ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގއ. އަތޮޅުގައި އޮންނަ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަނުން ހަަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ލޯންޗްގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ 21:23 ގައެވެ. އަލިފާން ނިއްވާލި ނަމަވެސް، ލޯ...
ޝިއުނާ އާދަމް
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމުގެ 720 ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ހުޅުވާލައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި ފުރުސަތުގެ ދަށުގެ ދަށުން ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އަންނަ މާރޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ 13.30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށައަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި […]
އައިޝަތު ނަސާޔާ
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެހީއަށް އެދި ހުށަހެޅޭނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށެވެ. އެގޮތުން އެފަދަ ޖަމްޢި...
އައިޝަތު ނަސާޔާ
ހދ. ހަނިމާދޫގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑްއެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމަންޖެހޭއިރު، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ހަނިމާދޫގައި މިހާރު ވެސް ތިން މިސް...
އައިޝަތު ނަސާޔާ
ދިވެހި ދައުލަތުން އަރުވާ ޝަރަފެއް ކަމަށްވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް މި ޢިއްޒަތް އަރުވާފައި މިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމި...
އައިޝަތު ނަސާޔާ
ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ލުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް،...
އަޙްމަދު ވަހީދު
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 620 ގުރާމް މަސްތުވާތަކެތި ތަހުލީލުކުރަން ލެބޯޓްރީއާ ހަމައަށް ގެންދިއުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުން އެ މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ސ. ހުޅުދޫ ކުރިކީލަގޭ ސާނިއާ ރަޝީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ އޭނާ 2016 ވަނަ އަހަރުގެ މެއި މަހު ރާއްޖެ އައިއިރު އޭނާގެ ލަގެޖުން 620 ގުރާމް މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އަތުލައިގަތް ކަމަށް […...
ހުސައިން ހަބީބް
މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުގައި ދައްކަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު...
އަލީ އާދިލް
ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ. މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، […]
ޝިއުނާ އާދަމް
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ދޭހަވެގެން ދިޔައީ ރީތި އަހްލާގައި އިހްލާސްތެރިކަން މީހުން ބަލައިގަންނަނީ ނަމެއްގައިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން ހޮނިހިރު ދުވަހުގެ ރޭޢިއުލާން ކޮށްފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބ...
އަލީ އާދިލް
ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ހިންމަފުއްޓަށް ގެންދިޔައީ މި މަހުތެ ހަތަރެއްގައެވެ. މި ޕްރޮޖެކްޓުގެ ދަށުން އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]
އަޙްމަދު ވަހީދު
ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 67 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 8:50 ހާކަށް ހާއިރުއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު މި ބަލީގައި ނިޔާވަމުން އަންނައިރު، މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 284 ވަނަ މީހާއެވެ. މި ބަލީގައި އިއްޔެ ރާއްޖެއިން ވަނީ 21 އަހަރުގެ ޒުވާނަކު ވެސް ނިޔާވެފައެވެ. އޭނާ […]
ޔުމްނާ ޢަލީ
އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސެނެގާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި މިސްރާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ސެނެގާލް ކާމިޔާބު ކޮށްފައިވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެންޖެހި ޕެނަލްޓީގައި 4-2 އިން މިސްރު މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލަށް ސެނެގާލް އައިސްފައި ވަނީ ސެމީ ފައިނަލުގައި […]
އިބްރާހިމް ޚަލީލް
ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ. އަތޮޅުގެ މެޗުތައް މިއަދު ފަށާނެއެވެ. މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ފުރަތަމަ ފެށުމަށް ނިންމާފައި ވަނީ 18 ޖަނަވަރީ 2022 ގައެވެ. ނަމަވެސް މުބާރާތުގެ ފެށުން 07 ފެބްރުއަރީ 2022 އަށް ލަސްކޮށްފައި ވަނީ ހދ.އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޯވިޑްގެ ހާލަތު ގޯސްވުމުންނެވެ. އޭރު މުބާރާތް ކުޅުމަށް ހަމަޖެހިފައި އޮތީ ވެސް ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައި […]
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ. އެރަށުން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދެވެ. އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މިރޭ 12:35 ހާއިރުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ފަހުދު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ހޯދަމުން ދަނިކޮށް ފަހުދު ފެނުނީ އެރަށު ކުނިގޮނޑާ ދިމާ ވަލުތެރެއިން ނުކުންނަނިކޮށެވެ. އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ […]
ޙުސައިން ޝަހުދީ
ހއ. އިހަވަންދޫން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދު ކަމަށެވެ. ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. އޭނާ ގެއިން ނުކުތީ މޫދަށް ދަނީކަމަށް ބުނެ ހަވީރު 16:30 ހާއިރުއެވެ. “އޭނާ އެ ގުޅި މީހަކަށް ގުޅާފަ ދެން ވަޒީފާއަށް ވެސް ނުދާނެ ކަމަށް ބުނިކަމަށް ވަނީ، ކޮންމެވެސް ވަރެއްގެ […]
ޙުސައިން ޝަހުދީ
ހުޅުމާލެ މަސްވެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅުގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއްކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ކޯވިޑްގެ ބަލިމަޑުގެ ތެރޭގައި އެހެންހުރިހާ ދާއިރާއެއް ގާތްގަޑަކަށް ހުއްޓުމަކަށް އައިއިރު ހުއްޓެމެއްނެތި ހިނގަހިނގާ އ...
ޝިއުނާ އާދަމް
ވިޔަފާރީގެ އެކި ކަންކަމުގައި އިންޑިއާގެ ރައްޔިތުންނަށް ވިސާ ނެތި ރާއްޖެއަށް އާދެވޭ ގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރީގެ ބޭނުމަށް އަންނަ އިންޑިއާ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ ކަމަށެވެ. މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޑިސެންބަރު 17، 2018 ގައި ވެފަައިވާ އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ […]
އަޙްމަދު ވަހީދު