މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ވ. ފެލިދޫގައި މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދުދީދީ އެވެ. ފެލިދޫގައި އިބަމަ އިފްތިތާޙްކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢާއިޝަތު މުޙައްމަދު...
ޔުމްނާ ޢަލީ
އދ. ހަންޏާމީދޫ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މި މަސައްކަތުގެ ދަށުން 2950 މީޓަރުގެ ކޭބަލް ވަޅުލާނެއެވެ. ސްޓެލްކޯއިން ދާދިފަހުންވަނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް ހަންޏާމީދުއަ...
އަޙްމަދު ވަހީދު
ކޯވިޑް-19 ބަލީގައި ރާއްޖެއިން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެހި ޒުވާނެއް ކަމަށެވެ. އެއީ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހު 3:40 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 283 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި ރޭ ވެސް މީހަކު ނިޔާވިއެވެ. އެއީ ވެސް ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ. 75 އަހަރުގެ...
ޝިއުނާ އާދަމް
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ކުރިއަށް ވުރެ އިތުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި އޮތީ 1،732 މައްސަަލަ އެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު 1،804 މައްސަލައެއް އެ ކޯޓުގައި ނުނިމި އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 773 […]
ހުސައިން ހަބީބް
ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން […]
އަޒްފާ ރަޝީދު
އަވަށްޓެރި ސްރީލަންކާގައި ދިވެއްސަކު މަރާލާފައި އޮއްވާ ފެނުނުކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އަދި މިކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ލަންކާގައި ގެއްލިގެން ހޯދަމުން ދަ...
އަޒްފާ ރަޝީދު
އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހުޅިދޫގެ ކުރީގެ ބަނދަރުގެ ހިއްކަން ޖެހޭ ބައި މިހާރު ވަނީ ހިއްކާފައެވެ. މިތަން ހިއްކީ ހުޅުމީދޫ މިފްކޯ ބަނދަރު ތަަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނަގާފައިވާ ވެލިންނެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އާ ނެރަށް […]
އަޙްމަދު ވަހީދު
އިރާނުގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއި އެކު ފެތުރި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 50 މެންބަރަކު އެ ވޭރިއަންޓަށް ޕޮޒިޓިވްވެ، މަޖިލިސް ބަންދުކޮށްފިއެވެ. އީރާނުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރި އޮމިކްރޯން ވޭރިއަންޓްއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ ޤާނޫނު ހަދާ މަޖިލީހުގެ 290 މެންބަރުންގެ ތެރެއިން 50 މެންބަރަކު ވަނީ އޮމިކްރޯންއަށް ޕޮޒިޓިވްވެފައެވެ. ޤާނޫނު ހަދާ މަޖިލީހުން އީރާނުގެ ރަސްމީ ނޫސް އިދާރާއަށް މަޢުލޫމާތުދީފައިވާ ގޮތުގައި ގިނަ މެންބަރުންތަކެއް ޕޮޒިޓިވް ވުމާ...
އަޒްފާ ރަޝީދު
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް ހއ. އުލިގަމުގައި ބަނދަރުކޮށްފައެވެ. އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް އެރަށުގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޮޓްތައް ފެންނަ ފޮޓޯތައް ވެސް އާންމު ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފަށާފައި ވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން އެކުވެރި ގައުމުތަކަށް ހިތުހުރިހާ އެއްޗެއް ގޮވަން ދިވެހިން ނުރުހޭކަން ސާފުކޮށް ބުނެދީފިކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިއްޔެ ބާއްވާފައިވާއިރު، ވާދަވެރި ކެމްޕޭނަކަށްފަހު އެ ގޮނޑި ކާމިޔާބު ކުރަށްވާފައި ވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ވާދަކުރެއްވި ކެންޑީޑޭޓް މުޙައްމަދު ރާޝިދެވެ. އެ އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ތެރޭގައި...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެގެ އި...
އަލީ އާދިލް
ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި އާރްބީ ލައިބްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. ލެވަންޑޯސްކީ […]
އިބްރާހިމް ޚަލީލް
100 ފޫޓު ފުން ވަޅުގަނޑަކަށް މީގެ ފަސް ދުވަސް ކުރިން ވެއްޓުނު ފަސް އަހަރުގެ ރަޔަން ވަޅުން ނެގި އިރު އޮތީ ނިޔާވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފި އެވެ. މޮރޯކޯގެ ރެސްކިއު ޓީމުން ތަކުން އައީ މެދު ކެނޑުމެއް ނެތި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަޔަން ވަޅުން ނަގައިގެން ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މާގިނަ މަޢުލޫމާތު ތަކެއް އަދި ނުލިބެ އެވެ. ރަޔަން ވަޅުގަނޑުން ނެރުނު އިރު އެސަރަހައްދުގައި ރަޔަންގެ މަންމަ އާއި ބައްޕަ އެސަރަހައްދު...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވެފައި ވަނީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯދި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދަށާއި، އެމްޑީޕީއަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. ސައުދު ވިދާޅުވީ، މި ކާމިޔާބީ ގުޅިފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، މި ސަރުކ...
ޙުސައިން ޝަހުދީ
ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރްދުގާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައީސް އުރްދުގާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ. އުމުރުން 67 އަހަރުގެ އުރްދުގާން ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ހެޔޮ ދުޢާއަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ގެކޮޅުގައި ހުންނަވައިގެން ވެސް މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. “މިއީ އޮމިކްރޯން ވޭރިއ...
ހުސައިން ހަބީބް
އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އިންތިޚާބުތ...
ޔުމްނާ ޢަލީ
ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […]
އައިޝަތު ނަސާޔާ
މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […]
އަލީ އާދިލް