“ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ގެ އުތުރުގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށި ސިޓީ ހޯދައިފިއެވެ. އުތުރުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދީ ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއިން ރ. ދުވާފަރު ބަލި ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެގޯލްވެސް ޖަހާފައިވަނީ ދުވާފަރު ޓީމުންނެވެ. ދެ ލަނޑުގެ ލީޑުގައި ދުވާފަރަށް ހިފާއްޓާލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ކުޅުދުއްފުށީ ޓީމްގެ އަހްމަދު ދާއޫދު (ޑޭވިޑް) ދުރުން ފޮނުވާލި ބާރުހަމަލާ ގޯލް ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ [...
އަލީ ރިޔާޟް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް އެ ޖަމިއްޔާއިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ ޖަމިއްޔާއިން ވަނީ ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ލައިބްރަރީގައި ރީޑިން ކޯނާއެއް ތަރައްޤީ ކޮށް، ފޮތް ބެހެއްޓުމަށް އެކި...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙް ސިންގަޕޫރަށް ވަޑައިގަތީ ތައިރޮއިޑް ފަރުވާއަކަށެވެ. އެމަނިކުފާނު ތައިރޮއިޑް އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ އޮޕަރޭޝަނަށް ފަހު އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ރައީސް ޞާލިޙް، ތައިރޮއިޑް ފަރުވާއަށް ސިންގ...
ޔުމްނާ ޢަލީ
ރީތިރަށް ރިސޯޓުން، ހދ. ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި އެވެ. ނައިވާދޫ ކައުންސިލުން ވިދާޅުވީ ރީތިރަށް ރިސޯޓުން އެކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލްތައް ހޯދުމުގައި ރީތިރަށުގައި މަސައްކަތްކުރާ ނައިވާދޫ ފެމިލީކުދިންގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށާއި މި ކަމަކީ ނައިވާދޫ އަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ 2 ވަނަ ބައެއްކަމަށް އެކައުންސިލުން ބުނ...
އިބްރާހިމް އަސްވާޤް
ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަލުން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް 6 ޖެނުއަރީ 2022 ގައި ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށްފައިވާ ކަމަށެވެ. އެ ބީލަންތައް ބާތިލުކޮށް، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ބީލަން ހުށަ...
ޔުމްނާ ޢަލީ
ކެފެއިން އޯވާޑޯޒް ވެގެން އިނގިރޭސިވިލާތުގައި ފިރިހެނަކު މަރުވެއްޖެއެވެ. ބައިނައްލަޤްވާމީ ރިޕޯޓްތައް ބުނާ ގޮތުން، އެމީހާ އޯވާ ޑޯޒް ވުމަށް ދިމާވީ ސަޕްލިމެންޓް ޑްރިންކްސް ހެދުމަށް އޭނާ ގަނެފައިވާ 100 ގްރާމްގެ ކޮފީ ޕައުޑާ މިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. މަރުވެފައިވަނީ އުމުރުން 29 އަހަރުގެ ޕާސަނަލް ޓްރެއިނަރެކެވެ. ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމީހާ އޯވާރޑޯޒް ވެފައިވަނީ 200 ކޮފީ ތަށްޓާއި އެއްވަރުގެ މިންވަރަކަށް ކެފެއިން ބޭނުންކުރުމުގެ ސަބަބުން ނެވެ. ކައްޓާއިން ކިރުމުގައ...
އަޒްފާ ރަޝީދު
ހއ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަމުންދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. އާއްމު ފަރާތަކުން ވެލިނަގަމުން ދާ މަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އެރަށުން ވެލިނަގަމުންދަނީ އެރަށުގައި މަސައްކަތްކުރާާ ފަރާތުންކަމަށެވެ. މިމަންޒަރުތައް ނަގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ. “މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަވަނީ މީގެކުރިން 2 ފަހަރަކު ފެންމަތިވެ ފުލުހުންގެ ސަމާލުކަމަށް ގެނެވި މިކަމަށް އަލިމަގެއްނ...
އައިޝަތު ނަސާޔާ
ށ އަތޮޅު ކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރާތް ކުރުމުގެ ދަތުރު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ، މިދަތުރަކީ ށ. އަތޮޅުގެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމަތަކާއި ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު ރަށްރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބުޖަމް...
އައިޝަތު ނަސާޔާ
ޓިކްްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ބުނެ އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުޤީގުކުރަން ފަށައިފިއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ބާޓިސަން ގްރޫޕަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ތަހުޤީގަކީ ޓިކްްޓޮކްގެ ސަބަބުން ޒުވާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވޭތޯ ބެލުމަށާއި ޓިކްޓޮކަކީ ޒުވާނުންނާއި ޅަ އުމުރުގެ ކުދިންނަށް އެކަށީގެންވާ ޕްލެޓްފޯމްއެއްތޯ ބެލުމެވެ. އަދި މި އެޕްގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޒުވާން އުމުރު ފުރައި...
އަޒްފާ ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗްގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން ހިންގި ލެވެލް 3ގެ އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސްގެ ކޯހުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ. އެ ޕްރޮގްރާމުގެ ދަށުން ރޭ 23 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސެނު އާއި ފެނަކަ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ފެނަކައިން ބުނީ، ފެނަކަ...
އަޙްމަދު ވަހީދު
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް ލިޔުން ހަވާލު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޖެންޓުންނާ ލިޔުން ހަވާލު ކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އެގޮތުން، 136 އެޖެންޓަކަށް ވަނީ މިހާތަނަށް ލިޔުން ހަވާލު ކޮށްފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޭޖެންޓު ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއަދު...
އަޙްމަދު ވަހީދު
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް...
އަޙްމަދު ވަހީދު
ސުޕްރީމް ކޯޓުން ކުރިން ބެލި މައްސަލައެއްގައި އެ ކޯޓުގެ އޭރުގެ ފަނޑިޔާރަކު ދެ މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ދޭން އެދުނު ކަމަށް އެ މައްސަލާގައި ހިމެނޭ މީހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި މިއަދު ބުނެފި އެވެ. އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ދަފްތަރު ނަމްބަރު 4800 މުހައްމަދު އަނީސް އެވެ. އޭނާ ދައުވާކުރީ އޭނާގެ ލޯންޗަކާއި ދޯންޏެއް އެރިޔަދޫ ރިސޯޓާއި ވިލަމެންދޫ ރިސޯޓްގައި ބޭނުން ކުރުމުން އޭގެ ކުލީގެ ފައިސާ ހޯދަން ހ. ވާލީވިލާ މުހައްމަދު […]
ހުސައިން ހަބީބް
ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021” ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް […]
އައިޝަތު ނަސާޔާ
ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވިދާޅުވި ގޮތުގައި އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން ސިވިލް ކޯޓަށް ދެ ފަނޑިޔާރުން މިހާރު އައްޔަނު ކުރަށްވާފައިވާ ކަމަށެވެ. އެ...
ޝިއުނާ އާދަމް
އަންނަ ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. މިގޮތުން ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމ...
ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކ...
ޖަލްވާން ޖާދުﷲ
ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން ޕީއެސްޖީ ބަލިކޮށް އޯޖީސީ ނައިސް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައިވާ ޕީއެސްޖީ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދި އޯޖީސީނައިސް އަށް ތާވަލްގެ ދެވަނަ ލިބެނީ 49 ޕޮއިންޓް ހޯދައިގެންނެވެ. މި ދެޓީމުވެސް މިހާތަނަށް ލީގުގައި ވަނީ 27 މެޗް ކުޅެފައެވެ. އޯޖީސީނައިސް އިން ޕީއެސްޖީ ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލިއިރު އޯޖީސީނައިސް ގޯލާ އަމާޒުކޮށް ޕީއެސްޖީއަށް ފޮނުވާލެވިފައިވަނީ އެންމެ 2 ހަމަލާއެވެ. މި […]
އަލީ ރިޔާޟް