ގދ. އަތޮޅުގެ މަޑެލި-ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅުވާލަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަލްފާލިލާ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއ...
އަޙްމަދު ވަހީދު
ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދައި ނިމިއްޖެ ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2019 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިމުނީ މި މަހުގެ 15ގައެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައި ވާއިރު، 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް […...
އަޙްމަދު ވަހީދު
ސޯޝަލް މީޑިއާގައި، އެހީ އަށް ބޭނުންވެ ކުރެވިފައި ހުންނަ ޕޯސްޓްތައް ނަގައިގެން، އެކައުންޓް ނަންބަރ ބަދަލުކޮށް މީހުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުންދާ ފަރާތްތަކާއިމެދު ސަމާލުވުމަށް މަމްސް އެންޖީއޯއިން އެދެފި އެވެ. މަމްސް އެންޖީއޯއިން ބުނެފައިވަނީ މި ފަހަކަށް އައިސް މިފަދަ ދަށުދަރަޖައިގެ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ އެހީތެރިކަން ނުލިބި ގެއްލުންތައް ލިބ...
އައިޝަތު ނަސާޔާ
ޑައިރެކްޓް ފްލައިޓްއަށްވާ ފައިސާ ނެގުމަށް ފަހު އިންޑިއާއަށް ދަތުރުކުރާ ދެ ފްލައިޓަކުން ޓްރާސިޓްކޮށް ދަތުރުކޮށްފައިވާތީ ޝަކުވާ ބޮޑުވެއްޖެ އެވެ. ޑައިރެކްޓް ފްލައިޓްއެއްކަމަށް ބުނެ ކަސްޓަމަރުންނަށް ޓިކެޓު ވިއްކާ، ޓްރާންސިޓްކޮށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުކޮށްފައިވަނީ އިންޑިގޯ ފްލައިޓް އަދި އިންޑިއަން އެއާލައިންސްއިން ނެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ސީދާ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސަންޖެހޭ މި ދެ ފްލައިޓްވެސް ވަނީ އިންޑިއާގެ ޓްރެވިންޑްރަމްއަށް...
އަޒްފާ ރަޝީދު
2019 އަހަރު ޑިސެމްބަރ މަހު ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް އިޢުލާންކުރި ރަށްތައް ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބީލަމަށް ހުޅުވާލައިފި އެވެ. މިގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ މަޢުލޫމާތުތައް އިޢުލާންކޮށް ގެޒެޓްކޮށްފައިވާއިރު، މިރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ. އެއިޢުލާނުގައި ހއ. އަތޮޅުން މިފަހަރު އަ...
އިބްރާހިމް އަސްވާޤް
ޕްރައިވެޓް ސެކްޓާ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑާގެ މައި އެއް ތަނބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ. ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލީހް ވަނީ، ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށް ވިދާޅު...
ޝިއުނާ އާދަމް
ހއ. ކެލާ ބަނދަރު ސަރަހައްދުގައި ޤާއިމްކުރެވޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ކެލާ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލައަށް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ގޮސް މައުލޫމާތު ސާފު ކުރަންޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ. މީގެ އިތުރުން […]
އައިޝަތު ނަސާޔާ
މުޖުތަމައު ކުރިއެރުވުމަށް ތައުލީމާއި ތަމްރީން ދޭން އުފައްދާފައިވާ “ޕީސް” ޖަމިއްޔާއަށް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭ ގޮތް ހަދައިފިއެވެ. އުރީދޫ އާއި ޕީސް ޖަމިއްޔާއިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓްނާޝިޕްވެސް ހަދައިފައެވެ. މިއާއެކު އެމްފައިސާ ބޭނުން ކުރާ ކޮންމެ މީހަކަށް ވެސް އެ ޖަމިއްޔާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ޕީސް ގެ އިތުރުންވެސް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެމްފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނ...
އަޙްމަދު ވަހީދު
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ހަވާލުކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީއެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތު ނުކޮށް ހ...
އަޙްމަދު ވަހީދު
ވިސާ ޖަހައިގެން ސައޫދީއަށް އެތެރެވެވޭ ގައުމުތަކުގެ މީހުންތެރެއިން، ސައުދީގައި ތިބި މީހުންނަށް ނޮވެމްބަރުގެ ނިޔަލަށް ވިސާއާއި ނުލައި އެ ގައުމުގައި ތިބެވޭ ގޮތައް ހަމަޖައްސައިފިއެވެ. ވިސާ ޖަހައިގެން ނޫނީ ސައޫދީއަށް އެތެރެނުވެވޭ ގައުމުތަކަކީ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިޔާ، މިސްރު، ތުރުކީ، ބްރެޒިލް، އިތިއޯޕިއާ، ވިއެޓްނާމް، އަފްޤާނިިސްތާން އަދި ލެބަނާން އެވެ. ނަމަވެސް ސައޫދީގެ މިނިންމުމާއެކު މި ޤައުމުތަކުގެ މީހުންނަށް އަންނަ ޑިސެމްބަރުގެ ނިޔަލަށް ސައޫދީއަށް އެތެރެވެވޭނެ އެވެ. ސައުދީގެ ފޮރިން މިނި...
އަޒްފާ ރަޝީދު
ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހު ކަމަށެވެ. މި މަޝްރޫއަގެ ދަށުން، 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. ވ . ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިޕްރެސ...
އަޙްމަދު ވަހީދު
މިމަހުގެ 27 އިން 29 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލުގެ އެހީތެރިކަމާއި އެކު ޤާއިމްކުރެވިގެން ކުރިޔަށްދާ ނޭޝަނަލް ޔޫރޮލޮޖީ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރުގެ ޑޮކްޓަރުން ބައްލަވާނެކަމަށް ކޭއާރްއެޗް އިން ވިދާޅުވެއްޖެ އެވެ. ކޭއާރްއެޗްއިން ވިދާޅުވީ އެ މުއްދަތުގައި ބައްލަވާނީ ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުން ކަމަށެވެ. ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޑޮކްޓަރުންނަކީ އަކީ ކިޑްނީ އާއި ގުޅޭ ބަލިތަކަށާއި ކުޑަ ކަމުދިޔުމުގައި ދިމާވާ މައްސަލަ ފަދަ ކަން...
އަޙްމަދު އަރުޝަމް
ނިޔަމިކަމުގެ ސެޓްފިިކެޓް ލެވެލް 2 ގެ ކޯހެއް ށ. ގޮއިދޫގައި ފެށުމަށް ނިންމައިފިއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޯހަކީ ކަނޑުމަތީގެ ލައިސެންސް ނެގުމާއި އާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ގޮއިދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ. އަދި މިކޯހުގެ ސަބަބުން ތައުލީމީ ސެޓްފިކެޓްއެއް ލިބިގެންދާނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިކޯހުގެ ތެރެއިން ކަނޑުމަތީގެ ރައްކާތެރިކަމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާއި، ނެވިގޭޝަންއާއި ކޮމިއުނިކޭޝަން ގެ އިތުރުން މެރިޓައިމް އަދި ތިމ...
އައިޝަތު ނަސާޔާ
ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުން ކަންބޮޑުވެގެން އުޅެނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން ކަމަށާއި، ދައުލަތް ފުރާލައި ސިޔާސީ މަގާމުތަކަށް މީހުންލައި، ކިތަންމެ ބޮޑު ޚަރަދެއް ކުރިއަސް އެ ބޭފުޅުންނަށް “އޯކޭ”ކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ...
ތިލަދުން
ހއ. މާރަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އެރަށު ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާކޮށްފި އެވެ. އެ ކޮމިޓީގެ ރައީސާ ފާތިމަތު ޝިފްނާ ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކައުންސިލަށް ލައުޑް ސްޕީކަރ ހަދިޔާ ކުރަން ނިންމީ އެރަށުގައި ހުރި ކައުންސިލުގެ ލައުޑް ސްޕީކަރ ތަކުން މުޅި ރަށަށް އަޑު ނުދިއުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އައުމުންކަމަށެވެ. އެގޮތުން، އެ ކޮމިޓީން ކައުންސިލާ ބައްދަލުކުރައްވާ ބެލިބެލުމުން، އެ ކައުންސިލުގެ ދެންނެވުންތައް ފޯރުކޮށްދޭ […]
އަޙްމަދު އަރުޝަމް
ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް ކަމަށާއި، އެ މަޝްރޫޢުގައި ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ. ސައްލެ މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ މައްސަލައަކީ […]
ތިލަދުން
ކޯވިޑް-19 ބަލީގައި އައްޑޫ ސިޓީއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ. މިއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމު 12:10 ހާކަށް ހާއިރުއެވެ. މިއީ އައްޑޫ ސިޓީން މި ބަލީގައި ނިޔާވި 6 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި […]
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ. މިކަން ހާމަކޮށް މިއަދު އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިއަދު ބޭއްވުނު 396 ވަނަ ޖަލްސާއިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ނިންމައި އެ ޕާޓީގެ ރަޖިސްޓަރީ ހަވާލު ކޮށްފައިވާ ކަމަށެވެ. އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ މެމްބަރ މުހައްމަދު ނާޒިމ...
އިބްރާހިމް ޚަލީލް