މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުން ގަވާއިދާ ހިލާފުވާނަމަ ވަގުތު އެކަން އެންގުމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ. އާއްމު ރައްޔިތަކު ކުރި ޓްވީޓަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ބަސް ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުންނަށް ޓްރެފިކް ގަވާއިދުތައް ކިޔައިދޭ ކަމަށެވެ. އެހެންވެ، ގަވާއިދާ ހިލާފުވާނަމަ އެކަން މެއިލްގެ ޒަރީއާއިން ނުވަތަ 1650 އަށް ގުޅައިގެން ތަފްސީލް މައުލޫމާތު ދިނުމަށް އޭނާ އެދިވަޑައިގަތެވެ....
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ. އެ ބޭފުޅުން މީގެ ކުރިން ވެސް ވަނީ އެ އޯޑިއޯތަކުގެ މައުލޫމާތު ހޯދަން ފުލުހުންގެ އިދާރާއަށް ވަޑައިގެންފައެވެ. ފުލުހުންގެ މައި އިދާރާއަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަ...
އަލީ އާދިލް
ވީއައިއޭ ގައި ހުންނަ “ޕޯސްޓް ޝޮޕް” އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑު ދޫކުރަން ފަށައިފިއެވެ. އެމްޓީސީސީން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް އެ ފިހާރައިން ބަސް ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ބަސް ދަތުރު ކާޑު ވިއްކުމާއި ރީލޯޑު ކޮށްދިނުމާއި ސިންގަލް ޖާނީ ޓިކެޓް ލިބޭނޭކަމަށް އެ ކުންފުނިން ބުންޏެވެ. ބަސް ކާޑު ހޯދުމާއި ކާޑަށް ރުފިޔާ އެޅުމުގެ ޚިދުމަތް މާލެއިން މިހާރުދެނީ ހެންވޭރު […]
އަޙްމަދު ވަހީދު
ހުޅުމާލޭގައި ހަދާ އުރީދޫގެ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އުރީދޫ ސިއީއޯ ނަޖީބު ހާން އާއި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންގެ ބައެއް ވެރިންނެވެ. އުރީދޫ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވީ މި އިމާރާތް ތަރައްގީ ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަމަށެވެ. އުރީދޫން އަޅާ މި އިމާރާތުގައި 11 ފްލޯ ހުންނާނެއެވެ. މި އިމާރާތުގައި ހައި ޕާފޯމަންސް […]
އަޙްމަދު ވަހީދު
215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ރ. މަޑުއްވަރިއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެރަށު ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި އެރަށު ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ. މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކ...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޛުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު “ދިވެހިރާއްޖޭގެ ފޮރިން ސަރވިސް” ގެ ނަމުގައި، ދިވެހ...
ޔުމްނާ ޢަލީ
ލަންޑަނުގައި 1000 ފޫޓުގެ ސްކައި ސްކްރެޕަރއެއް ހެދުމަށް އެކުލަވާލި ޕްލޭން އިނގިރޭސިވިލާތުގެ ސަރުކާރުން ބޭރުކޮށްލައި އެމަސައްކަތް ހުއްޓުވައިފި އެވެ. “ޓިއުލިޕް ޓަވަރު” ނަމުން ނަންދީފައިވާ މި ސްކައި ކްރެޕަރ ހެދުމަށް ލަންޑަން ސިޓީގެ ކޯޕަރޭޝަނަކުންވަނީ ހުއްދަދީފަ އެވެ. ނަމަވެސް އިނގިރޭސި ސަރުކާރުގެ ޕެނަލަށް ފޮނުވުމުންވަނީ މި ޓަވަރުގެ ލިޔެކިޔުންތައް ދިރާސާކޮށް މި ޕްލޭން ބާތިލްކޮށްފަ އެވެ. މިޕްލޭން ބޭރުކޮށް މިކން ހުޓުވުމުގައި އިސްކޮން ހުރީ ލަންޑަންގެ މޭޔަރެވެ. އެގޮތުން މޭޔަރު ލިޔެކިޔުންތައް ބާތިލްކޮށްފަ...
އަޒްފާ ރަޝީދު
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުން ހޯދުމަށް އާންމުންގެ ކިބައިން އެދިއްޖެ އެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުން ވައްކަން ކޮށްފައިވަނީ ހެންވޭރު ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެންކަމަށެވެ. ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ދެމީހުންނަކީ 2021 އޮކްޓޫބަރު 18 ވަނަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ...
އިބްރާހިމް އަސްވާޤް
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެ...
އަލީ އާދިލް
މިސްރުގެ ދެކުނުގެ އަސްވާން ސަހަރުގައި ނަގުލަންދާށީގެ ތުރާ ބޮޑުވެއްޖެ އެވެ. ނަގުލާންދާށި ކަށިޖެހުމުގެ ސަބަބުން 3 މީހަކު މަރުވެ 450 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުން އަންނަކަމަށް އެގައުމުގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ ނަގުލަންދާށިތައް ސިޓީގެ ތެރޭގައި ގިނަ ވެފައިވަނީ މޫސުން ގޯސްވެ ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ނީލަ ކޯރު ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުންކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަައެވެ. ނަގުލ...
އަޒްފާ ރަޝީދު
ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފަ އޮތުމުން ޒުވާނުންގެ ކަންބޮޑުވުން ފާޅުކުރުމަށް އިޙްތިޖާޖު ކުރުމަށް ނިންމައިފި އެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ މިއީ އެރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ އިޙްތިޖާޖެއްކަމަށެވެ. ދަނޑު ސަރަހައްދުގައި އިޙްތިޖާޖު ކުރުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4:30 ގައެވެ. އެޒުވާނުންގެ ކަންބޮޑުވުމަކީ 50 ދުވަސް ތެރޭގަ ނިންމަން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހަވާލު ކުރި ސަބްބޭސްގެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އަހަރެއް...
އަލީ އާދިލް
ހިންދުމާ ކަނޑުތެރޭގައި އުފެދިފައިވާ ކުދި ޖަޒީރާތަކުގެ ތެރެއިން ޤުދުރަތީ ޖާދޫގެ މުރަކައެއް މަތީ މަޑުނޫކުލައިގެ ސާފު ބޮޑު ފަޅެއްގެ މެދަށް ހުދުވެލިން ފިނޮޅެއް އުފެދި ނަލަނަލަކޮށް ފެތުރިލައި އޮވެ ބިޔަ ގަސް ރުކުން މަލަފެވޭ ޗާލު މަލަމަތިން ހާއި، ހެލޯ ޖަހައި އޮތުމަކީ ށ އިން ބިލެތްފަހި ހަމައެކަނި އަދާކުރަންޖެހޭ ދައުރު ނޫންކަން ހިތުގެ އަޑިން ރަށުގެ މުޅި އިހްތިސާސްދެކެ ލޯބިވާ ށ ބިލެތްފަހީގެ ރަށްވެހިން ޤަބޫލުކުރެއެވެ. ދިގުމިނުގައި 1.92 ކިލޯ މީޓަރު އަދި ފުޅާމިނުގައި 0.63 […]
އިބްރާހީމް ފައިސަލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޕްގުރޭޑްގެ މަސައްކަތެއް ކުރުމަށް ޚިދުމަތްތައް މެދުކަނޑާލި ވަގުތު އުންމީދު ކުރިވަރަށްވުރެއް އިތުރުވެފައިވާތީ އެވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމަށް އެބޭންކުން ޝުކުރު އަދާކޮށްފި އެވެ. ޚިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން އެބޭންކުގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށްވަނީ ވަރަށް ބޮޑެތި ތުރާތަކާއި ތަކުލީފުތައް ކުރިމަތިވެފަ އެވެ. ބީއެމްއެލްއިން ރޭ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ފަތިހު 4 ޖެހި އިރު އެވެ. މެއިންޓަރނެންސްގެ މަސައް...
އިބްރާހިމް އަސްވާޤް
ހދ. ކުރިނބި ކައުންސިލްއާއި ކުރިނބި “ޔޫތް މޫވްމަންޓް” ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެރަށުގެ ދަނޑުވެރިން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ. ނޮވެމްބަރ މަހުގެ 4 އިން 6 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔާވާދެެއްވާފައިވަނީ ޕްރައިމް ފަރޓިލައިޒަރގެ ޓްރެއިނަރ މުޙައްމަދު ޒާހިރެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ޔޫތް މޫވްމަންޓް...
އައިޝަތު ނަސާޔާ
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލ...
ތިލަދުން
ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރި ހޯދައިފިއެވެ. ބަންގްލަދޭޝް މިއަދުގެ މެޗް ކާޔާބުކުރީ މެޗު ނިމެންދަނިކޮށް މެޗްގެ 86 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، 2-1 ލަނޑުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި […]
ހުސައިން ހަބީބް
ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލުކުރެވޭނެ ހިދުމަތެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފް ކޮށްފައިވަނީ މިއަދު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަޑައިގެންނެވިއެވެ. ފެނަކައިން ބުނީ، މި ހިދުމަތް ތައާރަފް ކުރެވުމާއެކު ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދައިދެވޭނެ...
އަޙްމަދު ވަހީދު
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބޭއްވި، ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. “ދިއްދޫ ރައީސް ހޭންޑް ބޯލް މުބާރާތް 2021″ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. އެ ޓީމްތަކަކީ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލްގެ […...
ޙުސައިން ޝަހުދީ