މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1513 ވަނަ ޞަފްޙާ

ކެލާގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމާލައިފި

ކެލާގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯސް ނިންމާލައިފި

ހއ. ކެލާ ކައުންސިލްއާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. އެގޮތުން ރޭގައި ކެލާގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތ...

އައިޝަތު ނަސާޔާ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފި

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މި މަހުގެ 11 ވަނަ ދުވަހަށް ތާވަލު ކުރެވިފައި ވީ ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން، މި މުބާރާތް ފަށާފައި ވަނީ 12 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގައި ރޭ ދެ […]

އިބްރާހިމް ޚަލީލް
ކޯވިޑް ވެކްސިންނާއި، މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި ޑޮކްޓަރަކު ކޯވިޑް ބަލީގައި މަރުވެއްޖެ

ކޯވިޑް ވެކްސިންނާއި، މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި ޑޮކްޓަރަކު ކޯވިޑް ބަލީގައި މަރުވެއްޖެ

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންނާއި، ކޯވިޑް ވައިސްރައިން ރައްކާތެރިވުމަށް މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި އެމެރިކާގެ ޑޮކެޓަރެއްކަމަށްވާ ޑރ. ކްރިސްޓޮފާ ފޮލޭ ކޯވިޑް ބަލީގައި މަރުވެއްޖެއެވެ. އެމެރިކާގެ މެނިސޯޓާގެ ޑޮކްޓަރު ޑރ. ފޮލޭ ވަނީ ކޮރޯނާ ވައިރަސްއިން ދިފާއުމަށް ބޭނުންކުރާ ވެކްސިންނާއި ދެކޮޅަށް ވާހަކަ ދައްކައި، މީހުންގެ ހިތުގައި ވަހުމް އުފެދޭފަދަ ވާހަކަތައް ފަތުރާފައެވެ. މިގޮތުން އެ ވެކްސިން އަކީ އިންސާނުން ގަޔަށް ޖަހައިގެން ވެކްސިން އުފައްދާ މީހުން އެކްސްޕެރިމެންޓް ނުވަތަ ވެކްސި...

އަޒްފާ ރަޝީދު
އައިސްކުރީމް ރަހަލާ ނޫކުލައިގެ ދޮންކެޔޮ؟ ހަޤީގަތެއްތަ؟

އައިސްކުރީމް ރަހަލާ ނޫކުލައިގެ ދޮންކެޔޮ؟ ހަޤީގަތެއްތަ؟

މިދުވަސްވަރު މީސް މީޑިޔާގައި އެންމެ ގިނައިން ދައުރު ވަމުން އަންނަ ދޮންކޭލަކީ ކޮބައިތޯ އަހައިފިއްޔާ ބުނާނީ ނޫކުލައިގެ ދޮން ކޭލެއްގެ ވާހަކަ އެވެ. ބްލޫ ޖާވާ ބަނާނާ ނުވަތަ ބުލޫ ބަނާނާ އަށް ގިނަ ބަޔެއްގެ ސަމާލުކަންމިވަނީ ހުއްޓިފަ އެވެ. ނަމަވެސް މިއީ ކިހާ ވަރެއްގެ ހަޤީގަތެއް ބާއެވެ؟ އިންޓަރނެޓްގައި ދައުރުވަމުން އަންނަ ފޮޓޯތަކުގައި ނޫ ކުލައިގައި ހުރި ދޮންކެޔޮވައްތަކެއް ފެންނަން ހުރި ނަމަވެސް މިއީ ހަދާފައިވާ ފޮޓޯތަކެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އިންޓަނެޓްގައި […]

އަޒްފާ ރަޝީދު
ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން

ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވާރޭވެހިފައި އޮއްވާ އޭނާ ސައިކަލުގެ ކުރީ ބުރެކި ޖެއްސުމުން ކަމަށެވެ. އަދި އެ ވަގުތު އެކްސިޑެންޓް ހިނގިތާ ކައިރީގައި އެމްޓީސީސީ ބަހެއް އޮތް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދެއްކީ އޯގާތެރިކަމުގެ ނަމޫނާ މިސާލެއް ކަމ...

އަޙްމަދު ވަހީދު
އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

އިހަވަންދޫ އިމަގުން ލިޔުންތެރިން އުފެއްދުމަށް "މުސައްނިފު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ލިޔުތެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. “މުސައްނިފު” ގެ ނަމުގައި ކުރިއަށް ގެންދާ ލިޔުންތެރިކަން ދަސްކޮށްދޭ މި ޕްރޮގްރާމް ފަށާފައި ވަނީ 10 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ. އިމަގު ޖަމްޢިއްޔާގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރްގޮރާމް ނިންމާލުމަށް ހަމަޖެހިފައި ވަނީ 13 ނޮވެމްބަރ 2021 ވާ ހޮނިހިރު […]

އިބްރާހިމް ޚަލީލް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުކޮށް، އުމްރާނީ ތަރައްގީ ގެނެސްދޭނެ ބަޖެޓެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ، 2022ވަނަ އަހަރުގެ ބަޖެޓަކީ މިއީ، ހާސްކަންމަތީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް، ދިވެހި ޖިންސުންލަޠީފުންނަށް އުއްމީދާއި، އާރ...

ތިލަދުން
ސާފިން ޗެމްޕިއަންޝިޕުގެ ކޯސްޕޮންސަރަކަށް އެސްޓީއޯ

ސާފިން ޗެމްޕިއަންޝިޕުގެ ކޯސްޕޮންސަރަކަށް އެސްޓީއޯ

މިއަހަރު ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ ތިން ކޯ ސްޕޮންސަރުންނާއެކު އެއްބަސަވުމެއްގައި ސޮއި ކޮށްފައެވެ. މީގެ ތެރޭގައި އެސްޓީއޯގެ އިތުރުން ޔޫރޯ ސްޓޯރާއި އެޓޯލް އެޑްވެންޗާސް ހިމެނެއެވެ. “ރަންނަމާރި ޗެލެންޖް 1443 “ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މިއީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް […]

އަޙްމަދު ވަހީދު
އަފްގާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީފި

އަފްގާނިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީފި

ހުކުރު ވަގުތުގައި އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާއެއްދީފިއެވެ. ތާލިބާނުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ބޮމުގެ ހަމަލާގައި 3 މީހަކު މަރުވެ 15 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހުކުރު ވަގުތުގައި މިސްކިތައް އަމާޒުކޮށްދީފައިވާ ބޮމުގެ ހަމަލާގައި އިމާމްގެ އިތުރުން 15 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަ...

އަޒްފާ ރަޝީދު
ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި

ކޮޅިގަނޑެއްގައި ޖެހި ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފި، 2 ކުޑަކުދިން ތިބި

މަހަށް ނުކުމެއުޅުނު ހދ. ނޮޅިވަރަމް ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ބަނޑުން ޖަހާލާފައި ވަނީ ނޮޅިވަރަމާއި، ނޮޅިވަރަންފަރާއި ދެރަށް ދޭތެރެއަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއް ކަމަށެވެ. ޑިންގީ ބަންޑުން ޖަހާލަން މެދުވެރިވީ އައި ވިލާގަނޑެއްގައި ޖެހި، ޑިންގީއަށް ރާޅެއް އަރައިގެންނެވެ. މި ހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރ...

ޔުމްނާ ޢަލީ
ވައްކަމެއްނުކޮށް ކަމެއް ކޮށްފިނަމަ ޕީޕީއެމް މެންބަރުންނަކަށް ކަމަކުނުދާނެ: ރާޢީ

ވައްކަމެއްނުކޮށް ކަމެއް ކޮށްފިނަމަ ޕީޕީއެމް މެންބަރުންނަކަށް ކަމަކުނުދާނެ: ރާޢީ

މި ސަރުކާރުން އަމާޒުހިފި ވަޢުދުތައް ރައްޔިތުންނަށް ފުއްދަމުންދާ ކަމަށާއި، އެހެންނަމަވެސް ވައްކަމެއްނުކޮށް ކަމެއް ކޮށްފިނަމަ އިދިކޮޅު ޕީޕީއެމަށް މަޖިލިސް މެންބަރުންނަށް ކަމުނުދާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، އޭނާ ބަޖެޓަށް ތާއީދު ކުރަށްވަނީ އޭނާ ނިސްބަތްވާ ދާއިރާއަށް އާ މާގިނަ މަޝްރޫޢު ބަޖެޓްގައި ނެތްނަމަވެސް ޖުމްލަ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެމްޑީޕީން ދެއްކި ވާހަކަތައް...

ތިލަދުން
އިލޯން މަސްކުގެ ޓެސްލާގެ ހިއްސާތަކެއް ވިއްކާލައިފި

އިލޯން މަސްކުގެ ޓެސްލާގެ ހިއްސާތަކެއް ވިއްކާލައިފި

ޓެސްލާގައި އޮތް އީލޯން މަސްކުގެ އަމިއްލަ ހިއްސާގެ ތެރެއިން 10 އިންސައްތަ ހިއްސާ ވިއްކާލައިފިއެވެ. އޭނާ ވަނީ މި ހިއްސާ ވިއްކާލުމުގެ ކުރިން ޓްވިޓާގެ ޕޯލެއް ނަގާފައެވެ. މި ޕޯލް ނިންމާލިއިރު 57.9 އިންސައްތަ މީހުން ވޯޓް ދިނީ ހިއްސާ ވިއްކައިލުމަށް އެދި އެވެ. އެކަމާ ދެކޮޅަށް ވޯޓްދިނީ 42.1 އިންސައްތަ މީހުންނެވެ. މި ޕޯލްގައި ބޮޑު އިންސައްތައަށް ހިއްސާ ވިއްކާލަން އެދި ވޯޓު ދިނުމުން އީލޯން ވަނީ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފި އެވެ. […]

އަޙްމަދު ވަހީދު
ތިލަފުށީގެ ބިންތައް ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ

ތިލަފުށީގެ ބިންތައް ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނަން: އެޗްޑީސީ

ކ.ތިލަފުށިން ދޫކޮށްފައިވާ ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރްޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުއްޓަކީ މި ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ވިޔަފާރި ހަބް ކަމަށްވާއިރު އެ ރަށުން ކުއްޔަށް ބިން ދޫކޮށްފައިވަނީ ވިޔަފާރިތައް ފުޅާކޮށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެތަންތަނުގެ ބޭނުން ހިފާކަން ފާ...

އަޙްމަދު ވަހީދު
”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

ޙަޔާތުގެ ދަތުރުގައި މަޑުކޮށްލުމަށް ލިބިފައިމިވާ ވަގުތީ ދުނިޔޭގެ ދުވަސްތައް، އެ ދުނިޔޭގެ ތަޢުމީރީ މަސައްކަތަށް އެކަނި ހުސްކޮށްނުލާށެވެ. މި ވަގުތީ ފާލަމަކީ އޭގެ އަނެއްކޮޅުން ތިމާ ފައިބަން ޖެހޭ އެއްޗެކެވެ. އެ ފާލަމަށް އެރީ ހުސްއަތާއެވެ. ފައިބައިގެންދާއިރު ގެންދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ދާންޖެހޭނީ ވެސް ހުސްއަތާއެވެ. އެހެންކަމުން މި ދުނިޔޭގެ މަދު ދުވަސްތަކުގައި ދަތުރުގެ ކޮށްތު ލިބިގަންނާށެވެ. އެނޫން ތަކެތި ޖަމާ ނުކުރާށެވެ. ކިތަންމެ ގިނަ ކޮށްތެއް ޖަމާކުރި ކަމަކު، އޭގެ ބޭނުން ހިފޭނީ ހަމައެކަނ...

އައްޝައިޚް މުޙައްމަދު އަފްޟަލް
މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި

މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި

ށ. މިލަންދޫގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމަށް ކޮންޓުރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތުގެ ދަށުން 330 ގެ އަކަށް ނަރުދަމާ އެޅުމަށާއި 290 ގެއަކަށް ފެން ގުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓް އެކެވެ. އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއީ މިލަންދޫ ގެ […]

އިބްރާހިމް އަސްވާޤް
ކުއްލިއަކަށް ޖަރުމަނުވިލާތުގައި ކޮވިޑް ކޭސްތައް އިތުރުވަނީ

ކުއްލިއަކަށް ޖަރުމަނުވިލާތުގައި ކޮވިޑް ކޭސްތައް އިތުރުވަނީ

ޖަރުމަނުވިލާތުގައި ކުއްލިއަކަށް ކޮވިޑް19 އަށް ޕޮސިޓިވްވާ މީހުން އިތުރުވާން ފަށައިފި އެވެ. ޖަރުމަންވިލާތުގެ ބާލިންގައި ރެކޯޑު މިންވަރަކަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ އިއްޔެ އެކަނިވެސް 39،676 މީހުން ޕޮސިޓިވްވެފައިވާކަމަށް އެގައުމުގެ ޖާމަން ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީގެ ރެކޯޑުތަކުން ވަނީ ދައްކާފައެވެ. ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ބަލާއިރު ކޮންމެ 100،000 މީހުންގެ ތެރެއިން ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 197.6 ގައި ހުރިއިރު، މިއ...

އަޒްފާ ރަޝީދު
ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި

ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި

ށ. ބިލެތްފަހީ ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް މިއަދު ހުޅުވައިފިއެވެ. ބިލެތްފަހީ ސްކޫލުން ވިދާޅުވިގޮތުގައި މިއަދު އެ ސްކޫލްގައި ހުޅުވިގެން ދިޔަ މި މިސްކިތަކީ ރިޓަޔާރޑް މެޖިސްޓްރޭޓް މުޙައްމަދު ރަޝާދު ޙަސަން، ރީހުއްސަބާ/ށ. ބިލެތްފަހީ ގެ ހެޔޮ އެދުންތަކާއި އެކު، އެބޭފުޅާގެ އަމިއް ޚަރަދުގައި ބިނާކޮށް ނިންމާފައިވާ މިސްކިތެކެވެ. ބިލެތްފަހީ ސްކޫލުން ވަނީ މުޙައްމަދު ރަޝާދު ޙަސަންއަށް އެ ސްކޫލްގެ މެނޭޖްމެންޓާއި، ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭނ...

ޙުސައިން ޝަހުދީ
އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް

އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ އެސްޓަން ވިލާގެ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ މަޝްހޫރު މިޑްފީލްޑް ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ހަމަޖައްސައިފިއެވެ. އުމުރުން 41 އަހަރުގެ ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އެސްޓްންވިލާގެ ކޯޗުގެ މަޤާމުގައި ހުރި ޑީން ސްމިތު އެ މަޤާމުން ވަކިކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެ ޓީމް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެވެ. އެސްޓަން ވިލާއިން ޖެރާޑަށް […]

އިބްރާހިމް ޚަލީލް