ފޭސްބުކް މެދުވެރިކޮށް އުރީދޫ ނަންބަރުތަކަށް ރީޗާޖްކުރެވޭ ގޮތާއި އެޑްއޮން ގަނެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ. މި ހިދުމަތް ދެނީ އުރީދޫ އާއި ފޭސްބުކްގެ މައި ކުންފުނި، މެޓަ އާ ދެމެސު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދެނީ ފޭސްބުކްގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ […]
އަޙްމަދު ވަހީދު
ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން...
އައިޝަތު ނަސާޔާ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ކޭބަލް ޖަންކްޝަންތަކާއި ކާބް ގަލުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިން މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަސް މަގެއްގައި ތާރު އަޅާނެއެވެ. އަދި 7511.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ...
އަޙްމަދު ވަހީދު
ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ...
އައިޝަތު ނަސާޔާ
ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ...
އައިޝަތު ނަސާޔާ
އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައި އެވިޑް ކޮލެޖް ތާއަބަދުމެ ދެމި އޮންނާނެ ކަމަށް އެވިޑްކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ. އެވިޑް ކޮލެޖުން އިސްނަގައިގެން އިއްޔެ ހަވީރު މާލޭ ސޯސަލް ސެންޓަރު ކައިރީ ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޮލެޖްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކޭމްޕަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޒިޔާ...
ޙުސައިން ޝަހުދީ
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތުގެ ފައިނަލުން ދިއްދޫ ފެނަކަ ބްރާންޗާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ […]
އިބްރާހިމް ޚަލީލް
އިޓާލިއަން ސީރިއާ އޭގައި ހުކުރު ދުވަހުގެ ރޭ އިންޓަ މިލާނާއި ސެލަނިޓާނާ ބައްދަލުކުރު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައ އިންޓަގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ވަނީ ހެޓްރިކް ހަދާފައެވެ. އިންޓައިން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60ރ. އަަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ. އަށެވެ. މިފަހަރު އެސްޓީއޯއިން ތެލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވެފައިވަނީ ޕެޓްރޯލް ލީޓަރަކުން 1.71ރ. އެވެ. ޑީސަލް ލީޓަރަކުން 1.76ރ. އެވެ. އެހެން ކަމުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ %13 ބޮޑުވެފަ އެވެ. ދުނިޔޭގެ ބާޒާރުގައި މިވަގު...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކުލަބް ޕޯލްސްޓާއާއި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ އިތުރުން އެ ރަށު ވިމެންސް ކޮމިއުނިޓީ ގުޅިގެން އިހަވަންދޫގައި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ. ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 8 ވަނަ ދުވަހެވެ. އިހަވަންދޫގައި ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތ...
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގައި ކުރިއަށް ގެންދާ “ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް” މިއަދު ފަށައިފިއެވެ. މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެރަށު ޔޫތު ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަދު ހަވީރު 16:00 ގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ދިއްދޫ ބީއެކްސް ސްޕޯޓްސްއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. މުބާރާތް ހުޅުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ ރައީސްގެ […]
ޝިއުނާ އާދަމް
ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިން ފުރިހަމަކޮށްފައިވާތާ 14 ދުވަސްވީ މީހުން ޕީސީއާރު ޓެސްޓާއި ނުލައި ރާއްޖެއާދެވޭގޮތަށް ހަދައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކޯވިޑު-19 އާ ގުޅިގެން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސްފައެވެ. މިގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ކޯވ...
ޔުމްނާ ޢަލީ
ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ކެލާ ސަވާރީ ބޯޓު ރޭ މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އަރާފައިވާއިރު، އެމްއެންޑީއެފުން އެ ބޯޓުގައި ތިބި 19 މީހަކު މިއަދު މާލެ ގެނެސްދީފިއެވެ. ސަވާރީ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް […]
ޔުމްނާ ޢަލީ
ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް އުފެއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ ޕްރިންސިޕަލުންގެ ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިއެރުން...
ޝިއުނާ އާދަމް
ހއ. އިހަވަންދޫގައި މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ރައްޔިތުން ސަމާލުވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އެރަށުގެ ރައްޔިތުންގެ ސަމާލުކަމަށް އެދި އާންމުކުރި ލިޔުމެއްގައެވެ. އެ ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ ވިޔަފާރިވެރިންނާއި، އޮޑި ދޯނިފަހަރުގެ ވެރިންނަށް އަމާޒުކޮށްގެން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އަމަލުތައް މިދުވަސްވަރު އެރަށުގައި އިތުރުވެފައިވާކަމަށް އިހަވަންދޫ ޕޮލިސް ސުޓޭޝަނުން އެ ކައުންސިލަށް މައުލ...
ޔުމްނާ ޢަލީ
ހިޔާ ފްލެޓިތައް ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިމިއްޖެ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ މަގުތަކުގެ މަސައްކަތް ނިންމައި މިއަދު އާއްމުނަށް އެ މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ. އެ ސަރަހައްދުގެ މަގުތައް ނަހަދާ ހުރުމުން ވައިގަދަވާއިރު ވެލި އަދި ކުނި ކަހަލަ ތަކެތި ފްލެޓުތަކަށް ވަންނަ ކަމުގެ ޝަކުވާތައް ވަރަށް ގިނަ ބަޔަކު ކުރިއެވެ. ހިޔާ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އާންމުންނަށް މާދަމާއިން ފެށިގެން މި މަގުތައް […]
އަޙްމަދު ވަހީދު
ހއ. ކެލާއިން 2000 ރުއްނަގައި ބޭރުކުރާކަމަށް ބުނެ ބްލޫ ޕީސް ކިޔާ ޖަމިއްޔާއަކުން ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ޖަމިއްޔާގެ މިއަމަލު ކުށްވެރިކޮށް ކެލާ ކައުންސިލްގެ ރައީސްއާއި ނައިބްރައީސް ހިމެނޭހެން އެ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކޮށް އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މިވަގުތު ޕޮލިސްޓޭޝަން އެޅުމަށް ބޭނުންވާ ބިން އަލިކުރުމުގެ މަސައްކަތާއި އެ ރަށުގެ ދަނޑުބިމުގެ ބައުންޑަރީ ސާފުކުރުމާއި އަދި ގެސްޓް […]
އިބްރާހިމް ޚަލީލް
ގަތަރުގައި މިއަހަރު ބާއްވާ ފީފާ ވޯލްޑްކަޕުގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ގްރޫޕް ހަމަޖައްސައިފިއެވެ. އިރީދޫ އާއި ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް)އާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގެރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެއެވެ. އެގޮތުން، ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ބައިނަލްއަގުވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި...
އަޙްމަދު ވަހީދު