަށްފަހު އޭނާ ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ބައިނައްލަޤްވާމީ ޚަބަރުތައް ބުނާގޮތުގައި އަސްކަރިއްޔާއިން ވަނީ ކެބިނެޓް ވަޒީރުންގެ ތެރޭގައި ހިމެނޭ އިންޑަސްޓްރީ މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރުގެ އިތުރުން ބޮޑުވަޒީރުގެ މީޑިއާ އެޑްވައިޒަރުވެސް ހައްޔ...

އަޒްފާ ރަޝީދު
އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި

އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި 850 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އ...

އަޙްމަދު ވަހީދު
2 މީހަކުވެގެން، ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއް

2 މީހަކުވެގެން، ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއް

މާލެ މަޖީދީމަގުން ހުޅުމާލެ ދިއުމަށް ޓެކްސީއަކަށް އެރި 2 މީހަކު ޓެކްސީ ޑްރައިވަރ އަށް ވަޅިން ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން ވަޅިން ބިރުދައްކައިގެން ޓެކްސީ ޑްރައިވަރ އަތުން 700 ރުފިޔާ ފޭރިގަތުމަށްފަހު އެމީހުން ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ […]

އައިޝަތު ނަސާޔާ
ކޮމިޓީތަކުގެ ބިލްތައް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފި

ކޮމިޓީތަކުގެ ބިލްތައް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މިވަގުތު ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ. ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައި މިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ސަރުކާރުގެ ބިލްތައް ހުށައެޅުން ލަސްވެގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރު އެމަނިކުފާނަށް ސިފަވެވަޑައިގަންނަވާ ކަމަށެވެ....

އައިޝަތު ނަސާޔާ
ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ

ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި [...

އިބްރާހިމް ޚަލީލް
ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ހއ. އިހަވަންދޫގައި ރޭ ފަށައިފިއެވެ. ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން ރޭ ފެށި މި މަހާސިންތާ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިންނާއެކު ކުރިއަށް ގެންދާ މަހާސިންތާ ރޭ ފެށިއިރު އިއްޔެ ހެނދުނު […]

ޔުމްނާ ޢަލީ
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހދ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ތަމްސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މިގޮތުން މި މުބާރާތުގައި ހދ. އަތޮޅު ތަމްސީލް ކުރުމަށް ބައިވެރިން ހޮވުމަށް ކުރިއަށް ގެންދެވުނު އަތޮޅު ޤުރުއާން އޮޑިޝަންގައި ހދ. އަތޮޅުގެ 10 ރަށަކުންނާއި، ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް މިއަހަރު 6 އުމުރުފުރާއަކުން ޖުމްލަ 131 ބައިވެރިން ވާދަކޮށްފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެ ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު އޮންލައިން ކޮ...

އަޒްފާ ރަޝީދު
އިންޓަ މިލާނާއި ޔުވެންޓަސް މެޗަށް ހަމަހަމަ ނިމުމެއް

އިންޓަ މިލާނާއި ޔުވެންޓަސް މެޗަށް ހަމަހަމަ ނިމުމެއް

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އިންޓަ މިލާނުންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އިންޓަގެ ޗަލޮނގޫ ފޮނުވާލި ބާރު ހަމަލާ ޔުވެންޓަސްގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު […]

އިބްރާހިމް ޚަލީލް
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލްކުލެސިކޯ މެޗް ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ޑެސްޓަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. ރެއާލްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ހުހަށްހުރެ އޭނާ […]

އިބްރާހިމް ޚަލީލް