ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުވައްޒަފުން ވެގެން 67،202 ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިއީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެރަށުގެ އެކިތަންތަނަށް ދޫކޮށްލާފައި ހުރި ޕްލާސްޓިކް ފުޅިއެވެ. މި ފުޅިތައް ރިސައިކަލް ކުރުމަށް ހަވާލުކުރާނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާ އެވެ. މިއީ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ”ގެ ދަށުން އެ ސްކޫލުން މިޒާތުގެ ޕްލާސްޓިކްފުޅި އެއްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބުރުގައި ވަނީ 1.26 ޓަނު ޕްލާސްޓިކް އެއްކޮށްފަ...
ޙުސައިން ޝަހުދީ
ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ. މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަން...
އިބްރާހިމް ޚަލީލް
ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ތަމުސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މި ގޮތުން އެ މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިޝަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން މިހާރު ހޮވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި އޮޑިޝަންގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ އަތޮޅުގެ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިޝަންގައި […]
ޙުސައިން ޝަހުދީ
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ އާއި އެމްއެމްޕީއާރުސީ އާއި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް […]
އަޙްމަދު ވަހީދު
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ގައިން ކުއްލިއަކަށް 20 ކިލޯ ލުއިކޮށްލީ އުތުރު ކޮރެއާ ރައްޔިތުންގެ ހަމްދަރުދީ ހޯދުމުގެ އުކުޅެއްގެ ގޮތުންކަމަށް ދެކުނު ކޮރެއާއިން ތުހުމަތު ކޮށްފިއެވެ. މިގޮތުން ދެކުނު ކޮރެއާގެ ފާރަވެރިން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލައި ދިރާސާކޮށްފައެވެ. އެ ވީޑިއޯ އަދި ފޮޓޯތަކުން ކިމް ހިކި ކަމަށް ދައްކާތީ އޭނާގެ ފިޔަވަޅުތައް ވަރަށް ކައިރިން ބަލާ ފާރަވެރިވަމުން އަންނަ ކަަމަށް ދެކުނު ކޮރެއާއިން […]
އަޒްފާ ރަޝީދު
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ހދ. ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރި، ހދ. ކުޅުދުއްފުށީ، ރެޑްޕާލް، އާދަމް ޝަރީފް މުހައްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް އިއްޔެ ސޮއިކޮށްފިއެވެ. ކުރިން އެމްޑީޕީއާއި، ޑީއާރުޕީގައި ވެސް އިސް ސަފުގައި މަސައްކަތްކުރި އާދަމް ޝަރީފް އެމްއެންޕީއާއި ގުޅުނުކަން ހާމަކޮށް އެ ޕާޓީން ބުނީ، ސިޔާސީ ދާއިރާގައި، ޚާއްސަކޮށް ސިޔާސީ ކެމެޕެއިންތަކުގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކުޅުދުއްފުށި އާދަމް ޝަރީފް އެމްއެންޕީއަށް ސޮއިކޮށްފައިވާ...
އަލީ އާދިލް
މިއަހަރުގެ ތިންވަނަ ކުއާޓާގައު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. ރޭ އެސްޓީއޯއިން އާއްމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނިމުނު ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ އިތުރުވީ އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުމުން ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު […]
އަޙްމަދު ވަހީދު
މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެ، ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ގައުމީ ޓީމުން ކުރި ހިތްވަރު ފާހަގަ ކޮށް ސާބަސް ދެއްވުމުގެ ގޮތުން ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒަމާނުއްސުރެ މާލެ ސިޓިގައި އޮންނަ އަވަށު ފޯރިއާއި ރޫހު ދިރުވުމަށް މާލެ ސިޓީގައި އެކި އެކި ކުޅިވަރު މުބާރާތްތައް […]
އައިޝަތު ނަސާޔާ
ހއ. ދިއްދޫގެ ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތަށް ހަދަން އެރަށު ކައުންސިލުން އަންގައިފިއެވެ. އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެން ހޮޅިތައް 28 ނޮވެމްބަރ 2021 ގެ ކުރިން ބިމުގެ އަޑިއަށް ފެން ހިނދޭގޮތަށް ރަނގަޅުކުރުމަށް އަންގާ ކަމަށެވެ، އެ އުސޫލުގެ ދަށުން އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްގެ ތެރެއިންވެސް މަގުމައްޗަށް ހުންނަ ފެންހޮޅިތައް ރަނގަޅު ކުރ...
އައިޝަތު ނަސާޔާ
ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު”ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މަޝްރޫޢުއެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން ޢިލްމް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒ...
އައިޝަތު ނަސާޔާ
ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުމާ ގުޅިގެން ފިޗުން ރާއްޖޭއަށް ދިން ރޭޓިން މަތިކޮށްފިއެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ ރޭޓިން ބީ މައިނަސްއަށް ބަދަލުކޮށްފައެވެ. މިދިޔަ އަހަރު ފިޗުން ދިނީ “ސީސީސީ” ރޭޓިންއެކެވެ. މިއީ ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނެ ދިން ރޭޓިންއެކެވެ. ފިޗުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ހޯދަން ދަތިވިނަމަވެސް މިއަހަރު […]
އަޙްމަދު ވަހީދު
ރާއްޖޭގެ މިއުޒިޝަންސް ޔޫނިއަން (އެމްޔޫއެމް) އަށް “އުރީދޫ ވާކް ގްރޫޕް” ޕެކޭޖްގެ ހިދުމަތް ދޭން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް ގެ މެންބަރުންނަށް “އުރީދޫ ވާކް ގްރޫޕް” ގެ ގިނަ ހިދުމަތްތަކެއް ލިމިޓެއް ނެތި ލިބޭނެއެވެ. މީގެ ތެރޭގައި ހިލޭ ގުޅުމާއި އެސްއެމްއެސް ގެ ހިދުމަތާއި ހަތަރު ޑިޖިޓުން ގުޅަން ބޭނުންކުރާ “ޝޯޓްކޯޑް” ގެ ހިދުމަތާއި “ވާކް ގްރޫޕް” ގެ ބޭރުން ހިލޭ ގުޅޭ ނަންބަރުތަކެއް ހުރުން ފަދަ ހިދުމަތްްތައް ހިމެނެއެވެ. މީގެ އިތުރުން “ވާކް […]
އަޙްމަދު ވަހީދު
މަދަނީ ޖަމިއްޔާތައް ހިންގުމަށް، ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ. ޞަބާޙް މިހެން ވިދާޅުވީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޞަބާޙްގެ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މަދަނީ ޖަމިއްޔާތައް ހިންގުމަށް ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހެއެވެ. އަދި މަދަނީ ޖަމިއްޔާތަކު...
އަޙްމަދު އަރުޝަމް
އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ “ދިޔަރެސް” ނޫހުގައި ޝާއިރު ކުރި ހަބަރަކާ ގުޅިގެންނެވެ. މިއީ އެ ކުންފުނި ބަދުނާމު ވާގޮތަށް ލިޔުނު ހަބަރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ. ދިޔަރެސް ނޫހުން އާއްމު ކޮށްފައިވާ ހަބަރުގައި ބުނެފައިވާ ގޮތުގައ...
އަޙްމަދު ވަހީދު
ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިފްތިތާހު ކޮށްފިއެވެ. މިއަދު އިންނަމާދޫގައި ބޭއްވި ރަސްްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އާއި، މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އާއި އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީންއެވެ. މި ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލް ރައީސް ހުސައިން ނާސިފް އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގ...
އަޙްމަދު ވަހީދު
ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި...
އައިޝަތު ނަސާޔާ
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓް ކާމިޔާބުކުރުމުގެ ގަދަ އަޒުމުގައި ކްލަބް ވެމްކޯއިން ނިކުމެއްޖެ އެވެ. ރާއްޖޭގައި ހިންގާ ރަސްމީ އޮފީސްތަކަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ ފުޓްސަލް މުބާރާތް ކުރިއަށް ދަނީ އަންހެން އަދި ފިރިހެން ވަކިން، 2 މުބާރާތަކަށް ބަހާލައިގެންނެވެ. އެގޮތުން، “ކްލަބް މޯލްޑިވްސް 2021” މިނަމުގައި ކުރިއަށްދާނީ ފިރިހެން ޓީމުތައް ވާދަކުރާ މުބާރާތެވެ. އަދި އަންހެން ޓީމުތަކުން ވާދަކުރާނީ “...
އަޙްމަދު އަރުޝަމް
ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރ...
އައިޝަތު ނަސާޔާ