ސްޕެއިންގެ ކެނެރީ އައިލެންޑްސްގެ ލަ ޕާލްމާގައި ގޮވި އަލިފާން ފަރުބަދައިން ފޭބި ދިޔާ އަލިފާންތައް އެޓްލާންޓިކް ކަނޑާއި ހަމައަށް ފެތުރިއްޖެއެވެ. ސްޕެއިންގެ ބައިނައްލަޤްވަމީ ނޫސް އިދާރާ އާރް.ޓި.ވީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި 3.9 މެގްނެޓިއުޑްގެ ބާރު މިނުގައި 113 ބިންހެލުމެއް އައިސް އަލިފާން ފަރުބަދަ އިތުރަށް ގޮވައި ދިޔާ އަލިފާންތައް މިހާރު އެޓްލާންޓިކް ކަނޑާއި ހަމައަށް ފެތުރިފައިވާކަމަށެވެ. ސެޕްޓެމްބަރުމަހުގެ ތެރޭގައި ގޮވި މި އަލިފާން ފަރުބަދައިގެ ދިޔާ އަލިފާންތައް ލަ ޕާލްމާގެ ތެރެއަށް ފެތުރު ގާ...
އަޒްފާ ރަޝީދު
ތޭރަ ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ކަންބޮޑުވުން ފާޅުކުރެއްވީ ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން އާންމުކުރެއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ފުލުހުން ވިދާޅުވެފައި ވަނީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި، ޖެން...
ޝިއުނާ އާދަމް
ކުރިން ދުވާލަކު 8 ގަޑިއިރު ޚިދުމަތް ދެމުން ގެންދިޔަ ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް މިއަދު ބަދަލުކޮށްފިއެވެ. އެ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށް، އެބަދަލުގެ ދަށުން ޑޮކްޓަރަށް ދެއްކޭނެ ގަޑިތަކާއި، ބޭސް އެޅުމާއި ޕަބްލިކް ހެލްތް ޔުނިޓްގެ ޚިދުމަތް ލިބޭނޭ ވަގުތުތައް އެ މަރުކަޒުން މިހާރުވަނީ އާންމު ކުރަށްވާފައެވެ. މިގޮތުން ބަލިމީހުން ބެލުމުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިިހާ ދުވަހަކު ވެސް ދޭނެ ކަމަށް އެ މަރުކަޒުން […]
ޔުމްނާ ޢަލީ
އަންނަ 2022 ވަނަ އަހަރުން ފެށިގެން ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ […]
ޝިއުނާ އާދަމް
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 117 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. މީގެތެރޭގައި ތިލަދުންމަތީގެ ރަށްތަކަށް ނިސްބަތްވާ 13 ބޭފުޅަކު ހިމެނެއެވެ. އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭ...
ތިލަދުން
ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ، ހަތުރުވެރިކަމާއި ޢަދާވާތްތެރިކަން ނޫންކަން، ދައްކަންޖެހޭ ކަމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރެއިންވެސް، އަލުން...
ޔުމްނާ ޢަލީ
ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނިގޮތުގައި، ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. އަދި އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް...
އަޙްމަދު ވަހީދު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑޮރެކްޓަރ ގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ ސްޓްވާޓް މަގާމުން ވަކިކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އޭނާ ވަކި ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ އެންގުމާ އެއްގޮތަށް އިއްޔެ ކަމަށެވެ. ގޯޑަން ކޮށްދެއްވި ހިދުމަތަށް އެމްއޭސީއެލް އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ގޯޑަން އެމްއޭސީއެލްގެ ހިންގުމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް […]
އަޙްމަދު ވަހީދު
މިއަހަރު ނިމުމުގެ ކުރިން ހދ. ވައިކަރަދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާނެ ތަނަކަށް ހެދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިޓޭ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ޞިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ޖަހާފައިއޮތްކަން ފާހަގަ ކުރަށްވާ ކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާ ސަރަހައްދުތަކަށް ބަހާލުމުގެ ގޮތުން، އެ ވިސްނުމުގައި ބަޖެޓުކ...
އިބްރާހިމް އަސްވާޤް
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 23:15 އިން ފެށިގެން ފަތިހު 05:15 އާއި […]
އިބްރާހިމް އަސްވާޤް
ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ އިންސްޓިޓިއުޓްއިން ބުނެފިއެވެ. ޢިލްމު އިންސްޓިޓިއުޓް އިން ބުނީ، “ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު”ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މި ޕްރޮގްރާމަށް ފޯރމް ހުށަހެޅުމަށް 7 ނޮވެމްބަރުގައި ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން 10 ނޮވެމްބަރުގެ ނިޔަލަށް 3...
ޙުސައިން ޝަހުދީ
މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެސްޓީއޯ އިން ވިއްކަމުންދާ “މޯލްޑިވްސް ސިމެންތި”ގެ ވިޔަފާރި އިތުރަށް ފުޅާކޮށް މާކެޓްކުރުމަށްޓަކައި، މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އ...
އިބްރާހިމް އަސްވާޤް
ތަނެއްގައި ވަޒަންވެރިވާނަމަ އެތަނުގެ ބާޒާރަކީ ތިޔާގެ ބާޒާރަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެތަނުގައި ފަސޭހަ ހަކީމެއް ހުންނަންވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުޅަ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ، ސަރަޙައްދުތަކަށް ބޭލޭ މުދަލުން ޑިއުޓީ މާފްކޮށްދިނުމާއި، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މުދާ ހޯދައިދިނ...
ތިލަދުން
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފ...
ޖަލްވާން ޖާދުﷲ
ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021” 11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ […]
އިބްރާހިމް ޚަލީލް
މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ އެވެ. ޖީ.ސީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕެޓްރިކް ވާރކޫއިޖެން އ...
އަލީ އާދިލް
ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ. މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތ...
ތިލަދުން
ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމެއް ނުވަތަ ތަމްރީނެއް ޙާސިލްނުކުރާ އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށް 40،157 ޒުވާނުން އެބަތިބި ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ކަންބޮޑުވާވަރުގެ މައްސަލަ އެކެވެ. ސްޓެޓިސްޓިކްސް ބިއުރޯ އިން “ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019” ނަމުގައި ކުރިއަށް ގެންދެވުނު ސާރވޭ އިން އަންދާޒާކުރެވުނުގޮތުގައި، ރާއްޖޭގެ އިދާރީ ރަށްރަށުގެ ޢާންމު ގޭބިސީތަކުގައި...
އަޙްމަދު އަރުޝަމް