މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1447 ވަނަ ޞަފްޙާ

އެންވަޔަރަންމަންޓް މިނިސްޓްރީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނުކޮށްފި

އެންވަޔަރަންމަންޓް މިނިސްޓްރީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނުކޮށްފި

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނު ކުރަށްވައިފިއެވެ. އެ މަގާމަށް އައްޔަނު ކުރަށްވާފައި ވަނީ، ސީއެންއެމް އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރެއްވި ޙައްވާ މުޙައްމަދެވެ. ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީ...

ޔުމްނާ ޢަލީ
އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި

އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި

ރަށްތަކަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް އެސްޓީއޯއިން މިއަދު ރާއްޖެ ގެނެސްފިއެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރިން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެސްޓިއޯއިން ބުނީ އެމްބިއުލާންސްތައް މިހާރު މާލެ ގެނެސްފައިވާއިރު ވަރަށް އަވަހަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާ...

އަޙްމަދު ވަހީދު
ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި

ފީވަށް ބަނދަރުގެ މަސައްކަތް ނިންމާލައިފި

ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 29 ޖެނުއަރީ ގައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 40,420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14,743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމާއި 356 […]

އަޙްމަދު ވަހީދު
ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް‎ ނެރެނީ

ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް‎ ނެރެނީ

ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެވެ. މި ފޮތްތަކަކީ، ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެވެ. މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، އިސްލާމް، [...

އަލީ އާދިލް
ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް

ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 718 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 15....

އަޙްމަދު ވަހީދު
ހެންވޭރުގެ ބައެއް ހިސާބުތަކުން ހަވީރު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ހެންވޭރުގެ ބައެއް ހިސާބުތަކުން ހަވީރު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުން އަމީރު އަހުމަދު މަގާއި ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލާނީ ހަވީރު 4:00 އިން 5:00 އަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ. މިގަޑިތައް […]

އަޙްމަދު ވަހީދު
ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި

ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހައި، 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 42.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި...

އަޙްމަދު ވަހީދު
އެމްއެމްސީގެ "ސްޓްރެޓެޖިކް ޕްލޭން 2022-2026" އިފްތިތާހުކޮށްފި

އެމްއެމްސީގެ "ސްޓްރެޓެޖިކް ޕްލޭން 2022-2026" އިފްތިތާހުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ރަސްމިއްޔާތު ބޭއްވީ 7 ފެބުރުވަރީ 2022 ގެ ރޭގަނޑު 20:15 ގައި ސީޑްސް، ބީސީސީ ގެ 1 ވަނަ ފަންގިފިލާގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްލާއީލް އެވެ. އެ މަނިކުފާނު، ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާ މުޚާތަބުކޮށް ދެއްކި ވާހަކަފުޅުގައި، ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި މި...

އަލީ އާދިލް
ނ އަތޮޅު ފެރީގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައިފި

ނ އަތޮޅު ފެރީގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ އަތޮޅު ފެރީގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައިފި އެވެ. ފުލުހުން ބުނެފައިވަނީ މިފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ ނ. ހޮޅުދޫ ގައި ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން ބުނީ މިއީ، ނ. އަތޮޅު ފެރީގައި މަސްތުވާތަކެތި ހުރިކަމަށް ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި، އެ ފެރީގައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައ...

އަލީ އާދިލް
ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. އަތޮޅު މަދަރުސާ 12 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި އިމާރާތް ކުރަން ފަށާފައިވާ 12 ކުލާސް ރޫމުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތާއި ގުޅިގެން 07 ފެބްރުއަރީ 2022 ގައި ފިނޭންސްމިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހދ. އަތޮޅު މަދަރުސާގެ 12  ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިމަސައްކަތަށް ބިޑު ހުށ...

އިބްރާހިމް ޚަލީލް
ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ ދަންވަރު 03:32 ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 285 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެފައި ވާއިރު އިއްޔެ އެކަނިވެސް ވެސް ވަނީ 1576 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓި...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ފުނަދޫ ކައުންސިލުން އެރަށު ސްކޫލަށް އެހީއެއް

ށ. ފުނަދޫ ކައުންސިލާއި ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ސްކޫލަށް ޕްރޮޖެކްޓަރެއް ހަދިޔާ ކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިޕްރޮޖެކްޓަރ އެރަށު ސްކޫލާއި ހަވާލު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިޕްރޮޖެކްޓް އެސްކޫލަށް ހަދިޔާ ކޮށްފައި މިވަނީ މީގެ ކުރިން އެސްކޫލްއިން ޕްރޮޖެކްޓްއެއް ނެތުމުގެ ދަތިކަން އެކައުންސިލާއި ހިއްސާ ކޮށްފައި ވާތީއެވެ. އަދި ކިޔަވާދިނުމުގައި ހުރި ބ...

އައިޝަތު ނަސާޔާ
ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ބިލެތްފަހި ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި...

އަޙްމަދު ވަހީދު
ސްޓެލްކޯގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާ ދަފްތަރު ރައީސް ހުޅުއްވައިދެއްވައިފި

ސްޓެލްކޯގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާ ދަފްތަރު ރައީސް ހުޅުއްވައިދެއްވައިފި

ސްޓެލްކޯގެ ކުރީގެ ޗެއާމަން އަލްމަރުހޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވައިފިއެވެ. މި ތައުޒިޔާގެ ދަފްތަރު ރައީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ލިޔުއްވި ބަޔާނުގައި ވަނީ މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދ...

އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވި: ޝިޔާމް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ފަނޑިޔާރުގެއިން ނުފޫޒު ފޯރުވިކަން ވަރަށް ސާފުކަން އެނގެން އެބައޮތްކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ. ފަނޑ...

އަލީ އާދިލް
ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ

ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ

ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ. ޗައިލްޑް އޯޓިޒަމް ވިތް...

އައިޝަތު ނަސާޔާ
ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުން ލަންކާއަށް

ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުން ލަންކާއަށް

އަވަށްޓެރި ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް އިއްޔެ އެ ގައުމަށް ފުރައިފިއެވެ. ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒުވާނާއަކީ، ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު އެވެ. ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕީ އަފްހާމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ […]

ޝިއުނާ އާދަމް
ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިއިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ހަވީރު 16:20 ހާއިރުއެވެ. މިހާދިސާގެ ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާންފެށި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ‏މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން ވަނީ ފަތިހު 04:00 ހާއިރު ނިއްވާލެވިފައެވެ. “އަލިފާންގަނޑު އަލުން ރޯވެދާނެކަމަށްޓަކާ...

ޔުމްނާ ޢަލީ