ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދޭން ނިންމައިފައިވާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މަސްޖިދުލް އަލީ ޔޫސުފްގެ ނަމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރެވެ. މި ރަސްމިއްޔާތުގައި ފީވަކުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެ ވެފައިވާއިރު، މި ރަސްމިއްޔާތުގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކަކުން ވަނީ މިސްކިތް ބިނާކުރުމުގައި ޙަރަކާތްތެރިވާ ޓީމަށާއި ރަސްމިއްޔާތައް ވަޑައިގެންނެވި ފަރާތްތަކަށް ޙާއްސަ ސައިފޮދެއްވެސް އަރުވާފައެވެ. ދެ ޖިންސްގެ މީހުންނަ...
ޙުސައިން ޝަހުދީ
ހދ. ނޭކުރެންދޫގައި ފެނަކަ ކޯޕަރޭޝަން އިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު އާއި އެކު މަޝްވަރާކޮށްފި އެވެ. މި ބައްދަލު ކުރެއްވުމުގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ރާޢީ އާއި ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް އަދި ނައިބް ރައީސް މުޙައްމަދު ޒާހިރު ބައިވެރިވި އެވެ. މެންބަރ މުޙައްމަދު ރާޢީ ވިދާޅުވީ މި ބައްދަލުވުމުގައި ނޭކުރަންދޫގައި މިހާރު އެޅުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ފެނަކަ އޮފީސް އިމާރާތުގެ ކަންކަމާއި […]
އަލީ އާދިލް
ހިޔާފްލެޓްތަކުގައި ތަށިމުށި ޖަހަން ބޭނުންވާ ފަރާތްތަކަށް، މުއްޓާއި ކެމިކަލް ސިމެންތި ޑޭނައިޓް ހާޑްވެއާއިން ހެޔޮއަގުގައި ފޯރުކޮށްދޭން ފަށައިފިއެވެ. ޑޭނައިޓް ހާޑްވެއާއިން ވިއްކާ މުށްޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ސެންފޯޑް ބްރޭންޑުގެ މުށްޓެވެ. މި މުށި ޖަހާފައި ހުންނައިރު އެ ތަނެއްގެ ރީތިކަން އެތައް ގުނައެއް ފުރިހަމަކޮށްދޭނެއެވެ. ޑޭނައިޓް ހާޑްވެއާއި ހަ ކުލައެއްގެ މުށި ލިބެން ހުންނާނެއެވެ. އެއީ ކޮންކްރީޓް އައިވަރީ، ރޯމާ ކުރީމާ، ސުޓޮނިކް ކުރިމާ،އެކްސްޓުރާ ސުޕަރ ވައިޓް، ރަސްޓ...
އަލީ އާދިލް
ހދ. ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޭރުތޮށިލުމުގެ މަަސައްކަތުގެ 84 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހަދެއްގައި އެއްގަމުތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ގުނަވަން ގަނެ ވިއްކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާކަމެއްކަމަށާއި ކިޑްނީ ގަތުމަށް އެހީ ދެވޭނެ އުސޫލެއް ނެތްކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ. އެކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކިޑްނީ ޓްރާންސްޕްލާންޓަށް ޑޯނަރެއްގެއަތުން ކިޑްނީ ގަތުމަށް އާސަންދަ ސްކީމްގެ ދަށުން އެހީ ދެވޭނެ އުސޫލެއް ނޯންނާނެކަމަށް ދަންނަވާކަމަށެވެ. އާސަންދައިން މީގެ ކުރިން ވަނީ ކިޑްނީ ބަދަލުކުރުމަށް ޑޯނަރއެއް ހަމަޖެހުމުން ރާއްޖެއިން ބޭރަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް އެހީތެރިއަކާއިއެކު ދާން ދެކޮޅު...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ކުނިގޮނޑު ހުސްކުރުމުގައި ހެވީ ވެހިކަލްތައް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާތީ، ކުނި ގޮނޑު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ގައި ވަނީ ކުނި އުކާލުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް އެސަރަޙައްދަށް ގޮސް އުޅުމަކީ މަނާ ކަމެއް އަންގާފައެވެ. ކުނި އުކާލަން ވަންނަ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކާއި މަގުތައް ބޭނުންކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލ...
އައިޝަތު ނަސާޔާ
ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 500 ފޯމް ލިބިފައިވާ ކަމަށް މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑް، މަޝްހޫރު ދީނި އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުގައި ބައިވެރިވުމަށް އެދި 500 ފޯމް ލިބިފައިވާ [...
ޝިއުނާ އާދަމް
ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގައި ކުޅުނު ތިންމެޗުން ވެސް ކާމިޔާބުކޮށް ޓީމް ސީއެސް ވިމެންސް ފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ. މި މުބާރާތުގައި ތިންވަނަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ޒީރު ސްޓާރސްއާއި ސީއެސް ވިމެންސްއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު […]
އިބްރާހިމް ޚަލީލް
ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ކުރިން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ކުރިން ހުޅުވާލާފައިވީނަމަވެސް މިހާރު މި މުއްދަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 16:00 އާ ހަމައަށް އިތުރުކޮށްފައެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، ފުރަތަމަ ޝަރުޠަކީ، ސާނަވީ ތަޢުލީމުގެ ޖީ.ސީ.އީ އޯ […]
ޔުމްނާ ޢަލީ
ރެވެނިއު ސްޓޭމްޕްތަކުގެ ތެރެއިން ބޭނުން ނުކުރެވި ހުރި ސްޓޭމްޕްތަކަށް ރީފަންޑު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކަނޑައެޅި މުއްދަތު މިއަދު ހަމަވެއްޖެއެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމާ ގުޅިގެން، މީރާއިން ވަނީ އެ އިދާރާއިން ވިއްކާފައިވާ ސްޓޭމްޕްތަކުގެ ރީފަންޑް ދިނުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މިކަމަށް އެދުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލީ އޯގަސްޓް 15އިން ފެށިގެންނެވެ. ރެވެނިއު ސްޓޭމްޕް ގާނޫނު އުވާލުމާ ގުޅިގެން ބޭނުން ނުކުރެވިވާ ސ...
އަޙްމަދު ވަހީދު
ކުޑަވެސް އުންމީދެއް އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަގޮތުގައި ތަރައްގީ ކުރެވިގެން ދިޔުމުންކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވަނީ 2022 ވަނަ އަހަރާއި ބައްދަލު ކުރެވެމުން ދަނީ އުންމީދީ ވަގުތެއްގައި ކަމަށާއި، ކޯވިޑްގެ އަޑިގަނޑަށް ފަހު އަލުން ގައުމުގެ އިޤްތިޞާދު ކޮޅަށް ޖެހެމުގެ ކޮޅުމަތި ފެންނަމުން ދިޔުމަކީ އާލާވާ އ...
ތިލަދުން
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ސްޕޮންސާ ކޮށްގެން އައްޑޫ ސިޓީގައި ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓެއް ބާއްވައިފިއެވެ. މި ސްޕްރިންޓް މިހާރު ނިމިފައިވާއިރު އެކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާއާއި، އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ރޯވިން އެސޮސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ހަބީބު ބައިވެރިވަޑައިގެންނެވިއެ...
އަޙްމަދު ވަހީދު
ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހއ. ހޯރަފުށީގައި ކުރިއަށް ގެންގޮސްފި އެވެ. މިއީ ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް އަދި ސްވިމިންގ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި، ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމުގައި އަމަލުކުރާނެ ގޮތާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައ...
ޔުމްނާ ޢަލީ
މޫސުން ގޯސްވެ، ތިލަދުންމަތިން ބ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން 15:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭޅާށް ވައިގަދަވެ […]
ޖަލްވާން ޖާދުﷲ
ސިނަމާލެ ބްރިޖު މަތީގައި ހިންގި އެކްސިޑެންޓެއްގައި އަނިޔާވި ދެމަފިރިންނަށް އެހީވުމުގައި ނަމޫނާ ދެއްކި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންގެ އަގުވަޒަން ކޮށްފިއެވެ. ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފުވަނީ އެކުންފުންޏަށް ލިބިފަ އެވެ. އެ ކުންފުނީގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޝަންގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ކުންފުނިން އިއްޔެ ވަނީ އެ މުވ...
އަލީ އާދިލް
ކޯވިޑް-19ގެ ސަބަބުން އަރާފޭބުން މަނާކޮށްފައި އޮތް ށ. ފުނަދޫ އާންމު ހާލަށް މިއަދު ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެއީ، އެރަށުގައި ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. 22 އޮކްޓޯބަރު ކޭހާއިގުޅިގެން އިތުރުވަމުން އައި ކޭސްތަކާއެކު ފުނަދޫގެ 50 ގޭބިސީ […]
ޔުމްނާ ޢަލީ
މިދިޔަ މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް މުދާ އެތެރެ ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެ ކޮށްފައެވެ. މިއީ މި ދެ އަހަރު ތެރޭގައި އެންމެ ގިނައިން މުދާ ގެނައި މަހެވެ. ކަސްޓަމްސް އިން ބުނިގޮތުގައި ކޯވިޑް-19ގެ ކުރިން އޮތް އިމްޕޯޓާ އެއްވަރަށް މިދިޔަ މަހު ވަނީ މޫދާ އެތެރެ ކޮށްފައެވެ. ކޯވިޑްގެ ކުރިން […]
އަޙްމަދު ވަހީދު
ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް މެދު ކެނޑުމަށްފަހު އަލުން ފަށައިފިއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށް ޚިދުމަތް ދެމުންދާ މި ކްލިނިކްގެ ހުޅުވިފައިވައި ހުންނާނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހު ހެނދުނު 09:00 އިން 11:00 އަށެވެ. އަދި 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޚިދުމަތް ލިބިގެންދާނެ ކަމަށް އެކްލިނިކް ވަނީ […]
އައިޝަތު ނަސާޔާ