މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1526 ވަނަ ޞަފްޙާ

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ. އެ އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަ...

ޔުމްނާ ޢަލީ
ފުވައްމުލަކު ކުރީގެ ނެރުތައް ބަންދު ކުރަން ފަށައިފި

ފުވައްމުލަކު ކުރީގެ ނެރުތައް ބަންދު ކުރަން ފަށައިފި

ފުވައްމުލަށް ސިޓީގެ ކުރީގެ ބަންދު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާ...

އަޙްމަދު ވަހީދު
ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

މިއަހަރު ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. އަންނަ މަހުގެ 20 ގައި ފަށާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑޫ ކޯޕަރޭޓް ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެއެވެ. މިއަހަރުގެ މުބާރާތުގައި 32 ޓީމަކުން ބައިވެރިވާނެއެވެ. އަދި އަންހެނުންގެ ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ބައިވެރިވާނެއެވެ. މި މުބާރާތް ނިމޭނީ ޑިސެމްބަރު 30ގައެވެ. މިއީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މުބާރާތެކެވެ. […...

އަޙްމަދު ވަހީދު
ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި

ޕީސީއާރު ނުހަދާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓަށް ކުޅުދުއްފުށި

ޕީސީއާރު ޓެސްޓަކާއި ނުލާ ދަތުރުކުރެވޭ ރަށްތަކުގެ ލިސްޓުގައި ކުޅުދުއްފުށި ސިޓީ ހިމެނިއްޖެ އެވެ. މި ލިސްޓަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މީހުންގެ %90 މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްތަކުގެ ލިސްޓެވެ. އެގޮތުން، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލާ އަދި އެެއްވެސް ކަރަންޓީނު ވުމެއް ނެތި ކުޅުދުއްފުށި ސިޓީ އަށް މިހާރު ދަތުރުކުރެވޭނެއެވެ. އ...

އަޙްމަދު އަރުޝަމް
ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި

ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި

ހަމަސް ދުވަހަށްވުރެ ދިގުމުއްދަތަށް ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް ލާޒިމްކޮށް ގޯތިގެދޮރު ކުއްޔަށް ދިނުމާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި މި ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކޮށްފއި ވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މި ބިލުގައި ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަރަށް...

އިބްރާހިމް ޚަލީލް
އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާފައިވާ ރެފްރީ ކޯސްތަކުގައި ބައިވެރިވެ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެ އެސޯސިއޭޝަނުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 27 އޮކްޓޯބަރ 2021 ގައި އެ އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ރާއްޖޭގައި ހިންގުނު ރެފްރީ ކޯސްތަކުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކޮށް އަދި މިވަގުތު މާލެއާއި އަތޮޅުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންގެ ރަޖިސްޓްރީ އަޕްޑޭޓު ކުރުމަށްޓަކައި އެ ފަރާތްތަކ...

އިބްރާހިމް ޚަލީލް
ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޯގަސްޓް މަހުތެރޭ ކ. ރަސްފަރީގެ ފަރަށް “އެމް.ވީ ނެވިއޯސް އެމެރައިލިސް” ނަމަކަށް ކިޔާ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރި...

އައިޝަތު ނަސާޔާ
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތް: ށ. އަތޮޅު އޮޑިޝަން ނިންމާލައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ އަތޮޅުން ބައިިވެރިވާ ޓީމެއް ނެގުމަށް އޮޑިޝަން އެއް ބާއްވައިފިއެވެ. އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި އޮޑިޝަންގައި އެއަތޮޅުގެ 11 ރަށަކުން ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށް ށ. އަތޮޅު ކައުންސިލުން ހާމަ ކުރަށްވައެވެ. އެއީ 6 އަހަރުން ދަށުގެ އުމުރުފުރާއިން 25 ދަރިވަރުނުންނާއި، […]

އައިޝަތު ނަސާޔާ
ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ

ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ

ވައްކަމުގެ 2 މައްސަލައަކާއި ގުޅިގެން 3 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިގޮތުން ފުރަތަމަ މައްސަލައަކީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި މިދިޔަ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީއިން ފޯނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ. ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/RWu6MlB5YJ pic.twitt...

އައިޝަތު ނަސާޔާ
އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ. ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ. “މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން.” އުތީމު ކައުންސިލުން ވިދާޅުވެފައިވެއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު

ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު

ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި މިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށެވެ. 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކ...

އައިޝަތު ނަސާޔާ
ޕެނަލްޓީގައި ސައުތެމްޓަން ބަލިކޮށް ޗެލްސީ ކުއާޓާއަށް

ޕެނަލްޓީގައި ސައުތެމްޓަން ބަލިކޮށް ޗެލްސީ ކުއާޓާއަށް

އިނގިރޭސި ލީގު ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީ މި މެޗު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ސައުޓެމްޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗެލްސީން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގަ ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު […]

އިބްރާހިމް ޚަލީލް
ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް

ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް

ރަނގަޅަށް ދިރާސާ ނުކޮށް، ވޯޓު ކައިރިވުމުން ރައްޔިތުންގެ “ލޮލުގައި އަނދުން” އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ގަރާރުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން އޭރު އެކަމަށް ފާޑުކިޔައި، ހަޖޫޖަހައި ރާއ...

ތިލަދުން
3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު...

ޔުމްނާ ޢަލީ
ޓޮރީނޯ ބަލިކޮށް މިލާން އެއްވަނައަށް

ޓޮރީނޯ ބަލިކޮށް މިލާން އެއްވަނައަށް

އިޓާލިއަން ލީގުގައި އޭސީ މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމާއެކު މިލާނަށް ވަނީ އެ ޓީމް ލީގުގައި ކުޅުނު 10 މެޗުން 28 ޕޮއިންޓް ލިބިފައެވެ. މިވަގުތު މިލާން އޮތީ ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި 9 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ. ލީގުގައި ނަޕޯލީ […]

އިބްރާހިމް ޚަލީލް
ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ. މިއީ ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އިމާރާތެއް ހޯދަން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިގޮތުން ފުރަތަކުރި ޢިއުލާނަށް އެކަށޭނަ ތަރުހީބެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކުރައްވާފައެވެ. ކުމުންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފެށުމަށް، އިމާރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާއިރު، މި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފ...

އައިޝަތު ނަސާޔާ
ރައީސްގެ ދެކަނބަލުން، ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ރައީސްގެ ދެކަނބަލުން، ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދުބާއީމޯލް ގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާިޙްގެ ދެކަނބަލުން ވަނީ ދިވެހި ޢާއިލާތަކާ ޚިޔާލުބަދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ރައީސް ޞ...

ޔުމްނާ ޢަލީ
އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ

އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ

ގާނޫނުއަސާސީ އިސްލާހްކުރުމަށް އެމްޑީޕީއިން އެހީއަށް އެދުނު ކަމަށާއި، ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސްވެރިންނާއެކު އެމްއ...

އަލީ އާދިލް