ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލު...
އައިޝަތު ނަސާޔާ
ހދ. ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިންކޮށްފައިވާ ޢިއުލާނަށް ބަދަލުގެނެސް އަލުން އިއުލާން ކުރާކަމަށެވެ. މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް އެ ޢިއުލާންގައި ބަޔާންކޮށްފައިވާއިރު، މިބީލަމުގައި ބަ...
އައިޝަތު ނަސާޔާ
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އެޕްރޫވް ވުމާއެކު މި މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަސަސްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ. މިއީ 19.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ބީލަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ މުއްދަތުގައި ބީލަން ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް […]
އަޙްމަދު ވަހީދު
މި އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕުގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. އުރީދޫން ބުނީ މިއަހަރުގެ ވޯލްޑްކަޕް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ، ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް)އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގެރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެ ކަމަށެވެ. ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ޚިދުމަތް ދިނުމަށް...
އިބްރާހިމް އަސްވާޤް
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) މަރުގެ މައްސަލާގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫގައި އައިސްޕްލާންޓް ތެރޭގައި ޅ. ހިންނަވަރު އިއްސެ މަރާލި މައްސަލާގައި ދައުވާލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލަމުން މިމަހުގެ ކޮންމެވެސް ދުވަހެއްގައި ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވި އެވެ. އެދުވަހު އެންމެ ފުރަތަމަ އޮންނާނީ […]
ހުސައިން ހަބީބް
އޯޝަންލިންކް ޕްރައިވެޓް ލިމިޓެޑް އަދި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. އިހަވަންދޫ ކައުންސިލަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ އެދެކުންފުނީގެ ފަރާތުން ކައުންސިލާއި ވިންޗް ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިއީ 30 ޓަނުގެ ވިންޗެކެވެ. ވިންޗް ހަވާލުކުރުމުގެ ބައްދަލުވުމުގައި އެދެކުންފުނީގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. ކައުންސިލްގެ ފަރާތުން ވިންޗާއި ހަވާލުވެފައިވަނީ ކަ...
އައިޝަތު ނަސާޔާ
ށ. ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތ...
އައިޝަތު ނަސާޔާ
އޮފީސްތަކާއި ކުންފުނިތައް ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމުގައިވާ އެސްއޭޕީއާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް އުރީދޫ އިން އެކަން އިއުލާން ކުރީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް ގައެވެ. އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެންޓަޕްރައިޒް އެޕްލިކޭޝަން ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންވެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ...
އަޙްމަދު ވަހީދު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގެ އަޑުއެހުންތައް ލައިވްކުރަން ހައި ކޯޓުން ނިންމައިފި އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ފަރާތުން އެދުމުން ސަރުކާރުން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމުން އަޒާންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަޑުއެހުން ލައިވްކުރަނ...
ހުސައިން ހަބީބް
ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. އެ ކޮމެޓީން 02 މާޗް 2022 ވީ ބުދަ ދުވަހު ހަދިޔާކޮށްފައިވާ ސާމާނުގެ ތެރޭގައި ހިމެނެނީ ފަހާފޮށްޓާއި، ފެހުމަށް ބޭނުންވާ އިތުރު ސާމާނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރު ސްކޫލުގެ ސެން ކުލާހަށް ފަހާފޮށީގެ އިތުރުން ފެހުމަށް ބޭނުންކުރެވޭނެ ސާމާނު ހަދިޔާ ކުރުމުގެ...
އިބްރާހިމް ޚަލީލް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރ...
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް މީލާދީގޮތުން އެއް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މި މަހުގެ އެއްވަނަ ދުވަހު އެ ކައުންސިލުން ކޮސްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް (އެ ސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާހާ […]
އިބްރާހިމް ޚަލީލް
އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަވަށްޓެރި ސްރީ ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރި ފިޔުލް ސްޓޭޝަނަކަށް ތެޔޮ ފޮނުވަން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުގެ މާލީ ހާލަތު ދަށްވެ ތެޔޮ ގަންނާނެ ލާރިއެއްވެސް ބަޖެޓުގަ ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ދުވާލަކު ހަތް ގަޑިއިރާ 30 މިނެޓަށް ލަންކާއިން ކަރަންޓު ކަނޑާލައެވެ. ހޮނިހިރު ދުވަހުން ފެށިގެން ކަރަންޓު […]
އަޙްމަދު ވަހީދު
ހދ. ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޓީ އެކުލަވާލުމަށް ނިންމާފައި މިވަނީ އެރަށު ކައުންސިލުން އިޤްތިސާދީގޮތުން އެރަށް ތަރައްޤީ ކުރުމަށް ރާވަމުންދާ އަދި ކުރަމުންދާ ކަންތައްތަކަށް އެފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުންކަމަށެވެ. އެގޮތުން މިކޮމިޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއިދާރާއަށް ވަޑައިގެނ...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް( ކޭއާރުއެޗް )ގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެހޮސްޕިޓަލްގެ ޚިދުމަތް ދެމުންދާތާ އިއްޔެއަށް 40 އަހަރު ވެފައިވާއިރު، މިމުނާސަބާތާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ނަރުހުންނަން ވަނީ އައު ޔުނީފޯމެއްވެސް ތައާރަފް ކޮށްފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އިއްޔެ ހެނދުނު އެހޮސްޕިޓަލުގެ މުވައްޒަފުންނާއިއެކު ހާއްސަ ހެނދު...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެސިޓީގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަރާތްތަކުން އެމުއްދަތުގެ ތެރޭގައި “ކުޅުދުއްފުށި...
އައިޝަތު ނަސާޔާ
ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން ބޮޑު ބައެއް މައާފްކޮށްދެވޭ ގޮތަށް ސަރުކާރުން ގަވާއިދެއް ހަދައިފި އެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއެއް ނަގަމުން އަންނަނިކޮށް 2020 ވަނަ އަހަރު ސަރުކާރުން އޮތީ ޖޫރިމަނާގެ ރޭޓް 0.04 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް އެހާތަނަށް ނުދައްކާ ހުރި ބޮޑެތި ޖޫރިމަނާތަކަށް އެއްވެސް ލުޔެއް އޭރު ދީފައެއް ނުވެ އެވެ. އާ ގަވާއިދުގެ ދަށުން އެއަށް ބޮޑެތި […]
ހުސައިން ހަބީބް