2022 ވަނަ އަހަރުގެ ނިޔަލަށް ހދ. ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން، މިނިސްޓަރ އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބުދުﷲ ދެއްވައިފިކަމަށް ނޭކުރެންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޭކުރެންދޫ ކައުންސިލުން މިހާރު ގެންދަވަނީ އެރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކާއި، އަދި އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރުމަށް ވެރިރަށް މާލެއަށް ދަތުރެއް ކުރަމުންނެވެ. މި ދަތުރުގައި އެ ކައުންސިލުން އިއްޔެ ވަނީ ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲއާއި ބައްދަލ...
ޔުމްނާ ޢަލީ
ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށާއި، އޭގެ ނަތީޖާ މަޑުމަޑުން ފެންނަމުންދާއިރު، އިޤްތިޞާދީ އަޑިގަނޑުގައި ދެއަތް އުރާލައިގެން ތިބީކީ ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި “ގޯލްޑް 100 ގާލާ” ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ....
ޝިއުނާ އާދަމް
ކޯވިޑް-19 ބަލީގައި ރާއްޖެއިން 75 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 2:01 ހާކަށް ހާއިރުއެވެ. ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 248 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް […]
ޔުމްނާ ޢަލީ
މިއަހަރުގެ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ހދ. ފިނޭގައި މަސްރޭހެއް ބާއްވަން ނިންމައިފިއެވެ. ފިނޭ ކައުންސިލުން ވިދާޅުވިގޮތުގައި، ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިނޭގެ ފިރިހެނުންނަށް ޚާއްސަކޮއްގެން މަސްރޭހެއް ބޭވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް ބޭވުމަށް ހަމަޖެހިފައި ވަނީ 19 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަސްރޭހުގައި ބައިވެރިވާން އެދޭ އެރަށުގެ ޓީމްތައް މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 18 ނޮވެމްބަރ 2011 ދުވަހުގެ 14:00 ގެ ކު...
ޔުމްނާ ޢަލީ
މަޝްޙޫރު ދާއީ އައްޝައިޚް މުޢިއްޒު ބުޚާރީގެ ވަރަށް ޚާއްސަ ދަރުހެއް، މާދަމާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މި ދަރުހަކީ ” ދަ ޔޫތު ޑިލެމާ” ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދަރުހެކެވެ. މާދަމާ ރޭ 21:00 ގައި ބާއްވާ މި ދަރުސް މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ. މި ދަރުހުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަށް މިނިސްޓްރީގެ ފަރާތުން އެދިލައްވައެވެ. އައްޝައިޚް މުޢިއްޒު ބުޚާރީއަކީ ސްރީލަ...
އިބްރާހިމް އަސްވާޤް
ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު އައްޔަންކޮށްފިއެވެ. ކޮއްކޮމެން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އަކަށް ސޯބިރާ އަޙްމަދު އައްޔަންކޮށް އެ ސްކޫލްގެ ފަރާތުން ވަނީ އޭނާއަށް މަރުޚަބާ ކިޔާފައެވެ. ސޯބިރާ އަޙްމަދަކީ 28 އަހަރު އާލީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި ކޮމިއުނިޓީ ޗައިލްޑްހުޑް އެޑިއުކޭޝަނާއި، ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ އިތުރުން ސޯޝަލް ޕޮލިސީ އެންޑް ލީޑާޝިޕް ޑިވެލޮޕްމެންޓްއާއި އެޑިއުކޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ފެންވަރުގެ ތައުލީމީ ތަޖުރިބާކާރެކެވެ. 1993 ވަނަ އަހަރު ނ...
އަޒްފާ ރަޝީދު
އެމެރިކާ ފަހަތަށްޖައްސައި ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގެ 1 ވަނަ އަށް އަނެއްކާވެސް ޗައިނާ އަރައިފިއެވެ. މެކިންސީ އެންޑް ކޯ އިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގެ 60 އިންސައްތަ އުފެއްދުންތެރިކަން ހިއްސާކުރާ 10 ގައުމުގެ ލިސްޓުން އެމެރިކާ ފަހަތަށްޖައްސައި ޗައިނާ އަނެއްކާވެސް ވަނީ ކުރި ހޯދާފައެވެ. ދުނިޔޭގެ މާލިއްޔަތު ފާއިތުވި ދެ ގަރުނުގައި ވެސް 3 ގުނަ އިތުރުވެފައިވާއިރު، މާލިއްޔަތަށް ލިބުނު ފައިދާ 2000 ވަނަ އަހަރު 156 ޓްރިލިއަން އެމެރިކާ ޑޮލަރުގައި […]
އަޒްފާ ރަޝީދު
މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ސީޝެލްސްއާ ރާއްޖެ ބައްދަލު ކުރި މެޗްގެ ވަގުތު ހަމަވެފައިވަނިކޮށް އިތުރުގަޑީގައި ކުޅެން އެރުވި ރާއްޖޭގެ މިޑްފިލްޑަރ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ބޯޅަ ނެތީސް ހަމަލާ ދިނުމުން ދިވެހިންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ. ފައިނަލަށް ދިއުމަށް ގޯލެއް މުހިންމުވެ އެންމެ މުހިންމު މިވަގުތުގައި ބޯޅަ ނެތީސް ހަމަލާ ދިނުމުން އޭނާއަށް ވަނީ ރަތްކާޑެއް ދައްކައިފަ [...
އަލީ އާދިލް
މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ. ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ އެވެ. މިމުބާރާތުގައި ރާއްޖެ ކުޅުނީ ތިންމެޗެވެ. މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިމެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. މި ނަތީޖާއާއެކު ސީޝެލްސް އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރާއްޖެ ވަނީ ކުޅުނު […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައިކަމަށާއި އެގޮތުން ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީ އުންމީދު އާކޮށްދޭ ގޮތެއްގައިކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިސްނަންގަވައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާހު ކުރައްވާ ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު...
އައިޝަތު ނަސާޔާ
ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ، އެ ބަލިމަޑުކަން ތަހަންމަލް ކުރަން ޖެހިފައި ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިންވެފައިވާއިރު، އެ ވަޒީފާއިން ލިބޭ އާމްދަނީން އަނބިދަރިންގެ ޚަރަދު ބަލަހައްޓައި އޭނާ އައީ ފުދުންތެރި ދިރިއުޅުމެއް އުޅެމުންނެވެ. ނަމަވެސް މީގެ ދޮޅު އަހަރެއްހާ […]
އިބްރާހިމް ޚަލީލް
ނ. މިލަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއްގަމުތޮއްޓަށް ބޭނުންވާ ކޮންކުރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 248 މީޓަރުގެ ބޭރުތޮއްޓަކާއި 286 މީޓަރުގެ […]
އަޙްމަދު ވަހީދު
މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ ނިޔާވި ކޮޕީ މުޙައްމަދު ރަޝީދުގެ ވަކިވެ ދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތަށް ލިބުނު ހީނަރުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދަޅުވެފައި މިވަނީ ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކަޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއި ކުރައްވަމުން ލިޔުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދު ވަނީ ދިވެހި ދައުލަތަށ...
އައިޝަތު ނަސާޔާ
އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ޝަރީޢާތް ނިމެންދެން ބަންދުކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:36 ކަށްހާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) އެވެ. ފުލުހުން މިއަދު ވިދާޅުވީ، ޝަރީއަތް ނިމެންދެން ޝާ އަލޮމް މިއާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި […]
އަލީ އާދިލް
ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަހައްދު ސާފު ކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކުޅުއްދުއްފުށީ ސިޓީ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުގައި ހެދިފައިވާ ވިނަ ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އެމްޓީސީސީން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ. ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރު ސަރަހައްދުގައި ހެދިފައިވާ ވިނަތައް ނޮޅާ ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތުގ...
އަޙްމަދު ވަހީދު
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސްކުރަން ވޯޓު ދީފިނަމަ، އެއީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ކަންފަތްމަތީ ތަފާލެއް ޖެހުމެކޭ އެއްފަދަކަމެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މޮސްޓާވަނީ ވަރަށް ބޮޑަށް ބަޖެޓަށް ފާޑުކިޔާ ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ބަޖެޓްގެ ބަހުސްގައި އޭނާ ތަމްސީލްކުރަށްވާ ދާއިރާއަށް މި ކޯވިޑްގެ ހާލަތުގައި، މަގު ހެދުމ...
ތިލަދުން
އެމެރިކާގެ އިންފްރާސްޓްރަކްޗާ ކުރިއަރުވަން ހެދި 1.2 ޓްރިލިއަން ޑޮލަރުގެ ބިލް އެ ގައުމުގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވައިފިއެވެ. މި ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ގާނޫނަކަށް ވެފައެވެ. މިއީ އެމެރިކާގެ އިގްތިސާދު ކުރިއެވުމަށް ބައިޑެން ގެންގުޅުއްވާ އެޖެންޑާގެ ދަށުން ގެނައި ގާނޫނެކެވެ. ބައިޑެން މި ބިލް ތަސްދީގު ކުރެއްވީ އެ ގައުމުގެ ކޮންގްރެސް އިލެކްޝަން ކައިރިވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ ޑިމޮކްރެޓުންނާއި ރިޕަބްލިކުން ގުޅުވައިދޭނެ ގާނޫނެކެވެ. އަދި މިއީ ގައުމަށް […]
އަޙްމަދު ވަހީދު
ރާއްޖޭގައި މިހާތަނަށް 101 ދައުރެއްގައި 90 ބޭފުޅުން ވެރިކަންކުރަށްވައިފި ކަމަށާއި، ނަމަވެސް ގައުމުގައި މައްސަލަތައް ހުރީ ހުރިގޮތަށް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސައްލޭ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅިގެން ދަނީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އެރި ދަނޑިވަޅުގައިކަން ފާހަގަ ކުރަށްވާފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ 9 މަސްދުވަހުގެ ތެރޭ...
ތިލަދުން