މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ރަސްމިއްޔާތު ބޭއްވީ 7 ފެބުރުވަރީ 2022 ގެ ރޭގަނޑު 20:15 ގައި ސީޑްސް، ބީސީސީ ގެ 1 ވަނަ ފަންގިފިލާގައެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްލާއީލް އެވެ. އެ މަނިކުފާނު، ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާ މުޚާތަބުކޮށް ދެއްކި ވާހަކަފުޅުގައި، ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި މިއަދު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަން ފާހަގަ ކުރެއްވި އެވެ.
"މިފަދަ ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމާއި، ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުން"
މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން "ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް" އެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
'On this historic day, MMC unveiled next five-year strategic plan (2022 - 2026). We have high hopes of achieving our strategic goals, which include promoting the advancement of the media industry to the next level" pic.twitter.com/MJuGZRNcnV
— Maldives Media Council (@mmc_mv) February 7, 2022
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް، އަލްފާޟިލް ސަހުބާން ފަހުމީގެ ވާހަކަފުޅުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން ވެގެންދާނީ ރާއްޖޭގެ ހަލުވި ދުވެލީގައި ކުރިއަރަމުންމިދާ މީޑިއާގެ މާޙައުލުގައި އިންސްޓިޓިއުޝަނަލް އިފެކްޓިވްނަސް އަދި އެފިޝަންސީ ރަނގަޅުކުރުމަށް ކުރަހައިދޭ މަގުޗާޓެއްގެ ގޮތުގައިކަން ފާހަނގަކޮށް، މި ޕްލޭން ރަނގަޅަށް ތަންފީޛު ކުރުމުގެ ސަބަބުން، މީޑިއާގެ ދާއިރާއަކީ ޕްރޮފެޝަނަލް ދާއިރާއަކަށްވެ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭގޮތަށް، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަގުފަހިވެގެންދާނެކަމުގައި ފާހަނގަކުރެއްވިއެވެ.
މި ޕްލޭންއަކީ އެމް.އެމް.ސީގެ 13 އަހަރުގެ މާޒީގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ސްޓެރެޓެޖިކް ޕްލޭން ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭން އެކުލަވައިލެއްވުމުގައި ކައުންސިލްގެ މެންބަރުންނާއި، އިދާރީ މުވައްޒަފުން ކުރެއްވި މަސައްކަތަށް ޝުކުރުއަދާކޮށް، މި ރަސްމިއްޔާތުގައި ބައިވެރިވި، މިނިސްޓަރަށާއި، ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާ އިދާރީ މުވައްޒަފުނަށް ޝުކުރު ދެންނެވިއެވެ.
އިފްތިތާހު ކުރެވުނު ސްޓްރެޓެޖިކް ޕްލޭންއަކީ 2022-2026 ގައި މިކައުންސިލުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ލަނޑުދަނޑިތަކާއި، ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތްތަކަށް ގެންގޮސް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތްވާ ޕްރޮފެޝަނަލް މިންގަނޑަށް ފެތޭ ނޫސްވެރިކަމެއް ބިނާކުރެވިގެންދާނޭފަދަ، މުހިއްމު މަސައްކަތްތައް ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭންއެކެވެ.
އެގޮތުން، މި ޕްލޭންގެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނަތީޖާ ހާސިލުކުރުމަށް އަމާޒުހިފާނެ މައިގަނޑު 7 "ކީ ރިޒަލްޓްސް އޭރިއާ" އެއް ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންޑަސްޓްރީގެ އިތުބާރު ހޯދުމާއި، މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމާއި، ވަކި ފަރާތަކަށް ނުޖެހޭ ޑިސްޕިއުޓް ރިޒޮލިއުޝަން މެކާނިޒަމްއެއް ގާއިމް ކުރުމާއި، މާލީ މިނިވަންކަން އިތުރުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ރާއްޖޭގައި ޕްރޮފެޝަނަލް މީޑިއާ ޑިވެލޮޕްމަންޓް ކުރިއެރުވުން އަދި މުޖްތަމައުގެ އެންގޭޖްމަންޓް އިތުރުކުރުން ހިމެނެއެވެ.
މި ކަންކަން ހާސިލުކުރެވޭ މިންވަރު އަހަރުން އަހަރަށް މިންކުރެވޭނެ މެކޭނިޒަމްއެއްވެސް މި ޕްލޭންގައިވަނީ ހިމަނައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!